ކާލްސް ޕުޔޯލް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޓްރޮފީ އުފުލާލަނީ.
10 ޑިސެމްބަރ 2016 - 00:27
ނ. އަތޮޅަށް ހާއްސަ ފުޓްބޯޅަ މުބާރާތް 'ސިޔާމް-މައުރޫފް ސޮކާ ކަޕް' ގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު އަދި ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ކުރިއަށް ގެންދަވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ގައި ނ. ކެނދިކުޅުދޫގަ އެވެ. ޕުޔޯލް އާއި އޭނާގެ އަންހެނުން ސުޕަމޮޑެލް ވަނެއްސާ ލޮރެންޒޯ މި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އަންނާނެ އެވެ.
ފުޓްބޯޅަ ކުޅުން 2014 ވަނަ އަހަރު ހުއްޓާލާފައިވާ އުމުރުން 38 އަހަރުގެ ޕުޔޯލް ވަނީ ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ހަ ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ހާސިލްކުރި އެވެ. މީގެ ތެރެއިން ގިނަ ތަށި ކެޕްޓަންގެ ހައިސިއްޔަތުން އުފުލާލީ ޕުޔޯލް އެވެ.
ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ލަނޑެއް ޖެހުމުން އެ ޓީމުގެ ކެޕްޓަން ޕުޔޯލް އޭނާ އަށް މަރުހަބާ ކިޔަނީ. --ފޮޓޯ: އެލެކްސް ލިވެސީ/ ގެޓީ އިމޭޖަސް
ހުނަރުވެރި ޑިފެންޑަރެއްގެ އިތުރުން ޕުޔޯލް ފާހަގަކުރެވެނީ އާދާޔާހިލާފު ކެޕްޓަނެއްގެ ގޮތުގަ އެވެ. ދަނޑުމަތީގައި ޓީމް ލީޑްކޮށް ކުޅުން އޯގަނައިޒްކޮށް ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ އަކީ ނަމޫނާ ކުޅުންތެރިޔެކެވެ. ސްޕެއިން ގައުމީ ޓީމަށް 13 އަހަރުތެރޭ 100 މެޗު ކުޅެދީފައިވާއިރު ބާސެލޯނާގެ ސީނިއާ ޓީމަށް 1999-2014 އަށް 400 އެއްހާ މެޗު ކުޅެދިނެވެ.
ޕުޔޯލް ޝަރަފްވެރިކޮށްދޭ ސިޔާމް-މައުރޫފް ސޮކަ ކަޕުގައި މިލަދުންމަޑުލު ދެކުނު ބުރީގެ 13 ރަށަކުން ޓީމުތައް ބައިވެރިވެފައިވާއިރު މިއީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. ޗެމްޕިއަން ޓީމަށް ދޮޅުލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެ ވަނަ ޓީމަށް 100،000ރ. ލިބޭނެ އެވެ.
ޕުޔޯލްގެ ފަހުން ބާސެލޯނާގެ ކެޕްޓަންކަން ކުރި ޒަވީ ހެނާންޑޭޒް ވެސް ވަނީ ދާދި ފަހުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރަން ކުޅުނު މެޗު ޝަރަފްވެރިކޮށްދޭން ޒަވީ އައިއިރު އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ވެސް ދަތުރުގައި ބައިވެރިވެ އެ މެޗުގައި ކުޅުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
12 December 2016
ޕުޔޯލް ހައިރާންވެ އަންތަރީސްވާނެ ތިޔަ ފައިނަލް ކުޅޭ ދަނޑުފެނިފަ.އެހެނީ އެދަނޑު އެއީ ވެމްބްލީ އަދި އެލިއާންޒް އެރީނާ އަށްވުރެން ފެންވަރު ރަނގަޅު ދަނޑެއް.
ކެނދިކުޅުދޫ މީހާ
11 December 2016
ދެއްކުންތެރިކަމުގެ އިންތިހާ، ކެނދިކުޅުދޫ ރައްޔިތުން އަސާސީ ހައްޤުން މަހުރޫމް ކޮށްފަ މިދެން ކޮންފަދަ މަލާމާތެއް
ޙަހާ
10 December 2016
ތަރުކާރީ އިންދާ ކަހަލަ ދަނޑެއް ގަ ފުޓުބޯޅަ ކުޅޭތަން ދައްކަން ތަ ވަރައް އުފާވާނެ އެނަ ދުވަހަކު ނުފެންނަ ކަމެއް ފެނުނީމަ
ކުޑޭ
10 December 2016
ދ.އަތޮޅު މެމްބަރު ............. ވޯޓް ހޯދަން ދ.އަތޮޅަށް... ރައްޔިތުން ހާދަ ގަމަރޭ ދޯ!
ހަބީބު
10 December 2016
ޝިޔާމަކީ ނ އަތޮޅު މީހެކޭ
Mishy
10 December 2016
އެމީހުންގެ އަތުގައި ލާރިއެބަހުއްޓޭ...އެހެންވީމާ، ޓްރަމްޕް ކީއްކުރަން ހިލަރީ ވެސް އެމީހުންނަށް ގެނެވިދާނެއެންނު...
ބޫ
11 December 2016
ދައުލަތުގެ މާލިއްޔަތުގައި ހުރީޔާ އެއީ އެމީހުންގެ އެއްޗެހި. އެމީހުންގެ އަތް އެހިސާބަށް ފޯރާނެވިއްޔާ.
ބަކުރު އެންޑް ޒުބޭރް
10 December 2016
މިވަރުން ދަންޏާއަދި އަދި ޓްރަންޕުވެސް ގެންނާނެ ކޮންމެވެސް ކަމެއް އިފްތިތާހުކޮށްލަން.
ސުވަދީވް ރަދުން
10 December 2016
ވަރަށް އުފާވެރި ހަބަރެށް
ސުވަދީވް ގަމާރު
10 December 2016
ކަލޭ ދާންވީ މަހަށް