ޕްރިންސް ހެރީގެ ދެކަނބަލުްނގެ ބައޮގްރަފީ.
06 މެއި 2020 - 09:22
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކަލްގެ ބައޮގްރަފީއެއް ނެރެން ނިންމައިފި އެވެ.
ޝާހީ އާއިލާގެ ކަންކަން ދިރާސާކުރާ ދެ ރިޕޯޓަރުން ކަމަށްވާ އޮމިޑް ސްކޮބީ އާއި ކެރޮލީން ޑިއުރަންޑް ލިޔެފައިވާ ބައޮގްރަފީގެ ނަަމަކީ "ފައިންޑިން ފްރީޑަމް: ހެރީ، މެގަން އެންޑް ދަ މޭކިން އޮފް އަ މޮޑަން ރޯޔަލް ފެމިލީ" އެވެ.
ޕަބްލިޝިން ހައުސް ހާޕާ ކޮލިންސްގެ ތައްގަނޑުގައި މި ބައޮގްރަފީ ނެރެން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 11 ގަ އެވެ.
މީގެ ލިޔުންތެރިން ބުނެފައިވާ ގޮތުގައި ހެރީގެ ދެކަނބަލުންގެ ބައޮގްރަފީވެގެން ދާނީ ފާއިތުވި ދެ އަހަރެއްހާ ދުވަހު އެ ދެބޭފުޅުންގެ ދިރިއުޅުމާ ބެހޭ ގޮތުން ވަރަށް ތެދު ވާހަކަތަކާ އެކު، ކިޔުންތެރިންނަށް ސާފު މަންޒަރެއް ގެނެސްދޭނެ އެއްޗަކަށެވެ.
Excited to announce that #FindingFreedom, a biography written by myself and @CarolynDurand, will be available worldwide in August.
— Omid Scobie (@scobie) May 4, 2020
For the first time, go beyond the headlines and discover the true story of Prince Harry and Meghan, The Duchess of Sussex.https://t.co/A7B06EMaDa pic.twitter.com/KjGD9DcXaV
ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މެއި 19، 2018 ގަ އެވެ. އަދި އެ ކައިވެންޏަށް ދަރިކަލަކު ލިބިވަޑައިގަތީ މިދިޔަ އަހަރު އެވެ. ޒުވާން ދެކަނބަލުންގެ ދަރިކަލުން އާޗީ މައުންޓްބެޓަން-ވިންޑްޒާގެ ފުރަތަމަ އުފަން ދުވަހަކީ މިއަދެވެ.
އެމެރިކާ އަށް އުފަން ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަންއާ ކައިވެނި ބައްލަވައިގަތް ފަހުން، އިނގިރޭސި ޝާހީ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ ޕްރިންސް ހެރީގެ ދިރިއުޅުއްވުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭގެ ތެރޭގައި ޝާހީ ޒިންމާތައް ދޫކޮޮށްލައްވައި، އަމިއްލަފުޅު މިނިވަން ދިރިއުޅެއްވުމެއް އިހުތިޔާރުކުރެއްވުން ހިމެނެ އެވެ.
ހެރީ އާއި މޭގަން މިހާރު ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.
"ފައިންޑިން ފްރީޑަމް" އާ ބެހޭ ގޮތުން ލިޔުންތެރިން ބުނީ އެ މީހުންގެ ފޮތުގައި ހެރީ އާއި މޭގަންގެ ޒާތީ ދިރިއުޅުމާއި އެ ބޭފުޅުންގެ ދިރިއުޅުއްވުމަށް ގެންނެވި ބޮޑެތި ބަދަލުތަކުގެ ތަފުސީލީ ވާހަކަތައް ހިމަނާފައި ހުންނާނެ ކަަމަށެވެ. އަދި މިއީ ވަރަށް ގާތުން ކަންކަން ދިރާސާކުރުމަށް ފަހު، ދެ ބޭފުޅުންގެ ހަޔާތާ ބެހޭ ގޮތުން މުޅިން ވެސް ސައްހަ މައުލޫމާތު ހިމެނޭ ފޮތަކަށްވާނެ ކަމަށް ބުންޏެވެ.
"ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ދެ ބޭފުޅުންގެ ހަޔާތްޕުޅުން ފެނުނު ޓްވިސްޓްތައް އަހަރެމެންގެ ފޮތުގައި ހަގީގަތާ އެއްގޮތަށް ގެނެސްދީފައި ހުންނާނެ." ސްކޮބީ ބުންޏެވެ.
"ފައިންޑިން ފްރީޑަމް" ގެ ހާޑްކަވާ އަށް މި ވަގުތު އެމެޒޯންގައި 20 ޕައުންޑަށް އަދި ކިންޑްލް އެޑިޝަނަށް 9.99 ޕައުންޑަށް ޕްރި-އޯޑަކޮށްލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy