އިންސްޓަގްރާމުން ފޭކް ލައިކާއި ކޮމެންޓް ހުއްޓުވަނީ

ފޮޓޯ ޝެއާކުރާ މަޝްހޫރު ޕްލެޓްފޯމް އިންސްޓަގްރާމުގައި ފޭކް ލައިކާއި ކޮމެންޓް ހުއްޓުވަން މަސައްކަތް ފަށާފައިވާ ކަމަށް ބުނެފި އެވެ.


އިންސްޓަގްރާމުން ބުނީ ތާޑްޕާޓީ ސާވިސްތައް ބޭނުންކޮށްގެން ލައިކާއި ކޮމެންޓް ހޯދައިގެން ބޫސްޓުކުރާ އެކައުންޓްތައް ދެނެގަނެވޭނެ ޓޫލްއެއް އުފައްދާފައިވާ ކަމަށެވެ.

މި ޓޫލް އިން ދެނެގަންނަ އެކައުންޓްތަކަށް، ޕާސްވޯޑް ބަދަލުކުރުމަށް އަންގައި އިންޒާރު ދޭނެ އެވެ. އަދި އެއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ އެވެ.

އިންސްޓަގްރާމް 2010 ވަނަ އަހަރު ލޯންޗްކުރުމާ އެކު، އެކި ގޮތްގޮތުން ފޮލޯވާސް ގިނަކޮށް، އުފެއްދުންތައް މާކެޓްކޮށްގެން އެކަމުން ނަފާ ހޯދާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަން ކުރާ މީހުންނަށް ލިބޭ އާމްދަނީ ބިނާވަނީ ފޮލޯވަރުންގެ އަދަދަށެވެ.

ފޮލޯވަރުން އިތުރު ކުރުމަށް ތާޑްޕާޓީ ހިދުމަތްތައް ބޭނުންކުރާއިރު، އެ ފަރާތަކަށް އެ އެކައުންޓެއްގެ ޕާސްވޯޑް ވެސް ދޭންޖެހެ އެވެ. މިއީ އިންސްޓަގްރާމް ބޭނުންކުރުމުގެ އުސޫލާ ޚިލާފު ކަމެކެވެ.