ޑެނީ ބޭކާ: އޭނާއަކީ ބީބީސީގެ ރޭޑިއޯ 5 ލައިވްގެ ޕްރެންޓަރެއް.
09 މެއި 2019 - 22:16
މިދިޔަ ހޯމަ ދުވަހު އުފަންވި، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓެން-ވިންޑްޒާ އަށް ޓްވިޓާގައި ޖޯކް ޖެހި މައްސަލައެއްގައި ބީބީސީގެ ރޭޑިއޯ 5 ލައިވްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
ހެރީ އާއި މޭގަންގެ ދަރިކަލުންނަށް ނިސްބަތްވާ ގޮތަށް ޅަ ޗިމްޕެންޒީއަކަށް ކޯޓެއް ލައްވައިގެން ދެ މީހަކު އޭގެ އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެންނަ ފޮޓޯއެއް ޓްވިޓްކުރީ ބީބީސީގެ "5 ލައިވް" ގެ ޕްރެޒެންޓަރު ޑެނީ ބޭކާ، 61، އެވެ.
އެ ފޮޓޯގެ ކެޕްޝަނަކަށް އޭނާ ލިޔެފައި ވަނީ "ރޯޔަލް ބޭބީ ލީވްސް ހޮސްޕިޓަލް" އެވެ.
Just got fired from @bbc5live.
— Danny Baker (@prodnose) May 9, 2019
For the record - it was red sauce. Always.
މިކަމާ ގުޅިގެން އޭނާ ވަޒީފާ އިން ވަކިކޮށް ބީބީސީން ބުނީ ޑެނީގެ އަމަލަކީ ބީބީސީން ގެންގުޅޭ ސުލޫކީ މިންގަނޑާ ވެސް ހިލާފު ކަމެއް ކަމަށާއި އަދި އެއީ ބަޔަކާ ނަސްލީ ގޮތުން ޖައްސައިލުން ކަމަށެވެ.
Once again. Sincere apologies for the stupid unthinking gag pic earlier. Was supposed to be joke about Royals vs circus animals in posh clothes but interpreted as about monkeys & race, so rightly deleted. Royal watching not my forte.
— Danny Baker (@prodnose) May 8, 2019
Also, guessing it was my turn in the barrel. pic.twitter.com/86cQGbAhDc
އެހެންވެ އެއީ އެތަނުގެ މުވައްޒަފެއްގެ ފަރާތުން ފެންނަން ވާނެ ކަހަލަ އަމަލެއް ނޫން ކަމަކަށްވާތީ އޭނާ ވަޒީފާ އިން ވަކިކުރީ ކަމަށް ބުންޏެވެ. ޑެނީގެ އެ އަމަލު ބީބީސީގެ ތަރުޖަމާން ސިފަކުރީ "ވަރަށް ވެސް ސީރިއަސް މައްސަލައެއް" ގެ ގޮތުގަ އެވެ.
ޝޯތައް ހުށަހަޅައި ދީގެން އެވޯޑްތައް ވެސް ހޯދާފައިވާ ޑެނީ ވަނީ އޭނާގެ ޓްވީޓްގެ މައްސަލަ ހޫނުވުމުން އެ ޑިލީޓްކޮށްލައި ފަހުން މައާފަށް ވެސް އެދި ޓްވީޓްކޮށްފަ އެވެ. އަދި ބީބީސީގެ ވަޒީފާ އިން އޭނާ ވަކި ކުރި ވާހަކަ އިތުރު ޓްވީޓެއްގައި ހިއްސާކޮށްފަ އެވެ.
ފަހުން އެހެން މީޑިއާތަކަށް ޑެނީ ވަނީ ބީބީސީގެ އެ ނިންމުމާ ބެހޭ ގޮތުން ފާޑު ވެސް ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރީޑަމް
11 May 2019
ޝާހީ ވިޔަސް ނުވިޔަސް ކުޑަ ކުދިންނަށް ޖޯކުޖަހާ ނަސްލީގޮތުން ދިމާކުރާ މީހުން އެކަހެރި ކުރަންޖެހޭ.. ޗިމްޕެްޒީއަކާ ވައްތަރުކުރީ މޭގަންއަކީ ކަޅު ނަސްލަށް ނިސްބަތްވާ އަންހެނެއްވީމަ..
އިރުމަތިން
11 May 2019
ތީތި އެންމެންނަށް ޑިމޮކްރަސީ ދައްކަން އުލޭ މީހުންނަށް ވާވަރު ؟؟؟؟
އެހެނީ
11 May 2019
ކޮމެންޓް ކުރާ ކުދިންނަށް ފްރީޑަމް އޮފް ސްޕީޗް މިއޮތީ އޮޅިފަ. މިއުޅެނީ ނަސްލީގޮތުން މިމީހާ ކުރި ޓްވީޓްގެ މައްސަލައެއް ބޭބީ ރާމާމަކުނެއް ކޯޓުފަޓުލޫނުލީ ފޮޓޯއެއް ޓްވީޓްކުރީ އެއީ މޭގަން އަކީ ކަޅު ނަސްލުގެ މީހަކަށްވާތީ. އަބުރާ އެއްވެސް ހާލެއްގެ ބޭހުން އެއީ ފްރީޑޮމް އޮފް ސްޕީޗެއް ނޫން.
ތތތހހ
11 May 2019
މުގަެުމުގެ ވެރިކަމުގަ ތިބި މީހުންގެ އަނބިންނަށް ނުކުރާ މަލާމަތެެްނެތއ. އެއީ ފްރީޑަމް؟ އިންގިރޭސިން ބޮޑާކަން ދެއްކުމަށް ރޯޔަލް؟ އެހެން އެންމެންނަށް ޑިމޮކްރަސީ މަޖުބޫރު. އެހެންނޫނީ އަސްކަރީ ބާރުންވެސް ޑިމޮކްރަސީ ގެންނާނެ.
ޒިން
11 May 2019
މި ވާނުވާ އެނގޭތަ ބުރޯ؟ ވެރިގެއްގެ އަނތްބަކަށް ދިމާކޮށްގެނެއް ނޫން މައުސޫމު ތުއްތު ކުއްޖަކީ ޗިމްޕެންޒީއެއްކަމަށް ދައްކާ ނަސްލީ ތަފާތުކުރީމަ.. އެ ކުއޖާއަކީ ކަޅު ނަސްލުގެ މައެއްގެ ދަރިއެއްވީމަ. ދޮން މީހުންގެ އާދައެއް ރާމާމަކުނާއެދަރިކޮޅު ޖަނަވާރުތަކާ ކަޅު މީހުން ވައްތަރުކުރުމަކީ..
އޮޅާލީތޭ
10 May 2019
ތިޔާ އޮތީ އިނގިރޭސި ވިލާތުގައި ޑިމޮކްރަސީ އޮޅާލާފައޭ މަމެން ބުނަން ނެތީމޭ...
