މޯލްޑިވްސް ފުޓްބޯލް އެވޯޑް ހަފްލާގައި ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ޑިސެމްބަރ 2017 - 11:46
އެފްއޭއެމްގެ ރައީސްކަމާ ބައްސާމް އަދީލް ޖަލީލް ހަވާލުވެވަޑައިގަތް ފަހުން އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ފާޑުކިއުންތަކަށް ފުރަތަމަ ފަހަރަށް ރޭ ރައްދު ދެއްވައިފި އެވެ.
ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފުލާގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ފާއިތުވި އެއް އަހަރު ތެރޭގައި ބޮޑެތި ވައުދުތައް ފުއްދިފައި ހުރުމުކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މި މަގާމާ ހަވާލުވީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އޭގެ އެންމެ ބޮޑު ވައުދަކީ މާލީ ފުދުންތެރިކަން އަޅުގަނޑުމެންގެ ކްލަބްތަކަށް ފޯރުކޮށްދިނުމާއި އަތޮޅު ތެރޭގެ ފުޓްބޯޅަ ތަރައްގީ ކުރުމާއި އަތޮޅު ތެރޭގެ ފުޓްބޯޅައިގެ ކްލަބްތަކަށް މަތީ ފަންތީގައި ވާދަކުރެވޭނެ ފުރުސަތުތަކެއް ފޯރުކޮށްދިނުން،" ބައްސާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާ އެކީގައި އަޅުގަނޑުމެން ވެވުނު ބޮޑެތި ވައުދުތައް ފުރިހަމަ ކުރެވިއްޖެ ވާހަކަ އަޅުގަނޑު މިރޭ ފާހަގަކުރަން."
މި އަހަރު ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކާއި ސިނިއާ ޓީމު ކުޅުނު ގިނަ މެޗުތަކުން ބަލިވީ ތަފާތު ބޮޑު ނަތީޖާތަކަކުންނެވެ. އެކަމާ ގުޅިގެން ވެސް އެފްއޭއެމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އެ މަައްސަލައަށް އިޝާރަތްކުރައްވަމުން ބައްސާމް ނެންގެވީ 26 ލަނޑުގެ ވާހަކަ އެވެ. އެއީ ގައުމީ އެކި ޓީމުތަކުގެ ކޮޅަށް މި އަހަރު ވަން ލަނޑުތަކުގެ އަދަދެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ 26 ލަނޑަކީ މީގެ ކުރިން "ކޮންމެވެސް ބަޔަކު މި މަސައްކަތް ނުކޮށް އޮތުމުން މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވި ކަމެކެ"ވެ.
އެކަމަކު "މި 26 ލަނޑުގެ ފައިދާ އަޅުގަނޑުމެން ނަގާނީ ކުރިއެރުން ބައްޓަން ކުރުމަށް ޓަކައި،" ބައްސާމް ވިދާޅުވި އެވެ.
އެ މަސައްކަތުގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ މިހާރު އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ"ގެ ވާހަކަ އެވެ.
"އޭގެ ބޭނުމަކީ އަތޮޅު ތެރެއިން ހުނަރުވެރި ޒުވާން ކުޅުންތެރިން އެކި އުމުރު ފުރާގެ ގައުމީ ޓީމުތަކަށް ލެވިގެން ދިއުން،" ބައްސާމް ވިދާޅުވި އެވެ.
އެވޯޑް ހަފްލާގެ ޝަރަފްވެރި މެހެމާން ބާސެލޯނާގެ ލެޖެންޑް ޕުޔޯލް (ކ) އާއި ބައްސާމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެފްއޭއެމްގައި ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ދާ ކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. އަދި އެ މައްސަލާގައި އޭނާ ދެކޮޅެއް ވެސް ނުހައްދަވަ އެވެ. ވިދާޅުވީ "އެފްއޭއެމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ސިޔާސީ ތަނެއް" ކަމަށެވެ.
