ޕްރިންސް ހެރީ އާއި މޭގަން އާއިލާއާ އެކު.
26 ނޮވެމްބަރ 2018 - 07:36
މިދިޔަ މެއި މަހު ކައިވެނި ބައްލަވައިގަތް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ކެންސިންޓަން ޕެލަސް ދޫކުރައްވައި އެހެން ގެއަކަށް ދިރިއުޅުން ބަދަލު ކުރައްވަން ނިންމަވައިފި އެވެ.
އެކަން ކެންސިންޓަން ޕެލަސް އިން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އަންނަ އަހަރުން ފެށިގެން ޕްރިންސް ހެރީ އާއި، އަލަތު ދަރިފުޅަށް ބަލިވެ އިން މޭގަން ދިރިއުޅުއްވާނީ ދެ ބޭޅުން ކައިވެނި ބައްލަވައިގަތް ވިންސާގައި ދެ ބުރިއަށް އިމާރާތްކޮށްފައިވާ 10 ކޮޓަރީގެ ފްރޮގްމޯ ކޮޓެޖްގަ އެވެ.
Kensington Palace confirm my story that The Duke and Duchess of Sussex #HarryandMeghan will move out of KP next year to Frogmore Cottage as their official residence. Their office will continue to be at Kensington Palace with the Duke & Duchess of Cambridge. pic.twitter.com/yzvcv7d75W
— Emily Andrews (@byEmilyAndrews) November 24, 2018
ކެންސިޓަން ޕެލަސްގެ ބަޔާން.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެންގޭޖްވެވަޑައިގަތް ހިސާބުން ޕްރިންސް ހެރީ އާއި މޭގަން ދިރިއުޅުއްވަމުން ގެންދެވީ ކެންސިޓަންގެ ޕެލަސްގެ ނޮޓިހަމް ކޮޓެޖް އެވެ.
ޝާހީ އާއިލާ އިން ބުނި ގޮތުގައި ދެކަނބަލުން ވިންޑްސާ އަށް ދިރިއުޅުން ބަދަލު ކުރަން ނިންމެވީ ވިންޑްސާ އަށް ހާއްސަ ލޯތްބެއް ދެވިފައިވާތީ އެވެ. ދެ ބޭފުޅުން މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލަވައިގަތީ ވެސް ވިންޑްސާ ކާސަލްގަ އެވެ. އަދި އެ ދުވަހު ބޭއްވި ވެޑިން ރިސެޕްޝަން އޮތީ ވެސް ފްރޮގްމޯ ކޮޓެޖްގަ އެވެ.
ކުރިން ޝާހީ އާއިލާގެ މުވައްޒަފުންތަކެއްގެ އެކަމޮޑޭޝަނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ފްރޮގްމޯ ކޮޓެޖަކީ ވިންޑްސާ ކާސަލްއާ ބައި މޭލު ދުރުގައި ހުންނަ ތަނެކެވެ.
އެތަނަށް ޕްރިންސް ހެރީ އާއި މޭގަން ދިރިއުޅުން ބަދަލު ކުރައްވަން ނިންމެވުމާ ގުޅިގެން އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
"ދެބޭފުޅުންގެ ދިރިއުޅުން ވިންޑްސާ އަށް ބަދަލު ކުރެއްވި ނަމަވެސް އެ ދެ ބޭފުޅުންގެ ރަސްމީ އޮފީސްކޮޅު ހުންނާނީ ކެންސިންޓަން ޕެލަސްގައި،" ކެންސިންޓަން ޕެލަސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy