ޕްރިންސް ހެރީ ބައްޕައަކަށް ވަނީ

މިދިޔަ މެއި މަހު ކައިވެނި ބައްލަވައިގަތް އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަމް މާކްލް އިންނެވީ އާލާސްކަންފުޅާ ކަން ޝާހީ އާއިލާ އިން ކަށަވަރުކޮށް ދީފި އެވެ.


ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކްލް ކައިވެނީ ބައްލަވައިގަތީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. މޭގަން އަލަތު ދަރިފުޅަށް އާލާސްކަންފުޅާ އިންނެވިކަން ކެންސިންޓަލް ޕެލަސް އިން ކަށަވަރުކޮށް ދީފައި މި ވަނީ އެ ވާހަކަ މީޑިއާތަކުގައި ދެކެމުންދާތާ ދުވަސްކޮޅެއް ފަހުންނެވެ.

ކެންސިންޓަން ޕެލެސް އިން ކުރި ޓްވީޓެއްގައި ބުނީ، ވިހާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ކަމަށެވެ.

ޕްރިންސް ހެރީ އާއި މޭގަން މިހާރު އުޅުއްވަނީ ގައުމުން ބޭރަށް ކުރައްވާ ރަސްމީ ދަތުރެއްގައި އޮސްޓްރޭލިއާގަ އެވެ.

ދެހާސް އެގާރައިގައި ކައިވެނި ބައްލަވައިގަތް ހެރީގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަން އަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ހެރީ އާއި ވިލިއަމްއަކީ އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ދެ ދަރިކަލުންނެވެ.