ޕްރިންސް ހެރީ އާއި މޭގަން ދަރިކަލުންނާ އެކު.
09 މެއި 2019 - 08:30
ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ އަލަތު ފިރިހެން ދަރިކަލުންގެ ނަމަކަށް "އާޗީ ހެރިސަން މައުންޓްބެޓެން-ވިންޑްސާ" ކިޔައިފި އެވެ.
ދަރިކަލުންގެ ނަން އިއްޔެ އިއުލާންކޮށްފައި މި ވަނީ މިދިޔަ ހޯމަ ދުވަހު އުފަންވި ދަރިކަލުން ވިންޑްސާ ކާސަލްގައި ފުރަތަމަ ފަހަރަށް ދައްކައިލުމަށް ފަހު އެވެ.
މީޑިއާތަކުން ކުރިން ވެސް ބުނަމުން ދިޔަ ގޮތަށް އަދި ޝާހީ އާއިލާގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ވެސް ލަފާކުރަމުން ދިޔަ ގޮތަށް ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަލުންނަށް ނަން ދީފައި ވަނީ މޭގަން އުފަން ގައުމު އެމެރިކާ އަށް ވެސް ނިސްބަތް ކުރެވޭ ގޮތަށެވެ. އާޗީ އަކީ އިނގިރޭސިވިލާތުގައި ބޭނުން ކުރާ ނަމަކަށް ވިޔަސް އެ ނަން އެ އެންމެ އާންމުކޮށް ބޭނުން ކުރަނީ އެމެރިކާގަ އެވެ.
އާޗީ އަކީ ހެރީގެ މާމަ ރާނީ އެލިޒަބަތުގެ 8 ވަނަ މުނިމާމަ ދަރިކަލުންނެވެ. އަދި މިއީ ކާފާފުޅު ޕްރިންސް ޗާލްސްގެ ހަތަރު ވަނަ ކާފަ ދަރިކަލުންނެވެ.
ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.
އަލަތު ދަރިފުޅު ލިބިވަޑައިގަތުމުން ހެރީ މީޑިއާތަކަށް ވިދާޅުވީ ބައްޕައަކަށްވުމުން ކުރެއްވޭ އިހުސާސްތައް މުޅިން ތަފާތު ކަމަށެވެ. އަދި ދަރިކަލުން ބޮޑުވަމުން އަންނަ ތަން ވަރަށް ގާތުން ދެކެން ބޭނުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯއަލީ
09 May 2019
އަތްޗީޑި އޭ ކިޔަސް ތިޔަށްވުރެ ރީތިވީސް
ލާނާ94
09 May 2019
މި ރިވަރޑޭލްތަ އަޅެފަހެ؟
އަޑަފި
09 May 2019
ރިވާޑޭލް؟ ލޮލް
ސަބްރީނާ
09 May 2019
ނޫނެކޭ މައުންޓް-ބެޓަން