އީގަލްސް އަށް ގެނައި ނެދަލެންޑްސްގެ ފޯވާޑް ޑޮނަވަން ޑީކްމަން.--
16 ފެބުރުއަރީ 2017 - 11:41
ނެދަލެންޑްސް އާއި ބެލްޖިއަމްގެ ވަރުގަދަ ކްލަބްތަކަށް ކުޅެފައިވާ ފޯވާޑް ޑޮނޮވަން ޑީކްމަން ކްލަބް އީގަލްސް އަށް ގެނެސްފި އެވެ.
ނެދަލެންޑްސް އަށް އުފަން ޑީކްމަން އެންމެ ފުރަތަމަ ކުޅުނީ 2007 ވަނަ އަހަރު އެ ގައުމުގެ އެއް ވަނަ ޑިވިޝަން ކްލަބް ހެރަންވީން އަށެވެ. ދެ އަހަރަށް ފަހު ދެން އެ ޓީމު ދޫކޮށް އޭނާ ބަދަލުވީ ބެލްޖިއަމްގެ ލޮކެރެން އަށެވެ. އެ އަށް ފަހު ދެން އޭނާ ފެނުނީ ނެދަލެންޑްސްގެ ސްޕާޓާ ރޮޓެޑަމް އާއި ރުމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބް އެސްސީ ކޮންކޯޑިއާ އަށެވެ.
ޑޮނޮވަން މިހާތަނަށް ކުޅެފައިވާ ހަމައެކަނި އޭޝިއާ ކްލަބަކީ އީރާންގެ އެއް ވަނަ ޑިވިޝަންގެ ކްލަބް ނަފްތު ޓެހެރާން އަށެވެ. އޭނާ އެންމެ ފަހުން ކުޅުނީ ނެދަލެންދްސްގެ ކްލަބް އެސްސީ ޓެލްސްޓާ އަށެވެ.
ޑޮނޮވަންއާ އެކު އީގަލްސްގައި މި ވަގުތު ތިބީ ބިދޭސީ ތިން ކުޅުންތެރިންނެވެ. އެއީ ސްރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އާއި މިސްރުގެ ޑިފެންޑަރު އެލްހުސްނީ މަގްދީ އެވެ. އެނގިފައިވާ ގޮތުގައި އީގަލްސް އިން ވަނީ އިތުރު ބިދޭސީ ޑިފެންޑަރެއް ގެންނަން ނިންމައިފަ އެވެ.
މިދިޔަ އަހަރު އީގަލްސް އަށް މޮޅު ކުޅުމެއް ދެއްކި މުސްތަފާ ސެޑިކް މި އަހަރު ފެންނާނީ ވިކްޓަރީންނެވެ.
ފާއިިތުވި ސީޒަންތަކުގައި ވެސް އީގަލްސް އިން ފެނުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އެ ޓީމުން ގެނައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އަހުމަދު ނާޝިދު (ނައްޓޭ) އެވެ.
މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި އީގަލްސް މި ސީޒަނުގައި ކުޅޭ ފުރަަތަމަ މެޗުގައި، މާލޭ ލީގުގެ ފުރަތަމަ މެޗުގައި، ނުކުންނާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީސްޓް
16 February 2017
ކޮބާ ޒިޔާދު ސަރ ހީވޭ ކަމެއްހެން. ނިއުރޭޑިއަންޓަކަށް ނޫން ހަމައެކަނި ކުޅުންތެރިން ގެނެވޭނީ. އީގަލްސްއިން އެ ގެނައީ ވެން ޕާސީ ފެންވަރު ކުޅުންތެރިއެއް. ދެން މުޑި ކާށި ހޮވަން ދޭ ޒިޔާދު ސަރ މެން.