"އެފްއޭއެމަކީ ރާއްޖޭގައި އޮތް ފުޓްބޯޅައިގެ މައި އިދާރާ. އެފްއޭއެމަކީ ފުޓްބޯޅައިގެ ސިޔާސަތުތައް ކަނޑައަޅާ ތަން. އެފްއޭއެމް ތެރޭގައި އަބަދުވެސް ސިޔާސަތުތައް ގާއިމް ކުރެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
"އެހެންވީމަ އެފްއޭއެމްގައި ސިޔާސީ ހަރަކާތް ކުރިއަށް ދާ ވާހަކަ ދެންނެވީމަ އަޅުގަނޑުމެންނަށް މާ ބޮޑު ޖޯކަކަށް ނުވޭ. އެއީ ހަމަ އެތާ ތެރޭގައި ހަގީގަތުގައި ވެސް ހިނގަމުން ދާ ކަންތައްތައް."
އޭނާ ވިދާޅުވީ އެފްއޭއެމަށް އެކި ކަހަލަ ޕްރެޝަރު ދިމާވި ނަމަވެސް އޭގެ ތެރޭގައި ގިނައީ އެ އިދާރާ އިން ސަމާލުކަން ދޭން ނުޖެހޭ ކަންކަން ކަމަށެވެ. އަދި އެފްއޭއެމަށް އޮންނަ ޕްރެޝަރު ތަފާތު ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ޕްރެޝަރު ކުރިމަތިވޭ. ވަކި ފަރުދެއްގެ ފަރާތުން ޕްރެޝަރު ކުރިމަތިވޭ. ވަކި ބައެއްގެ ފަރާތުން ޕްރެޝަރު ކުރިމަތިވޭ. އަޅުގަނޑުމެންނަށް އަންނަ ޕްރެޝަރަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް އަންނަ ޕްރެޝަރު،" ބައްސާމް ވިދާޅުވި އެވެ.
"މިފަދަ ޕްރެޝަރުތަކަކީ އަޅުގަނޑުމެން އުފަލާ އެކު ބަލައިގަންނަ ޕްރެޝަރު. އެހެން ކަމަކުން އަންނަ ޕްރެޝަރަކުން އަޅުގަނޑު ވެސް، އަޅުގަނޑުގެ ޓީމު މެމްބަރަކު ތަނެއް ވެސް ހިރުވައެއް ނުލާނެ."
ބައްސާމް ގަބޫލުކުރައްވާ ގޮތުގައި މިހާރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ދެނެގަނެވުމަކީ ވެސް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެކެވެ. އެ ގޮތުން "ފުންމާލަން މި އުޅޭ ކަނޑުގެ ފުންމިން ޓެސްޓްކޮށްލެވުނު" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަނޑަކަށް ފުއްމާނުލާ ކަމަށްވާ ނަމަ އެ ފުއްމާލެވެނީ ކިހާ ފުން ކަނޑަކަށް ކަމެއް ނޭނގޭނެ،" ބައްސާމް ވިދާޅުވި އެވެ.
އެވޯޑް ހަފްލާގައި ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ކަންތައްތަކާ ބެހޭ ގޮތުން ހިޔާލުފާޅުކުރާއިރު ކަންކަން އޮތް ގޮތް އޮޅުންފިލުވަން ޖެހޭނެ ކަމަށެވެ. އަދި ބިނާކުރަނިވި ފާޑުކިޔުމަށް އެފްއޭއެމުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކް
19 December 2017
ދެންމަށަށް ފެންނަނީ އެފް އޭއެމް ހިންގުން މަޝްހޫރު ބޭރު އެކަޑަމީއަކަށް ދޫކޮށްލުން ދިވެެހިން ލައިގެންނުވިއެއްނުން މިކަމެއް
ރާންބާ
17 December 2017
ގައުމީ ޓީމު ބޮޑެތި މެޗުތަކަށްދާއިރު ރަނގަޅަށް ތައްޔާރުވާން މަގުފަހި ނުކޮށްދެނީ ކީއްވެތޯ ނޫސްވެރިން ބައްސާމާ ސުވާލުކޮށްލަންފެނޭ؟ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ކުޅެން ދިވެހި ޓީމު ދިޔައީ ރަނގަޅު ފެންވަރުގެ އެންމެ މެޗުގަނޑެއްވެސް ކުޅެނުލާ. ދެން ކިހިނެއް ނަތީޖާ ނެރޭނީ. އެފް.އޭ.އެމް ވަނީ ބޮޑުކޮށް ފެއިލްވެފަ. މީ އެނމެނަށްވެސް އެނގޭ އެއްޗެއް.
ލައިޒާން
17 December 2017
ލަދެއް ނުގަނޭތަ. ސީޒަން ފެށި އިރު ޖަހަން ބުނި ގޮނޑި ބަރި ސީޒަން ފަހުމެޗައް އެންމެ 100 ވަރަކައް ގޮނޑި ކޮޅު ދަނޑުގެ މެދުތެރޭ ޖަހާ ނުނިމި އެގޮނޑި ކޮޅު ޖެހި ތަން ބަންދު ކޮއްގެން ސީޒަން ނިމިގެން ދިއައީ.
އަހުމަދު ސަލީމް
17 December 2017
ބައްސާމޫ، ކިތަންމެ މޮޅު ވާހަކައެއް ބުނިކަމުގައި ވިޔަސް، ތިޔަ އެފްއޭއެމް އެތެރޭގެ ހާލަތު އޮތްގޮތުން އިތުރަށް ފުޓްބޯޅަ ކުރިއަރާނެ އެއްވެސް ގޮތެއް ނެތް، މިހެން މިބުނަން ޖެހެނީ އެފްއޭއެމްގެ ޙާލަތު ވަރަށް ރަގަޅައް އިގޭތީ، އިދާރީ ހިންގުމުގެ ބަލިކަށިކަމުގެ ވާހަކަ، އަމަލީމަސައްކަތް ކުރަން އުޅޭމީހުންގެ ކަރަޕްޝަންގެ ވާހަކަ، ބޭކާރު އެތައް އަންހެންކުދިންނެއް ވަޒީފާދީފަ، 2 ނައިބް ރައީސުންގެ ހަން ފެތުމުގެ ވާހަކަ، މިވަރުން އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން، ވަރަށް ވެދުން
އަހުމަދު - އޭދަފުށި
17 December 2017
ބައްސާމު ދެއްކެވީ ރަނގަޅު ވާހަކަތަކެއް. ބައްސާމު މިހާރު ފައްޓަވާފައި ހުރި ޕޮރޮޖެކްޓް ތަކުގެ ފައިދާ 3 ވަރަކަށް އަހަރު ތެރޭގައި ފެންނާނެ ކަމަށް ބެލޭވޭ. ބައްސާމް އަދި ހާސްނުވޭ، ފާޑު ކިޔާމީހުން ފާޑުކިޔާނެ، ޓާރގެޓް ހާސިލްކުރުމަށް ޓަކައި ފާޑުކިޔުންތަކުން އިބުރަތް ހާސިލް ކުރުމުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.
ބޯޅަ
17 December 2017
ބަލަ ކަންކަން އޮތް ގޮތް އޮޅުން ނުފިލަނީ ތިބޭފުޅާ އަށް...މީހަކު މެޗެއެއް ބަލަން ދަނޑަށް ނުވަދޭ...
ސަ÷ޯޓަރުން
18 December 2017
ތިއީ ސަޕޯޓަރުން ކަޑަކަމުންވާކަމެއް.
ސަމާސާ
17 December 2017
"އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ" ވާހަކައަކީ ފިސާރި ތެދެއް. މުޅިއޮޑި "ސިޔާސީ" ވެފަ.
