ލައިފްސްޓައިލް / އަމިއްލަ ހުނަރު

ދެބެއިންގެ ބޯކޮށުން ބޮޑު އާޓަކަށް

22 އޮކްޓޯބަރ 2021 - 07:25

ބޯކޮށުމަކީ ވެސް ހަމަ ފާޑެއްގެ އާޓެކެވެ. އެކި މީހުންނަކީ އެކި ކަހަލަ ސްޓައިލްތައް ފޮލޯކުރާ ބަޔަކަށް ވާތީ މީހާގެ އިސްތަށިގަނޑަށް ގެންނަ ބަދަލަކީ އެ މީހެއްގެ ޝަހުސިއްޔަތު ވެސް ދައްކުވައިދޭ ކަމެކެވެ. މިކަން ހަގީގަތުގައި ގުޅިފައި އޮތީ ބޯކޮށާ މީހުންގެ ހުނަރާ އެވެ.

މި ފަހަރު ދައްކަން އޮތީ އެފަދަ ހުނަރުވެރި ދެ މީހެއްގެ ވާހަކަ އެވެ. އިންޑިއާގެ ޕަންޖާބް ސްޓޭޓަށް ނިސްބަތްވާ ރަޖްވިންދަރު ސިންގް ސިދޫ، 31، އާއި ގުރުވުންދިންސަރު ސިދޫ، 29، އަކީ އަމިއްލަަ ބޯކޮށާ ތަނެއް ހިންގާ ދެބެއިންނެވެ. މި ދެބެއިންގެ ތަފާތަކީ އެ މީހުންގެ ބޯކޮށުމުގެ ހުނަރު ބޮޑު އާޓަކަށް ވެފައި މިހާރު އޮތުމެވެ.

ބޮލުގެ ފަހަތުން ދައްކުވައި ދޭން ބޭނުން ވަނީ އެ މީހަކު އެންމެ ގަޔާވާ މަޝްހޫރު ސެލެބްރިޓިއަކަށް ވިޔަސް، ކާޓޫން ކެރެކްޓާއަކަށް ވިޔަސް ނުވަތަ ޖަނަވާރެއް، ދޫންޏެއް ނުވަ ވަކި ތަނެއް ކަމަށް ވިޔަސް، އެ ކަސްޓަމަރަކު އެދޭ ގޮތަކަށް ރަޖުވިންދަރު އާއި ގުރުވިންދަރު ފިރިހެނުންގެ ބޯކޮށައި ދޭނެ އެވެ.

އެ މީހުން މިހާތަނަށް އެތައް ކަސްޓަމަރެއްގެ ބޮލަށް އިންޑިއާގެ މަޝްހޫރު އެތައް ފިލްމީ ތަރިންނަކާއި ފުޓްބޯޅަ ތަރިންނަކާއި ކްރިކެޓް ތަރިންނަކާއި އެމެރިކާގެ ކުރީގެ ޕޮޕް ރަސްގެފާނު މައިލަކް ޖެކްސަނާއި މިކީ މައުސް އާއި ތާޖް މަހަލް އާއި ސިންގާ އާއި މިނިކާވަގު ފަދަ ޖަނަވާރުންގެ ކުރެހުންތައް ވަރަށް ވެސް ފުރިހަމަ އަށް އިސްތަށިގަނޑު ކޮށައި މަށައިގެން ގެނެސް ދީފައިވެ އެވެ. ދެބެއިންގެ މި މަސައްކަތް އިންސްޓަގްރާމުން ވެސް ފެންނާނެ އެވެ.

ދެބެއިން ވެސް ބުނަނީ މިއީ ޑިމާންޑް ބޮޑު މަސައްކަތެއް ކަމަށެވެ. އެކަމަކު ކުރަން ފަސޭހަ ކަމެއް ނޫނެވެ. އަދި އެހާމެ ގިނަ ވަގުތު ވެސް ނަގާ ކަމެކެވެ. މި މަސައްކަތް އެ މީހުން ކުރަނީ 2019 އިން ފެށިގެންނެވެ.

ދެބެއިން ކިޔައިދިން ގޮތުގައި މިހާރު އެކި ކުރެހުންތައް ދައްކުވައިދޭ ގޮތަށް ބޯކޮށައިދޭ އިރު، މިއީ ވަރަށް ގިނަ ދުވަހުގެ ތަމްރީނެވެ.

"ހުނަރު ތަރައްގީކުރުމުގެ މަސައްކަތުގައި އަދިވެސް މި އުޅެނީ. ހެނދުނު ސެލޫން ހުޅުވާ ގޮތަށް ބަންދު ކުރަންދެން މަސައްކަތުގައި އުޅުމަށް ފަހު، ދެން ރޭގަނޑުގެ ވަރަށް ދަން ވަންދެން އުޅެނީ ހަމަ ޕްރެޓިކަލްގައި. އެގޮތުން ވޮލަންޓިއަކޮށް މީސްމީހުން މީހުން ހޯދައިގެން ހިލޭ އެ މީހުންގެ އިސްތަށިގަނޑު ކުރެހުންތަކުން ޑިޒައިންކޮށް ދެނީ،" ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ރަޖްވިންދަރު ބުންޏެވެ. "ބައެއް ރޭރޭ އެބަތިބެން ހަމަ މިކަން ކޮށްލަކޮށްލާ ދޭއް ތިނެއް ޖަހަންދަން ވެސް."

ދެބޭން ވެސް ބުނީ ކޮންމެ ރެޔަކު ޓްރެއިނިން ޖައްސާތީ މިހާރު ސެލޫންގެ ރަަސްމީ ގަޑިތަކުގައި އެ މީހަކު ބޭނުން ކުރެހުމެއް ސިފަވާ ގޮތަށް ބޯކޮށައި ދެމުން އަންނަ ކަމަށެވެ.

"މިއީ ފުދޭ ވަރެއްގެ ކަވި މަސައްކަތެއް. އެވްރެޖްކޮށް ބޮލެއް ކުރެހުމަކާ އެކު ކޮށައި މިދެނީ ވިއްސާއި ތިރީސް ޑޮލަރާ ދެމެދުގެ އަގަކަށް." ރަޖްވިންދަރު ބުންޏެވެ.

ދެބޭން ބުނީ ސެލޫންގެ ވިޔަފާރި ފުޅާކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެހެންވެ މިކަން ބޮޑު އާޓަކަށް ބަދަލުވަމުން އަންނަ އިރު، އެ މީހުންގެ ހުނަރު އިންޑިއާ އިން ބޭރުގައި ދައްކާލަން ބޭނުންވާ ކަމަށް ބުންޏެވެ.

video icon

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454