ނިރްވާނާގެ ޓީޝާޓް (ވ) އަދި މާކްގެ ޓީޝާޓް.
01 ޖެނުއަރީ 2019 - 07:24
އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް ނިރްވާނާގެ ސިގްނޭޗާ ސްމައިލީ ލޯގޯއެއް، އެމެރިކާގެ ފެޝަން ޑިނައިޒަރު މާކް ޖެކޮބްސް ހުއްދަ ނެތި ބޭނުންކުރި ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ބޭންޑުން ނިންމައިފި އެވެ.
މޭމަތީގައި "ނިރްވާނާ" ޖަހާފައި، ސްމައިލީއެއްގެ ލޯގެ ގޮތުގައި ދެ އެކްސް ހިމަނައިގެން ނިރްވާނާ އިން ނެރުނު ކަޅު ކުލައިގެ ޓީޝާޓާ އެއްގޮތަށް މާކް ނެރުނު ޓީޝާޓްގައި ވަނީ ސްމައިލީގެ ދެ ލޯ އިންނަ ތަނުގައި އެމް އާއި ޖޭ ހިމަނައިގެން ސީދާ ނިރްވާނާގެ ސްމައިލީ ކޮޕީކޮށްލައިފަ އެވެ. އަދި އޭގެ މަތީގައި ނަމަކަށް ޖަހާފައި އިންނަނީ "ހެވަން" އެވެ.
Unlike the Nirvana-logoed wares being sold by Target or Urban Outfitters, Marc Jacobs allegedly didn’t receive authorization/pay to use Nirvana’s valuable intellectual property. pic.twitter.com/itTcmKTC3t
— TFL (@TheFashionLaw) December 29, 2018
ރިޕޯޓްތައް ބުނާ ގޮތުން ނިރްވާނާ އިން އެ ސްމައިލީ އެ މީހުންގެ ލޯގޯއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 1992 ގަ އެވެ. އަދި އެ ބޭނުންކުރުމުގެ ހުއްދަ އެހެން ބަޔަކަށް ކޮޕީރައިޓް ގާނޫނުގެ ދަށުން ނޯންނާނެ ކަމަށް ބުންޏެވެ. ނިރްވާނާގެ ސްމައިލީ ލޯގޯ ފަރުމާކޮށްފައި ވަނީ 1994 ގައި މަރުވެފައިވާ ބޭންޑްގެ ބޭންޑްގެ މެމްބަރު ކާޓް ކޮބައިން އެވެ.
Good!! it’s about time people start thinking of their own ideas and not stealing and redoing stuff because of their lack of originality!!
— Michael Del Tufo (@MichaelDelTufo) December 29, 2018
ކާޓް ޑިޒައިން ކުރި ސްމައިލީއަކީ ނިރްވާނާގެ ވަރަށް ގިނަ މާޗެންޑައިޒްތަކުގައި މިހާތަނަށް ބޭނުން ވެސްކޮށްފައިވާ އެއްޗެކެވެ.
Nirvana Sues Marc Jacobs for Stealing Smiley Face Design https://t.co/2ZElDAxQve
— TMZ (@TMZ) December 28, 2018
އާންމުންގެ މެދުގައި ނިރްވާނާގެ ސްމައިލީ ލޯގޯ ވަރަށް މަޝްހޫރު އެއްޗަކަށް ވެސް ވެފައި ވަނިކޮށް މާކް ކަހަލަ މަޝްހޫރު ފެޝަން ޑިޒައިނަރަކު އެހެން ބައެެއްގެ ލޯގޯއެއް ކޮޕީ ކުރުމުން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އޭނާ ވަރަށް ބޮޑަށް ވެސް ފާޑު ވެސް ކިޔަމުންނެވެ.
ނަމަވެސް މިކަމާ ގުޅިގެން މާކް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy