ކުޅިވަރު / ކޮމަންވެލްތު ގޭމްސް

ކޮމަންވެލްތު ގޭމްސް: ޓީމު އިވެންޓުން ޓީޓީ އަށް ދެރަ ނަތީޖާއެއް

ޓީޓީއޭއެމްގެ ނައިބު ރައިސް އަދި ކޮމަންވެލްތު ގޭމްސްގެ ކޯޗެއްގެ ގޮތުގައި ދިޔަ އިބްރާހިމް ޝީއުރީ ދިވެހި ޓީމަށް އިރުޝާދު ދެނީ: އޭނާގެ ކޯޗު ކަމުގައި ރާއްޖެއިން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މޮރިޝަސް ބަލިކޮށްފަ. އެކަމަކު މިފަހަރު މޮރިޝަސް އަތުން ރާއްޖެ ވީ ބަލި --- ފޮޓޯ: އެމްއޯސީ މީޑިއާ

އިންގްލެންޑްގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ޓޭބަލް ޓެނިސް ޓީމު އިވެންޓްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ނާކާމިޔާބާ ކުރިމަތިވެއްޖެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު އެއް ވެސް މެޗަކުން ދިވެހި ޓީމަށް މޮޅު ނުވެވުނެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއިޖީ) ގައި، ޓީމު އިވެންޓުން ޗެމްޕިއަންކަން ހޯދި ދިވެހި ޓީމުގެ ފުރަތަމަ މެޗާ މެދު ވަރަށް ބޮޑަށް އުއްމީދު ކުރެވުނެވެ. އައިއޯއައިޖީގެ ފައިނަލުގައި ރާއްޖެ އަތުން ބަލިވި މޮރިޝަސް އާ ދެކޮޅަށް ކުޅެ މިފަހަރު ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ.

ރާއްޖޭގެ ފުރަތަމަ ގޭމްގައި އައިޝަތު ރަފާ ނާޒިމާއި އޮއުމްހާނީ ހޮސެނޮލީ އާ ދެކޮޅަށް ކުޅުނު ގޭމުން، ރަފާ ރާއްޖެ މޮޅުކޮށްދިނީ ސީދާ ތިން ސެޓުންނެވެ. ރަފާ ސެޓްތައް ގެންދިޔައީ 11-5، 11-6، 11-8 ންނެވެ.

ފާތިމަތު ދީމާ އަލީ، ކުޅުނު ދެވަނަ ގޭމުން އޭނާ ރާއްޖެ މޮޅުކޮށް ދިނެވެ. އޭނާގެ ފުރަތަމަ ގޭމްގައި ނަންދޭޝްވަރީ ޖާލިމް އަތުން ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ނަންދޭޝްވަރީ ކާމިޔާބު ކުރީ 11-6 އިންނެވެ. ދެވަނަ ސެޓް ދީމާ ހޯދި އެވެ. އޭނާ އެ ސެޓް ގެންދިޔައި 11-5 ންނެވެ. ޖެހިގެން އައި ސެޓް ވެސް ދީމާ ގެންގޮސް ލީޑް ނެގި އެވެ. އެ ސެޓް އޭނާ ކާމިޔާބު ކުރީ 11-8 ންނެވެ. ދީމާ އަށް ގޭމް ގެއްލުނީ އަނެއް ދެ ސެޓުން ބަލިވުމުންނެވެ. އެ ދެ ސެޓް ނަންދޭޝްވަރީ ކާމިޔާބު ކުރި 11-8 އަދި 15-13 އިންނެވެ.

ރާއްޖޭގެ ޓީޓީ ތަރި އައިޝަތު ރަފާ ނާޒިމް: ކޮމަންވެލްތު ގޭމްސްގައި ޓީޓީގެ ޓީމު އިވެންޓުން ރާއްޖެ އަށް ކުރިމަތިވީ ނާކާޟިޔާބު --- ފޮޓޯ: އެމްއޯސީ މީޑިއާ

ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް ބަލިވީ މޮރިޝަސްގެ ރުގިއްޔާ ކިނޫ އަތުން ސީދާ ތިން ސެޓުންނެވެ. ކިނޫ ސެޓްތައް ގެންދިޔައީ، 11-6، 11-2 އަދި 15-13 އިންނެވެ. ހަތަރުވަނަ ގޭމްގައި ދީމާ ނުކުތީ އޮއުމެ ހާނީ އާ ދެކޮޅަށެވެ. އެ ގޭމް ދީމާ ކާމިޔާބު ހޯދީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް 11-5 އިން ދީމާ އަށް ގެއްލުނު ނަމަވެސް އަނެއް ތިން ސެޓް އޭނާ ކާމިޔާބުކޮށް ރާއްޖެ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފަހު ތިން ސެޓް އޭނާ ކާމިޔާބު ކުރީ 11-8، 11-8 އަދި 11-5 ންނެވެ.

ޑަބަލްސް ގޭމްގައި ޖުމާނާ އާއި ރަފާ އާ ދެކޮޅަށް ނުކުތީ ނަންދޭޝްވަރީ އާއި އޮއުމް ހާނީ އެވެ. މޮރިޝަސްގެ މި ޕެއާ މެޗު ކާމިޔާބު ކުރީ 11-9، 11-9 އަދި 11-8 ންނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި ނުކުތީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަފް މެލޭޝިއާ އާ ދެކޮޅަށެވެ. އެ މެޗު ތިން ގޭމުން ރާއްޖެ ބަލިވީ އެވެ. ފުރަތަމަ ގާމްގައި މެލޭޝިއާގެ ކަރީން ލީން އަތުން ރަފާ ބަލިވީ 3-1 ސެޓުންނެވެ. ލީން ފުރަތަމަ ސެޓް 11-7 ން ކާމިޔާބު ކުރި ނަމަވެސް ރަފާ ވަނީ ދެވަނަ ސެޓް ކާމިޔާބު ކޮށްފަ އެވެ. އެކަަމަކު ފަހު ދެ ސެޓް 11-4 އައި 11-9 ން ރަފާ ބަލިވީ އެވެ.

ދެވަނަ ގޭމްގައި ދީމާ ނުކުތީ އަލީޝް ޗަންގް ލީ ސާން އާ ދެކޮޅަށެވެ. ދީމާ އެ ގޭމުން ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ދެ ސެޓް ޗަންގް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 11-1، 11-1 ންނެވެ. ތިންވަނަ ސެޓުގައި ދީމާ އަށް ރަނގަޅު ވާދައެއް ކުރެވުނަސް 11-8 ޗަންގް ސެޓް ގެންދިޔަ އެވެ.

ރާއްޖޭގެ ރަފާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރަނީ: އިންޑަވިޖުއަލީ ރަފާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ --- ފޮޓޯ: އެމްއޯސީ މީޑިއާ

އެ މެޗުގެ ޑަބަލްސް ގޭމްގައި ރަފާ އާއި ޖުމާނާ އާ ދެކޮޅަށް ނުކުތީ ޔިންގް ހޯ އާއިލީން އެވެ. ސީދާ ތިން ސެޓުން މެލޭޝިއާގެ ޕެއާ ގޭމް ކާމިޔާބު ކުރި އެވެ. އެ ގޭމްގެ ސެޓްތައް ލީން ގެންދިޔައި 11-3، 11-9 އަދި 11-5 އިންނެވެ.

ރާއްޖޭގެ ފަހު މެޗުގައި އިއްޔެ އޮސްޓްރޭލިއާ އަތުން ބަލިވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމްގައި ރަފާ، މިންހް ޔަންގް ޖީ އަތުން ބަލިވީ 11-6، 11-3 އަދި 11-5 ންނެވެ. ދެވަނަ ގޭމްގައި ދީމާ ނުކުތީ ގޭމްގައި ޔަންގް ޒީ ލީ އާ ދެކޮޅަށެވެ. ޔަންގް ގޭމް ކާމިޔާބު ކުރީ 11-2، 11-6 އަދި 11-3 އިންނެވެ. ޑަބަލްސް ގޭމްސްގައި ރަފާ އާއި ދީމާގެ ޕެއާ ބަލިވީ 11-4، 11-6، 11-6 އިންނެވެ.

ޓީމު އިވެންޓުން ކުރިމަތިވި ނާކާމިޔާބާއެކު މާޔޫސްވެފައި ހުރި ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު ވިދާޅުވީ އެންމެ މެޗަކުން ވެސް މޮޅު ނުވެވުމަކީ ބޮޑު ދެރައެއް ކަމަށެވެ.

"ޓީޓީ ވާނެ ކަންނޭނގެ ކޮވިޑާ ގުޅިގެން އެހެން ކުޅިވަރުތައް މެދުކަނޑާލިއިރު ވެސް ގަވާއިދުން ޕްރެކްޓިސް މެދުކަނޑާނުލާ ގެންދިޔަ ކުޅިވަރަކަށް. ކުޅުންތެރިން އަމިއްލަ އަށް ވެސް ވަރަށް މަސައްކަތް ކުރި. އަދި ގޭމްސްގެ ކުރިން ކްރޮއޭޝިއާގައި ވެސް ވަރަށް ރަނގަޅު ޓްރޭނިންތަކެއް ކުރިއަށް ގެންދިޔަ. އެ ހުރިހާ މަސައްކަތަކާއެކު ވެސް މިފަހަރު ނާކާމިޔާބުވީމަ އެއީ ވަރަށް ބޮޑު ދެރައެއް،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މޮރިޝްސް ބަލިކޮށް ރާއްޖެއިން ޗެމްޕިއަންކަން ހޯދައިފައިވުމުން ކޮމަންވެލްތު ގޭމްސްގައި މޮރިޝަސް އާ ދެކޮޅަްށ ކުޅުނު މެޗާ މެދު އުއްމީދު ކުރެވުނެވެ.

ޓީމު އިވެންޓްގައި، ބެޑްމިންޓަން އަދި ބީޗް ވޮލީބޯޅައިން ވެސް ރާއްޖެއަށް ކުރިމަތިވީ ދެރަ ނަތީޖާ ތަކަކެވެ. ކޮމަންވެލްތު ގޭމްސްގެ ބީޗް ވޮލީބޯޅަިގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން ބަލިވީ ސީދާ ދެ ސެޓުންނެވެ. ރާއްޖޭގެ އާދަމް ނަސީމް އާއި އިސްމާއީލް ސާޖިދުގެ ޕެއާ ވަނީ އޮސްޓްރޭލިއާގެ ކްރިސް މެކް ހިއު އަދި ޕޯލް ބާނެޓް އަތުން ބަލިވީ 21-13 އަދި 21-17 އިންނެވެ.

10 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 73%
icon angry icon angry 0%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ‫ިރާޖް ދައްކައިގެން ވޭސްޓިންގް މަނީ

31 July 2022

‫ ‫ޙަޤީޤަތަކީ އައިއޯއައިޖީއަކީ އައިޓީޓީއެފްއިން ޤަބޫލުކުރާ މުބާރާތެއް ނޫން. އޭގެން އަންހެން ޓީމަށް މޮޅުވެވޭތީ ދިވެހި ޓީމްއަކީ މާމޮޅު ޓީމެއް ކަމަށް ދައްކައިގެން އުޅެނީ. ދެން ލާރިތައް ތަޅާ މި ހިސްކުރަނީ ޖުމުލަ 20 ކުޅުން ތެރިން ހަމަނުވާ ކުޅިވަރަކަށް

The name is already taken The name is available. Register?

ނަޖީބޫ

01 August 2022

ބަލިވީމާ ޖެހޭނީ ހިތްވަރުދޭން. އަބަދު މޮޅުނުވެވެސްދާނެ. ހަސަދަވެރި ވެގެން ދިމާކުރުން ރަނގަޅެއްނޫން.

The name is already taken The name is available. Register?

ތެދު100%

01 August 2022

މި 20 ހަމަނުވާ ކުޅިވަރުން މިރާއްޖޭގެ ނަން އުފުލަދީފި ދޯ އައި އޯ އައި ގީ ގަ .ނަމަވެސް. ލައްކައިން ކުޅޭ ކުޅިވަރުތަކަށްވީ ކިހިނެތް؟

The name is already taken The name is available. Register?

ސިރިސޭނާ

31 July 2022

މަހުލޫފު ބުނީ ބީޗު ވޮލީ 2028 ގަ އޮލިމްޕިކްސް ކުޅެނޭ! ލަންކާ ޓީމުއަތުނއ ބަލިވާ ބަޔެއް މިދައްކަނީ އޮލިމްޕިކްސްގެ ވާހަކަ. ކީޚެ ބުނާނީ. ދެބޯގެރިދުއްވުން ނޫންކަމެއްނޭގޭ މަހޭއަަށް ކުރާކަށް

The name is already taken The name is available. Register?

ޓީޓީ

31 July 2022

މަހުލޫފު ސްޓޭޓަސް އެބަ ޖަޔަޔޭ ބީޗު ވޮލީ ޗޮކުން ދިޔާމާވެސް. ލަދު ކޮބާތަ ސެޓުގަނޑެއް ހޯދަބަލަ. ތިޔާ ދިޔައީކީ ކޮމަންވެލްތް ގޭމްސްއަށް ޝޮޕިން ކޮއްލަން

The name is already taken The name is available. Register?

ބައްސާމް

31 July 2022

ޚަރަދުގެ ވާހަކަ ކަލޭމެން ކުދިން ނުދައްކަބަލަ.. މިއީ އަހަންނާއި އަހަރެންގެ ގާތް މީހުންގެެ ޢާއިލާ ކުދިންނަށް ފުތުސަތެއް ދޭންކުރާ ކަމެކޭ

The name is already taken The name is available. Register?

ހެޑްލައިން

31 July 2022

ރާއްޖޭގެ ހާލަތު ތީ ހުރިހާ ކުޅިވަރެއްގައިވެސް އެއީކީ މައްސަލައެއް ނޫން އަހަރުމެންގެ ފެންވަރު މީ ހަޖަމްކުރޭ

The name is already taken The name is available. Register?

cxcxcx

31 July 2022

އެހެންވެ މިހާ ބޮޑު ޚަރަދެއް ކޮށްފައި ދައުލަތް އަޑިއަޅާފައި އޮތް އިރު ހަމަ ކުރަންޖެހޭ ކަމެއްތަ މީ!

The name is already taken The name is available. Register?

އަލަވީ

31 July 2022

ޓީޓީ އަށް ތިހެންވީމާ ދެރަ، ކިހިނެއްބާ މިވީ؟ ކުޅުންތެރިން ސީދާ 3 ސެޓުން ބަލިވީ. އެސޯސިއޭޝަނުން ކުރާ މަސަތްކަތަށް ޝުކުރު

The name is already taken The name is available. Register?

އަލީ އަލީ

01 August 2022

ކުޅިންތެރިން ހޮވުމުގަ ވެސް ކޮރަޕްޝަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454