އީލޮން މަސްކް ސްޓޫޑިއޯގައި.
02 ފެބުރުއަރީ 2020 - 09:06
އެމެރިކާގެ މަހުޖަނު އީލޮން މަސްކް، ދޭތެރެއަކުން ކޮންމެވެސް ތަފާތުކަމެއް ކޮށްލައިގެން މީހުންގެ ސަމާލުކަން ހޯދަ އެވެ. ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ މަޝްހޫރު ކުންފުނިތަކުގެ ވެރިޔާގެ ވާހަކަ މި ފަހަރު ދައްކަން ޖެހެނީ އާންމުކުރި ލަވައަކާ ހެދި އެވެ.
ސްޕޮޓިފައި އާއި ސައުންޑް ކުލައުޑް ފަދަ ޕްލެޓްފޯމްތަކަށް ދޫކޮށްލި މި ލަވަ އަކީ "ޑޯންޓް ޑައުޓް ޔޯ ވައިބް" އެވެ. އީލޮން ބުނިގޮތުގައިި މި ޓްރެކްގެ މިއުޒިކާއި ޅެމާއި އެއިން އިވޭ އަޑަކީ ވެސް އޭނާގެ މަސައްކަތެވެ.
Don’t Doubt ur Vibe now on Spotifyhttps://t.co/yyLgnF4d7q
— Elon Musk (@elonmusk) February 1, 2020
އޭގެ ރެކޯޑިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް އޭނާ ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.
Vibbbe pic.twitter.com/21WKNOnMXZ
— Elon Musk (@elonmusk) January 31, 2020
އެކަމަކު ބައެއް މީހުން ވަނީ މި ޓްރެކްގައި އީލޮން، 48، ގެ ލޯބިވެރިޔާ އަދި ޕޮޕް މިއުޒިޝަން ގްރައިމްޒް، 31، ގެ އަތެއް ނުވާނެތޯއާ ދޭތެރޭ ވެސް ސުވާލު އުފައްދައިފަ އެވެ. ގްރައިމްޒް، 31، އަކީ ކެނެޑާ އަށް އުފަން ލަވަކިޔުންތެރިއެކެވެ.
އޭނާ މިހާތަނަށް ތިން އަލްބަމެއް ނެރެފައިވާ އިރު، ހަތަރު ވަނަ އަލްބަމް "މިސް އެންތުރޮޕޮސީން" މި މަހުގެ 21 ގެ ނެރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެކެކެ
02 February 2020
އެމެރިކާގެ މަހުޖަނު އީލަން މަސްކް.. ސައުތް އެފްރިކާގެ މަހުޖަނު އީލަން މަސްކް