08 ނޮވެމްބަރ 2018 - 07:27
ސްމާޓްފޯނެއް އޮތިއްޔާ ކޮންމެހެން މޮޅު ކެމެރާއެއް ބޭނުމެއް ނުވެއެވެ. އެކަމަކު މަތީ ފެންވަރުގެ ފޮޓޯ ނަގަން ބޭނުމިއްޔާ ލެންސް ބޮޑުވި ވަރެއް ރަނގަޅުވާނެ އެވެ. އެކަމަށް ފުރުސަތުދޭނެ ކެމެރާ ފޯނެއް ބާޒާރަށް ނެރެން ތައްޔާރުވަނީ އެވެ.
ޗައިނާގެ ކުންފުންޏެއްކަމަށްވާ ޔޮންގްނުއޯއިން އުފައްދާފައިވާ ވައިއެން450 އަކީ ސްމާޓްފޯންގެ ސިފަތަކަށް ފެތޭ ކެމެރާއެކެވެ. އެންޑްރޮއިޑާ ގުޅެއެވެ. ކެނަންގެ ކެމެރާ ލެންސްތައް ވެސް މިއަށް ހެޔޮވަރެވެ. އެންޑްރޮއިޑް 7.1 މީގައި ބަރާބަރަށް މަސައްކަތްކުރެއެވެ. އިންޓާނަލް ސްޓޯރޭޖްގައި 32 ޖީބީ ހުރެ އެވެ. މީގެ އިތުރަށް ރެމްގައި 3ޖީބީގެ ބާރު ހިމެނެއެވެ. މި ކެމެރާ މަސައްކަތްކުރަނީ ކޮލްކޮމް އޮކްޓާ ކޯ ޕްރޮސެސަރެއްގެ އެހީގައެވެ.
ފޮޓޯނަގާ މީހުންނަށް މި ކެމެރާގެ އެންމެ ހިތްގައިމު ކަމަކަށްވާނީ މީގެ މޫނުމަތީގައި ހުންނަ 8 މެގަޕިކްސަލް ކެމެރާ ފަސޭހައިން ބޭނުންކުރެވުމުގެ އިތުރަށް ކެނަންގެ އީއެފް ކެމެރާ ލެންސް ގުޅުވާލެވޭތީއެވެ. މީގެ ސަބަބުން މި ކެމެރާއަށް އަޅާފައިވާ ޕެނެސޮނިކް އެމްއެފްޓީ ސީމޯސް ސެންސަރުގެ 18 މެގަޕިކްސެލްގެ ކެމެރާއަށް އިތުރު ބާރެއް ލިބިދެއެވެ. މި ކެމެރާއަށް އިތުރު ފުރިހަމަކަމެއް ލިބެނީ 5 އިންޗީގެ ފުލް އެޗްޑީ މަލްޓި ޓަޗް ޑިސްޕްލޭއިންނެވެ.
ޔޮންގްނުއޯ ކުންފުނިން ބުނި ގޮތުގައި މި ކެމެރާއަށް ވައިފައިއާއި 3ޖީ ނުވަތަ 4ޖީ ލިބޭނެއެވެ. ވައިއެން450 ފައްކާކޮށްފައިވާ ގޮތުން މިއިން 4ކޭ ފެންވަރުގެ ވީޑިއޯ ނެގޭނެ ކަމަށާއި ދެ މައިކްރޮފޯނާއި، ޖީޕީއެސްއާއި ލެޑް ފްލޭޝް މޮޑިޔުލްއާއި 3.5މިލިމީޓަރުގެ ހެޑްފޯން ޖެކެއް މީގައި ހިމެނޭނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެކަމަކު ދެރައީ ވައިއެން450 ބާޒާރަށް ނެރޭނެ ދުވަހެއް އެ ކުންފުނިން ހާމަކޮށްފައިނުވާތީއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާރޭަސދަސަދަސއެންޑްރޮއިޑްގަ
08 November 2018
މީ ފޯނެއްނޫން. މީ ޔޮންގނުއޯ އިން ނެރޭ ކެމެރާއެއް. މީތީ ރަން ކުރަނީ އެންޑްރޮއިޑްގަ
ޙަމްދީ
08 November 2018
މަށަށް ދެރައީ ތިފޯނު ވިއްކާނެ އަގެއް ހާމަކޮށްފައި ނެތީމަ. އޭރުންތާ މިހާރުއްސުރެ ތިފޯނު ގަންނަން ފައިސާ އެއްކުރެވޭނީ!!