އަލިޒީ
10 May 2019
ފްރީޑޮމް އޮފް ސްޕީޗްގެ ދަށުން ''ސެޓަޔާ'' އަދި ''މޮކް'' ކުރުމުގެ ހައްގުވެސް ލިބެންޖެހޭ. އިންގިރޭސިވިލާތަކީ ތަހުޒީބުވަމުން އަންނަ ''ރޫލް އޮޮފް ލޯ'' އަދި ގުޑް ގަވަނެންސްއާއި ދައުލަތުގެ ނިޒާމް ވަރަށް ވަރުގަދަ އަދި ސަރުކާރާ ދެކޮޅު ހަރަކާތް ފުޅަާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސްތުދޭ ގައުމެއް. މަޑުން ބޯދާވިސްނުން ނެތިދަމުން ގޮސް މިހެން ވީ ނަމަވެސް މިހާތަނަށް ދެމިއޮތް އެއް ބޯދާ ކަމެއް ޝާހީ އާއިލާގެ ޕްރިވިލެޖްތަކާ ކުރިޓިސައިސް ނުކުރެވުން. ދެރަ
ޙަސަން އަޙްމަދު
11 May 2019
ކަންކަން އެކޮޅުކޮޅުން ވިސްނުނީމަ ކުރެވޭ ކޮމެންޓު ތިޔައީ. ކުޑަކުއްޖަކު ޝެންޕާންޒީއެއް ގޮތަށް ސިފަ ކުރުމަކީ އެމީހުންގެ ޚިޔާލު ފާޅުކުރުމުގެ ވެލިޔުޒްއާ ގުޅޭ ކަމެއް ނޫން. އަނެއްކާ ނަސްލީ އިމްތިޔާޒުގެ ސަގާފަތުގެ ތެރެއިން އޭނާ މަލާމާތް އެ ކުރީ ކުއްޖާގެ މަންމަގެ ކަޅު ނަސްލަށް ނިސްބަތްކޮށް. ޚިޔާލު ފާޅުކުރުމުގެ ބޭރުން ކުރެވޭ ހޭޓް ކްރައިމްގެ އަމަލެއް. ކަލޭމެނަށް ހީވެފަ އޮންނަނީ ވިލާތުގެ ޑިމޮކްރަސީ އަކީ ހިތުހުރި ކަމެއް ކުރުމުގެ މިނިވަންކަން އޮތުން ކަމަށްދޯ؟
ޕްރިންސް ކާކީ
10 May 2019
ޝާހީ ފެމެލީ އަށް ކޮންމެވެސް ވަރަކަށް ފާޑު ކިޔަން ފަށަން ވެއްޖެ ކަމަށް ފެނެއެވެ. އެވެސް އިންސާނުން ވިއްޔާއެވެ.އިގެރޭސި ރައްޔިތުން ވިއްޔާއެވެ.
ވާނުވާ.
11 May 2019
ޝާހީ ފެމެލީއަށް ހެސްކިޔާފަ ފާޑުކިޔާ އިންގެރޭސި މީޑިއާތަކުން އަބަދުވެސް.. ކޮއްކޮމެން އަދި މާ ޅައީ.. މިތާނގަ ވެގެން މިއުޅޭ ގޮތަކީ މަޢުސޫމް ކުޑަ ކުއްޖަކަށް ނަސްލީ ގޮތުން ދިމާކުރުން.. އެކަހަލަ މީހުން ބޭރުކުރަންޖެހޭ
ނަން
10 May 2019
ތަފާތަކީ އެމީހުންގެ ޑިމޮކްރަސީގެ މިންގަނޑުގެ ތެރޭގަ ކުށަކީ ކޮބައިކަން ކިޔެފަ އޮތުމާ ލިޔެފަ އޮތް އެއްޗަކަށް ތަބާވެ އެއަށް އަމަލު ކުރުން. އަހަރުމެންގެ ތެރޭގަ ކިތައް ގާނޫނު އެބައޮތްތަ އެއަށް އަމަލުވެސް ނުކުރާ..
ޙަބީބު
10 May 2019
ތިޔައިނގިރޭސި ފަރަންޖީންގެ ހާލު
ޒިހް
11 May 2019
އިނގެރޭސި ފަރަންޗީންވެސް ކަލެއަށް ވުރެއް ރަނގަޅުތާ.. ކުޑަކުއްޖަކަށް ނަސްލީ ގޮތުން ދިމާކުރީމަ ފިޔަވަޅު އަޅައިފިތާ.. ކަލެއަށް އެކަން ހަހަމެއްނުވި
ޙާޖީ
10 May 2019
ހަމަ ސައުދީއަރަބިޔާ ހައްތާވެސް
ދިވެހިން
10 May 2019
ރައްޖެއަށްވެސް އނނ ގެންނަން އެއުޅެނީ މިފަދަ ވެރިކަމެއްނު.. އެއިރުން ދިވެހިންނަށްވެސް ވާނީ ހިމަ މިގޮތް