ޓްރީ މޭން 2017 ގައި ކުރި އޮޕަރޭޝަންތަކަކަށް ފަހު.
23 ޖެނުއަރީ 2019 - 07:25
އަބުލް ބަޖަންދަރު، 28، އަކީ އާދަޔާހިލާފު ބައްޔަކަށް ފަރުވާ ހޯދަން ޖެހިފައިވާ މީހެކެވެ. ޖެނެޓިކް ބައްޔެއް ކަމަށްވާ އަދި ވަރަށް ނާދިރު ބައްޔެއް ކަމަށްވާ ޓްރީ މޭން ސިންޑްރޯމްގެ ސަބަބުން އޭނާގެ ހުރިހާ ކަމަކަށް ވަނީ ހުރަސްއެޅިފަ އެވެ. އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވެ އެވެ.
އަބުލްގެ އަތާއި ފައި މީގެ 20 އަހަރު ކުރިން މަޑުމަޑުން ބަދަލުވީ "ގަހަކަށެވެ". އަތާއި ފައިގެ އިނގިލިތަކުގައި ގޮފިތައް ފަޅައި، އޭނާގެ ދިރިއުޅުން ބޮޑު ވޭނަކަށްވި އެވެ. މީހަކާ އިނދެގެން ދަރިއަކު ވެސް ހުރި އަބުލް 2016 އާއި 2017 ގައި އޮޕަރޭޝަންތަކެއްކޮށް، އަތާއި ފައިގެ، ގޮފިތަކެއް ފަދަ އުންތައް ކަނޑައިލި އެވެ.
އެ އުފާ އަށް އޭނާ އަށް ލިބި އަލުން އާންމު ދިރިއުޅުމަށް މަޑުމަޑުން ރުޖޫވަ ވެވޭނެ ކަމަށް އުންމީދު ކުރެވުނެވެ. އެކަމަކު މިހާރު އަނެއްކާ ވެސް، ހަމަ ކުރިއެކޭ އެއްގޮތަށް އަބުލް އަށް ޖެހިފައި ވަނީ އަތުގައި އުފެދޭ ބައިތައް ބުރިކުރާށެވެ.
އަތުގެ އިނގިލިތަކުގައި އުފެދިފައިވާ އެއްޗެހިތައް
ދެހާސް ސޯޅައިގެ ފަހުން އަބުލް ވަނީ 25 އޮޕަރޭޝަނެއްކޮށްފަ އެވެ.
އޭނާ އަށް ފަރުވާ ދިން ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ބާން އެންޑް ޕްލާސްޓިކް ސާޖަރީ ޔުނިޓްގެ ކޯޑިނޭޓަރު ޑރ. ސަމަންތާ ލާން ސެން މިޑިއާތަކަށް ވިދާޅުވި ގޮތުގައި އަބުލް ވަނީ މިދިޔަ މެއި މަހު ކުރަން ޖެހޭ އިތުރު އޮޕަރޭޝަންތަކެއް ނުކޮށް އަނބުރާ ގޮސްފަ އެވެ.
"އޭރު ވެސް އަހަރެމެން އޭނާ ކައިރީ ބުނިން މިއީ ވަރަށް އުނދަގޫ ކޭސްއެކޭ. މިތަނުގައި ބާއްވައިގެން އަހަރެމެން ބޭނުމޭ ޕްރޮގްރެސް މޮނިޓަ ކުރަން،" އޭނާ ސީއެންއެން އަށް ވިދާޅުވި އެވެ. "އެކަމަކު އެ ވާހަކަ އަޑު ނާހައި އޭނަ ދިޔައީ. މީގެ ހަ މަސް ކުރިން އަހަރެމެންގެ އޮބްޒަވޭޝަނުގައި އަބުލް އޮތް ނަމަ މިއަދު އަނެއްކާ ކުރީގެ ހާލަތަކަށް ނުދާނެ."
ސަމަންތާ ފާހަގަކުރެއްވި ގޮތުގައި އޮޕަރޭޝަންތަކަށް ފަހު އޭރު، އޭނާ ހުރީ ހަމަ ވަރަށް ރަނގަޅު ހާލަތެއްގަ އެވެ. އެގޮތުން އަމިއްލަ އަތުން ކައި، ލިޔެ ވެސް އުޅުނު ކަމަށް ވިދާޅުވި އެވެ.
