ކުޅިވަރު / އެފްއޭ ކަޕް

ކޮންފެރޭ ކޮޅަށް 16 ގޯލު ޖަހައި ގްރީން ސެމީ އަށް

ކޮންފެރޭގެ ކީޕަރު ޒުހަލް (ވ) ކައިރިން ގްރީން ސްޓްރީޓްސްގެ ޓޫކިލޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

30 ނޮވެމްބަރ 2017 - 18:54

5 comments

އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ތިން ވަނަ ޑިވިޝަނުގެ ކޮންފެރޭ ސްޕޯޓްސް ކްލަބް އަތުން 16-1 އިން މޮޅުވެ ގްރީން ސްޓްރީޓްސް ސެމީ ފައިނަލުން މިއަދު ޖާގަ ހޯދައިފި އެވެ.

ސެމީގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ގްރީން ސްޓްރީޓްސް ނުކުންނާނީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މިއަދުގެ މެޗުން ގްރީން ސްޓްރީޓްސް މި ހޯދި މޮޅަކީ މި އަހަރު މިހާތަނަށް މުބާރާތެއްގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ކެޓުމުން ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ދެން އޮތް ހަމަައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ. ލީގުގެ ފަހު މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހު މުހައްމަދު (ސޮބާ) ވަނީ ވަކިވެފަ އެވެ. މިއަދުގެ މެޗުގައި ގްރީން ސްޓްރީޓްސް އަށް އިރުޝާދުދިނީ އަލީ ހަސަން އެވެ.

ގްރީން ސްޓްރީޓްސް އިން މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ކޮންފެރޭ ކޮޅަށް ނުވަ ގޯލު ޖަހައިފަ އެވެ. އަނެއް ހަތް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ކޮންފެރޭގެ ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ.

މިއަދުގެ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ނިޒާމްބެ ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންފެރޭ ކޮޅަށް މިއަދު ގްރީން ސްޓްރީޓްސް އިން އެންމެ ގިނަ ލަނޑު ޖެހީ ޖޫން މަހުގެ ޓްރާންސްފާގައި ނިއު ދޫކޮށް އެ ޓީމާ ގުޅުނު އާދަމް އިޝާމް (ސަން) އެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހައިފަ އެެވެ. މުހުތާރް ނަސީރު (ޓޫކިލޯ) އާއި އަހުމަދު ހަސަން ހެޓްރިކެއް ހެދިއިރު، އަހުމަދު ނިޒާމް (ނިޒާމްބެ) އާއި އަބްދުﷲ ޔާމީން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ގޯލު ޖެހީ ޓީމުގެ ކެޕްޓަން މުހައްމަދު ޝައްފާޒް (ސައްޕޭ) އާއި މުހައްމަދު ނައްޒާމެވެ.

ކޮންފެރޭ އިން ސުން ކަނޑުވާލީ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތު ނާޖިހު އިބްރާހިމް އެވެ.

މިއީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ގްރީން ސްޓްރީޓްސް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި ގްރީން ސްޓްރީޓްސް އަށް އެންމެ ފަހުން ނިމުނު ދިވެހި ޕްރިމިއާ ލީގުގައި ލިބުނީ ފަސް ވަނަ އެވެ.

ގްރީން ސްޓްރީޓްސްގެ ހުރިހާ ބިދޭސީ ކުޅުންތެރިން ފޮނުވާލުމަށް ފަހު އެ ޓީމަށް މިހާރު ކުޅެނީ ހުސް ދިވެހި ކުޅުންތެރިންނެވެ.

5 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުޓްބޯލް ފޭން

30 November 2017

މި ކޮންގޮތަކަށް މިމުބާރާތައް ހޮވިގެން އަންނަ ޓީމުތަކެއްތަ?

The name is already taken The name is available. Register?

މާހޯރަ

01 December 2017

އެފް.އޭ ކަޕަކީ ފުޓުބޯޅަ އެސޯސިއޭޝަނުގަ ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮންމެ ކުލަބު ނުވަތ ޖަމިއްޔާ އަކަށްވެސް ބައިވެރިވެވޭ މުބާރާތެއް، އެފް.އޭ ކަޕްގަ ބައިވެރިވާކަށް ވަކިފެންވަރެއް ހުންނާކަށްނުޖެހޭ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން އޮންނަނީ ހަމަމިހެން. ވާނުވާ ނޭގުނަސް ކޮމެންޓްކުރަންވާނެ.

The name is already taken The name is available. Register?

މާލެ ދޮންބެ

30 November 2017

ދިވެހި ލީގުގަ ރާއްޖެތެރޭ ޓީމުތައް ކުޅުނީމަ ކަޑަ.. އެފް އޭ ކަޕުގަ ހުސް މާލޭ ޓީމު ކުޅޭއިރު ކިހާ ވާދަވެރި ދޯ..! އެކަމަކުވެސް ނަންވާނީ ފޯކައިދޫ

The name is already taken The name is available. Register?

އާރީ

30 November 2017

ނިއު ކޮޅަށް ޖަހާބަލަ 16 ލަޑް މޮޅިންޔާ.

The name is already taken The name is available. Register?

އޯރިޔޯ

01 December 2017

ކަލޭ ޖަހާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454