26 ޖެނުއަރީ 2020 - 07:06
ދުނިޔޭގެ އެންމެ ފިނި ތަން ކަމަށްވާ އެންޓާޓިކްގެ ގަނޑުފެން ޝީޓްތަކުގެ ދަށުގައި ފަތައިގެން އިނގިރޭސިވިލާތުގެ މީހަކު ތާރީހުން ހާއްސަ ޖާގައެއް ހޯދައިފި އެވެ.
އުމުރުން 50 އަހަރުގެ ލުވިސް ޕިޔޫ އަކީ މިހާތަނަށް އެންޓާޓިކްގެ ގަނޑުފެން ޝީޓްތަކުގެ ދަށުގައި ފެތި ފުރަތަމަ މީހާ އެވެ. އޭނާ ވަނީ ޑްރައިސޫޓަކާ ވެސް ނުލައި އަށް މިނިޓް ވަންދެން ފަތައިފަ އެވެ. އެހާ ފިނިގަދަ ތަނެއްގައި ލުވިސް ފެތީ ހަމައެކަނި ބޮލުގައި ކެޕަކާއި ލޮލުގައި ގޮގްލްއެއް އަޅައި، ހުސްގަޔާ އެވެ.
Swimming under the Antarctic ice sheet is the most beautiful and terrifying swim I’ve ever done. Every shade of blue, and then nearly complete darkness. Mid-way I heard an almighty boom above me, and thought my time had come. Luckily, it was just the ice shifting. #Antarctica2020 pic.twitter.com/2mZQpeUECd
— Lewis Pugh (@LewisPugh) January 24, 2020
މީޑިއާތަކުން ބުނީ ލުވިސް ގަނޑުފެން ޝީޓްތަކުގެ ދަށުގައި ފެތުމުގެ ހަތަރު ދުވަސްކުރިން މި މަހުގެ 20 އާއި 23 ވަނަ ދުވަހު ޓްރެއިލްތަކެއް ޖެއްސި ކަމަށެވެ. އަދި ރަސްމީކޮށް ފެތީ ހުކުރު ދުވަހު އެވެ. އަދި މިހާރު އޭނާ އަންނަނީ އިތުރު 20 މިނިޓްގެ ފެތުމެއް އެންޓާޓިކްގެ އަޑީގައި ހުރި ފިނިގަދަ ލޭކްތަކުގައި ފަތަން ތައްޔާރު ވަމުންނެވެ.
Getting ready. Here’s the irony, in order to show the world that Antarctica is heating up, with all the consequences that will have, I am freezing. #Antarctica2020 pic.twitter.com/u43JNnscWw
— Lewis Pugh (@LewisPugh) January 24, 2020
ޕްރޮފެޝަނަލް ފެތުންތެރިއެއް ކަމަށްވާ ލުވިސް އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރަމުން އަންނަ މީހެކެވެ.
"އެންޓާޓިކްގެ އަޑީގައި ފެތުމަކީ މިހާތަނަށް ފެނުނު އެންމެ ހިތްގައިމު މަންޒަރު،" ފެތުމުގެ 33 އަހަރުގެ ތަޖުރިބާގެ އެންމެ ހާއްސަ އަށް މިނިޓާ ބެހޭ ގޮތުން ލުވިސް ބުންޏެވެ. "އެއީ ސިފަކޮށްދޭން ވެސް އުނދަގޫހާ ރީތިކަމެއް. އަހަރެންގެ ވަށައިގެން އޮތީ މުޅިން ވެސް އެކި ޝޭޑްސްގެ ނޫކުލަ. ވަކި ހިސާބަކުން ވައިލެޓް ކުލަ ވެސް ފެނުނު. ކޮންމެ މަންޒަރަކީ ވެސް ބަލައި ފޫހިނުވާ މަންޒަރުތަކެއް."
ދުނިޔެ ހޫނުވަމުންދާ މައްސަލަ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން އަންނަ އިރު އެންޓާޓީކާގެ ގަނޑުފެންތައް މީގެ ކުރިން ވިރެމުން ނުދާހާ ބާރު މިނުގައި ދަނީ ވިރެމުންނެވެ. މީގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ކުދި ޖަޒީރާ ގައުމުތަކަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެން
10 March 2020
ސަޅި