"އެކަމަކު މިދިޔަ އާދީއްތަ ދުވަހު އޭނާ އަލުން ފަރުވާ އަށް އައި އިރު، މާ ބޮޑަށް ލަސްވެފައި އޮތީ. މީގެ ހަ މަސް ކުރިން އޭނާ މި ފަރުވާ ހޯދަން އުޅުނު ނަމަ މިހާރު އޮތް ހާލަތަކަށް ނުދިޔައީސް،" އަބުލްގެ އަތާއި ފައިގެ އިތުރުން ގައިގެ އެހެން ބައެއް ތަންތަނުގައި ވެސް އެއްޗެހި ފަޅާފައިވާތީ ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާގެ ހާލަތު މި ވަގުތު ވަރަށް ނާޒުކެވެ. ޑރ. ސަމަންތާ އާއި އޭނާގެ ޓީމުން އަންނަނީ ވީހާ ވެސް ރަނގަކަށް އަބުލް އަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ފަހެއް ނޫނީ ހައެއްކަ އޮޕަރޭޝަން ވެސް ކުރަން ޖެހެ އެވެ.
އޭނާގެ ފަރުވާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ބަންގްލާދޭޝް ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެއިޚް އައްޔޫބް
24 January 2019
ޔާﷲ. އަޅަމެން މިފަދަ ނުބައި ކަންކަމުން ރައްކާތެރި ކުރައްވާދޭވެ!
ޝީޒާ
23 January 2019
ޔާﷲ އަޅަމެންގެ ފާފަތަޢްފުއްސަވާފާނދޭވެ. އަދި ބަލިމަޑުކަންޖެހިފައިވާ މީސްތަކުންނަށް އިބަﷲގެ އޯގާވަންތަވެރިކަމުން އަވަސް ޝިފާއެއްމިންވަރުކުރަށްވާދޭވެ.
ޢާޞިފް
23 January 2019
ﷲ އެކިއަޅުން އިމްތިޙާނު ކުރައްވަނީ އެކިގޮތަށެވެ. ކޮންމެ ހާލެއްގައިވެސް ޝުކުރުވެރިވެ ހެޔޮއަމަލު ކުރުން ހުއްޓެވެ. ޢެނބުރި ދިއުންވަނީ ﷲގެ ޙަޟުރަތަށެވެ. އަބުލް ބަޖަންދަރަށް ކެތްތެރިކަން ދެއްވާ ޝިފާލެއްވުން އެދި ﷲގެ ޙަޟުރަތުން އެދެމެވެ. އަދި އަޅަމެން މިފަދަ ދަތި ޙާލުތަކުން ރައްކާތެރިކޮށް ދެއްވުން އެދެމެވެ. އާމީން
ހަސަންފުލު
23 January 2019
ﷲގެ ކުޅަދުންވަންތަކަން! މީހުން ގަސްތަކަށްވެސް ބަދަލުކުރުމުގެ ބާރު އެ ކަލާންގެއަށް ލިބިގެންވެއެވެ. ސުބްހާނައްﷲ
ފ9ވަހި
23 January 2019
ކަލޯ ކުޅަދުންވަންތަ ކަމޭ އެ ކިޔަނީ މިކަހަލަ ކަންތައްތަކަށް ނޫން، މީ ހަމަ މީހަކަށް ކެންސަރު ޖެހުން ފަދަ ކަމެއް، ކުޅަދުންވަންތަކަން ބަލާލަން ބޭނުމީއާ ވަށައިގންވާ ހަފަރާތް ބަލާބަލަ
ހަސަންފުޅުގެމައިދައިތަ
24 January 2019
ވިސްނާނުލާ ހަމަހިތަށ އަރާހާ އެއްޗެއް ނުލިޔެބަ ދަރިއާ، ﷲގެ ކުޅަދުންވަންތަ ކަމަށް ޝައްކު ކުރާފާޑަށް ކޮމެންޓު ނުކޮށްބަ.