ޓެރަންސް ކަޕްގައި ނިއު އާއި ބީޖީ ކުޅުނު މެޗުގެ ތެރެއިން: ނިއުގެ އަައްޔަ (ކ) ބީޖީ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
22 ޖޫން 2016 - 20:52
ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 5-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފަސޭހަ މޮޅެއް ހޯދައިފި އެވެ.
މިއަދުގެ މޮޅާ އެކު ނިއު އަށް ވަނީ ސެމީގެ ފުރުސަތު ބޮޑުވެފަ އެވެ. ނިއު އާއި މާޒިޔާގެ އިތުރުން މި ގްރޫޕްގައި އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) އާއި މުހައްމަދު ނިޒާމް (ތޮއްޑޫ) ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު ޒިޔާދެވެ.
މާޒިޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަލީ ރިޒާ އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ އަބްދުﷲ އިބްރާހިމް އެވެ. އަދި މޮޅުު ކުޅުންތެރިއަކީ އައްޔަ އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy