ޑެނީ ބޭކާ: އޭނާ އަންނަ އަހަރު ޕޮޑްކާސްޓް ޝޯއެއް ފަށާނެ.
23 ޖޫން 2019 - 07:34
ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ އަލަތު ދަރިލަކުން އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްޒާއާ ނަސްލީ ގޮތުން ދިމާކޮށްލައި، ޖޯކް ޖެހި މައްސަލާގައި މިދިޔަ މަހު ބީބީސީން ވަކ ކުރި މަޝްހޫރު ރޭޑިއޯ ޕްޒެންޓަރު ޑެނީ ބޭކާ އަމިއްލަ ޕޮޑްކާސްޓް ޝޯއެއް ގެނެސްދޭން ނިންމައިފި އެވެ.
ބީބީސީ ރޭޑިއޯ 5 ލައިވުން މެއި މަހު ކުރީކޮޅު ވަކި ކުރި 61 އަހަރުގެ ޕްރެންޓަރު ކުރި ޓްވީޓެއްގައި ބުނީ އާ އަހަރާ ދިމާކޮށް އޭނާގެ އަމިއްލަ ޕޮޑްކާސްޓް ޝޯއާ އެކު އަންނާނެ ކަމަށާއި އެ ޝޯ ހަފުތާއަކު ދެ ދުވަހު ގެނެސް ދޭނެ ކަމަށެވެ.
ނަމަވެސް ޝޯއާ އިތުރު ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ. އެކަމަކު އޭނާ ބުނީ އަމިއްލަ ޝޯއަކާ އެކު އެނބުރި އަންނަނީ ސަޕޯޓް ކުރާ މީހުން ދޭ ލޯތްބާއި ހިތްވަރާ އެކީގައި ކަމަށެވެ.
ޑެނީއަކީ ބީބީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، އެހުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ޕްރެޒެންޓަރެކެވެ. އަދި ޝޯތައް ހުށަހަޅައި ދީގެން އޭނާ ވަނީ ގިނަ އެވޯޑްތަކެއް ވެސް ހޯދައިފަ އެވެ.
My own stand alone podcast, featuring all the old firm and even the Sausage Sandwich Game, will begin in the new year. Emails encouraged, calls taken, subjects bizarre. A twice a week meeting, we can rule the world. #CandyManReturns
— Danny Baker (@prodnose) June 20, 2019
ބީބީސީ ރޭޑިއޯ 5 ލައިވުން ޑެނީ ވަކި ކުރަން ބީބީސީން ނިންމީ މެއި މަހުގެ 6 ވަނަ ދުވަހު އުފަންވި އާޗީ އަށް ނިސްބަތްވާ ގޮތަށް ޅަ މަކުނެއްގެ ފޮޓޯ ޓްވީޓް ކުރި މައްސަލައިގަ އެވެ. މަކުނަކަށް ޖެކެޓެއް ލައްވައިގެން އޭގެ އަތުގައި ހިފައިގެން ދެ މީހަކު ތިބޭ މަންޒަރު ފެންނަ ފޮޓޯއާ އެކު ޑެނީ ޓްވީޓް ކުރީ ކެޕްޝަނަކަށް "ރޯޔަލް ބޭބީ ލީވްސް ހޮސްޕިޓަލް" ލިޔެފަ އެވެ.
މި ޓްވީޓްގެ މައްސަލަ ހޫނުވެ، ވަޒީފާ ގެއްލުމުން އޭނާ ވަނީ ޓްވީޓް ޑިލީޓްކޮށްލައި، މައާފަށް އެދި ގިނަ ޓްވީޓްތަކެއް ވެސް ފަހުން ކޮށްފަ އެވެ. އަދި އެއީ "ނަސްލީ ގޮތުން ދިމާކޮށްލުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށް" ވެސް ބުންޏެވެ.
Shaahee dharikalunnah joke jehumun vazeefa gellijje
The most trusted news source in the Maldives
Mihaaru
ޑެނީގެ ވަޒީފާ ގެއްލުނީ ޕްރިންސް ހެރީގެ ދަރިކަލުންނާ ދިމާކުރުމުން.
އެ ޓްވީޓްގެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރި އެވެ. އެކަމަކު އެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy