ކަޅު އާފަލު، މިއީ އެންމެ ތަދު އާފަލު

ބްލެކް ޑައިމަންޑް އެޕަލްގެ ނަން ދީފައިވާ މި އާފަލަށް ސްކޯޕިއަން ފުރުޓް ވެސް ކިޔަ އެވެ. އަދި މިވައްތަރު، އެހެން ހުރިހާ އާފަލަކަށްވުރެ ފޮނި ރަހަ ގަދަވެފައި މުރަނަ އެވެ. މި އާފަލު ހެދޭ ހަމައެކަނި ތަނަކީ ޗައިނާގެ ޓިބެޓްގައިވާ ފަރުބަދަމަތީގެ ސަރަހައްދެކެވެ.


ކަނޑުގެ ލޮނުގަނޑަށް ވުރެ 3،100 މީޓަރު އުހުގައިވާ މިސަރަހައްދު ދުވާލުގެ ވަގުތު، ގަދަ އަށް އަވިދީ ހޫނުކަން މަތީ އޮވެ އެވެ. އެކަމުގެ ސަބަބުން އޮށް ފަޅަން އެހީއަކަށްވެ އެވެ. އެކަމަކު ރޭގަނޑު މިތަން އޮންނަނީ ގަނޑުވާހާ ފިނީގަ އެވެ. އަދި މީގެ އިތުރުން މި ސަރަހައްދަށް ވަރަށް ގިނަ ވަގުތު އަލްޓްރާވައިލެޓް ލިބެ އެވެ. އާފަލުގެ ބޭރު ތޮށިގަނޑުގެ ކުލަ ކަޅުވަނީ މިއަލީންނެވެ.

މިބާވަތުގެ އާފަލު ހެއްދުމަށް ހާއްސަ ކާނާއެއް އަދި އެއްވެސް ވައްތަރެއްގެ ކެމިކަލެއް ވެސް ބޭނުމެއް ނުކުރެ އެވެ. ހުރިހާ ވެސް އެއްޗަކީ ގުދުރަތީ މާހައުލެވެ. އަދި މިފަދަ މާހައުލެއް އެހެންތަނެއްގައި އުފެއްދުމުގެ ކުޅަދާނަކަން ލިބިފައި ނެތުމަކީ އިތުރު އެއްވެސް ސަރަހައްދެއްގައި ބްލެކް ޑައިމަންޑް ނުހެއްދޭ ސަބަބު ވެސް މެއެވެ.

ދެން އޮތް އަނެއް ދަތިކަމަކީ ޓިބެޓްގެ މި ސަރަހައްދުގައި ދަތުރު ކުރުމުގައި ހުރި އުދަނގުލެވެ.

ބްލެކް ޑައިމަންޑް އެޕަލް

އާދައިގެ އާފަލު ގަސްތައް ފޯދެން 2-3 އަހަރު ނަގާއިރު ބްލެކް ޑައިމަންޑް ފޯދެން 8 އަހަރު ނަގަ އެވެ. އާފަލު ބިނދެ ވިއްކަން އޮންނަ މުއްދަތު ކުރުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އާފަލު މާކެޓަށް ނުނެރެވި ވެސް ހުރެ އެވެ. އަނެއްކޮޅުން، އާދައިގެ އެހެން އާފަލުތަކާ ޚިލާފަށް، ބާޒާރަށް ނެރުމުގެ ކުރިން ހަރުކަށި ޓެސްޓަކުން ފާސްވާން ޖެހެ އެވެ. ޓެސްޓުން ފާސްވެގެން ބާޒާރަށް ނެރެވެނީ ތިރީސް ޕަސެންޓްގެ އާފަލެވެ. ގިނަ ފަހަރު އިންވެސްޓްކުރެވޭ ވަރާއި އެކަށީގެންވާ ފަދަ ފުޅާ ދާއިރާއެއްގައި ބާޒާރަކަށް ނުނެރެވެ އެވެ.

ބްލެކް ޑައިމަންޑް އެޕަލް

ކަން މިހެން ހުރުމާ އެކު ބްލެކް ޑައިމަންޑް ވިއްކެން އޮންނަނީ ބޮޑު އަގެއްގަ އެވެ. އަދި ވިއްކުމުގައި ބޭނުންކުރާ އުސޫލު ވެސް ތަފާތެވެ.

މި އާފަލު ވިއްކަން ހާއްސަވެފައިވާ ތަންތަނުން އެ ވިއްކަނީ ޕެކޭޖެއްގައި 6-8 އާފަލެވެ. އަދި އާފަލެއްގެ އަގު 7 ޑޮލަރަށް އަރަ އެވެ.