ސިނިއާދު: މިހާރު އޭނާ އަށް ކިޔަނީ ޝުހާދާ.
27 އޮކްޓޯބަރ 2018 - 06:47
"ނަތިން ކޮމްޕެޔާސް 2 ޔޫ" ފަދަ ލަވަތައް ކިޔައިގެން މަޝްހޫރުކަން ހޯދި އަޔަލެންޑްގެ އަންހެން ލަވަކިޔުންތެރިޔާ ޝިނީޑް އޯކޯނާ އިސްލާމްވެއްޖެ އެވެ.
ސިނިއާދު ކުރި ޓްވީޓެއްގައި ބުނީ އޭނާ އިސްލާމް ދީން ގަބޫލުކުރީ އަމިއްލަށް ބޭނުންވެގެން ކަމަށާއި އެކަމާ މިހާރު ފަހުރުވެރިވާ ކަމަށެވެ. އަދި މިކަމަށް އެހީތެރިކަމާއި އެއްބާރުލުން ދިން އެންމެހައި އަހުންނާއި އުހުތުންނަށް ޝަކުރު އަދާކުރާ ކަމަށް ބުންޏެވެ.
ޝިނީޑް، 51، އިސްލާމްވުމަށް ފަހު، ބުރުގާ ވެސް އަޅައި ނަން ވެސް ވަނީ ބަދަލުކޮށްފަ އެވެ. އޭނާ އަށް މިހާރު ކިޔަނީ ޝުހާދާ އެވެ. ޓްވިޓާގައި ވެސް އޭނާ މިހާރު ބޭނުން ކުރަނީ އެ ނަމެވެ.
This is to announce that I am proud to have become a Muslim. This is the natural conclusion of any intelligent theologian’s journey. All scripture study leads to Islam. Which makes all other scriptures redundant. I will be given (another) new name. It will be Shuhada’
— Shuhada’ Davitt (@MagdaDavitt77) October 19, 2018
ޝުހާދާގެ ޓްވީޓް.
ޝިނީޑް އިސްލާމްވުމާ ގުޅިގެން އަޔަލެންޑްގެ އިސްލާމިކް ސެންޓަރުގެ އިސް އިމާމު އަދި އައިރިޝް މުސްލިމް ޕީސް އެންޑް އިންޓެގްރޭޝަން ކައުންސިލްގެ ޗެއާ ޝެއިހް ޑރ. އުމަރް އަލް ގަދްރީ ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ ޝިނީޑް ޝަހާދަތުގެ ދެ ކަލިމަ ކިޔާ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
World renowned singer Shuhada Davitt @MagdaDavitt77 (#SineadOConnor) has proclaimed the #Shahadah with me in #Ireland. She is so happy ! Masha Allah !#Ireland #Islam #SineadOConnorEmbracesIslam @SineadOconnorHQ pic.twitter.com/mBeHlcrgqW
— Shaykh Dr Umar Al-Qadri (@DrUmarAlQadri) October 25, 2018
ޝިނީޑް ޝަހާދަތް ކިޔަނީ.
އިސްލާމްވުމަށް ފަހު، ނަން ބަދަލު ކުރުމުގެ ކުރިން ޝިނީޑް މިދިޔަ އަހަރު ވެސް ދީނާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު ނަން ބަދަލުކޮށްފައިވެ އެވެ. އެ ފަހަރު އޭނާ އަށް ކިޔާފައި ވަނީ މަގްދާ ދަވިތު އެވެ.
ޝިނީޑް އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވީ 2016 ގައި މަރުވި އެމެރިކާގެ ލަވަކިޔުންތެރިޔާ ޕްރިންސް ކިޔާފައިވާ ލަވަ "ނަތިން ކޮމްޕެޔާސް 2 ޔޫ" ގެ ތަފާތު ވާޝަނެއް 1990 ގައި ކިޔައިގެންނެވެ.
ޝިނީޑް މިއުޒިކީ ކެރިއަރުގައި މިހާތަނަށް 10 އަލްބަމެއް ނެރެފައިވާ އިރު، އަންނަ އަހަރު ވެސް އޭނާ އޮތީ އަލްބަމެއް ރިލީޒް ކުރަން ނިންމައިފަ އެވެ. ނަމަވެސް އިސްލާމްވުމަށް ފަހު، މިއުޒިކާ ދުރުވެ، އެ އަލްބަމްގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެއަށް ދީފައިވާ ނަމަކީ "ނޯ މަޑް، ނޯ ލޮޓަސް" އެވެ.
ޝިނީޑް އެންމެ ފަހުން ނެރުނު އަލްބަމަކީ 2014 ގެ "އައި އެމް ނޮޓް ދަ ބޮސީ، އައި އެމް ދަ ބޮސް" އެވެ.
އޭނާ އެންމެ ފުރަތަމަ އަލްބަމެއް ނެރުނީ 1987 ގަ އެވެ. އެއީ "ދަ ލަޔަން އެންޑް ދަ ކޯޕްރާ" އެވެ. ޝިނީޑް ނެރުނު އަލްބަމްތަކުގެ ތެރޭގައި ފެއިތު އެންޑް ކަރެޖް (2000)، ތުރޯ ޑައުން ޔޯ އާމްސް (2005) އަދި ތިއޮލޮޖީ (2007) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރަބި
28 October 2018
މަރުހަބާ ސުހުދާ
ސަޒުނާ
28 October 2018
މަރުހަބާ. މަރުހަބާ. މަރުހަބާ.
ބެލްފާސްޓް
27 October 2018
އަލްހަމްދުލިﷲ. މަރުހަބާ ޝުހަދާ ދައްތައަށް.
އަދުހަމް
27 October 2018
އޭނާގެ ނަން ބަދަލުކުރީމަވެސް ކުރީގެ ނަމުން މުޙާތަބު ކުރީމަ ކަމަކުނުދޭ ދޯ!!
ޙެހޙެhs
27 October 2018
ދެއްކުންތެރިކަމުގެ އަމަލެއް