ސަމާސާ
17 December 2017
ފުޓުބޯޅަވެސް ހޭންޑްބޯޅަ ވެސް އަދި ހުރި ހުރިހާބޯޅައެއްގެ ވެސް ފެންވަރު މުޅި ދިވެހި މުޖުތަމައު ދަނޭ!!! މިއީ ކުޑަކުޑަ ގައުމެއް. މިގައުމުގައި ހިނގާ ކަނކަމާއި އެކަންކަމުގެ ފެންވަރު އާއްމުކޮށް އެންމެންނަށް އެނގޭ!! ތަންތަނަށް އަންނަ ވެރިންގެ މައްސަލައަކީ އަބަދުވެސް "ނުފޯރާފޮތިން ފޫގަޅާނެ" ވާހަކަ އެންމެ ފުރަތަމަ ދުވަހު އިއުލާނު ކުރާތީ. ދުނިޔެ ގިޔާމަތްވުމުގެ ކުރިން ދިވެހި ފުޓުބޯޅަ ޔޫރަޕް ކީއްކުރަންތޯ އޭޝިޔާގެ ފެންރަށް ގެންދެވުމަކީ މުސްތަހީލުކަމެއް. އެހެނެއްކަމަކު އެކަންވާނެ ގޮތެއްްވެސް އެބައޮތް. އެއީ ފިޒިކަލީ ، މެންޓަލީ ޔޫރަޕް ފެންވަރަށް މީހުން ތަރައްގީވުން. އަދި ޖިސްމާނީގޮތުން އެހާ ވަރުގަދަ ވެގެން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
17 December 2017
ވައުދު ތައް ފުރިހަމަވެ އަތޮޅުތެރޭގެ ކުރިއެރުމުގެ ވާހަކަ ދައްކާއިރު “ކ އަތޮޅު މާލޭ ގަލޮޅު ދަނޑު” ސަޕޯޓަރުންވަދެ ފުރި ބަންޑުންވެފައިތޯ އޮތީ ؟! އައްޑޫ ސިޓީ ފުވައްމުލައް، ތިނަދޫ ލާމް، ކުޅުދުއްފުއްޓާއި އޭދަފުށި ފަދަ “ބޮޑެތި އާބާދީ ތަކުގައި” އެފްއޭއެމްގެ ދައުރު އަދާ ކުރެވިފައިވޭތޯ ؟ ޕްރޮފައިލް ރީތިކޮށްލާ ފީފާ އަށާއި އޭއެފްސީ އަށް ފޮނުވަން މައިލޯ އިން ލާރި ހޯދަން ފޮޓޯ އާއި ޓީވީ އަށް ނަގާލަން “ކަންދައްކަން ވައިޑީޕީ ގެ ނަމުގައި” ނާޗަރަންގީ ކުޅުން ނޫންކަމެއް ކުރެވުނުތޯ؟ ރީޖަނަލް ނުވަތަ ޕްރޮވިންސް އިންޓަރ ސުކޫލް އަދި އަންޑަރ 21 ފަދަ މުބާރާތް ބޭއްވުމާއި އެފްއޭކަޕް ހޯމް އަވޭ އުސޫލުން މާލެ އައްޑޫ ލާމް ބ އަތޮޅުގައި ނުކުޅެންވީ ކީއްވެތޯ ؟ ރީޖަން ތަކަކަށް ބަހާލައިގެން ޑިސެންޓްރަލައިޒް ކޮށް ބާރުތައް ދީގެން މެނުވީ އެއްވެސް ކަމެއް އޭގެ ރޫހުގައި ކުރިނާރާނެ. “މާލޭ ޓީމް ތަކާއި ވާދަ ކުރަން އަންނަ ޓީމް ތަކަށް ފެސިލިޓޭޒް ކޮށްދޭން މާލޭ ޓީމް ތަކުގެ އޮފިޝަލުން ކޯޗުން ކުޅުންތެރިން”ތިބުމަކީ ކުރެވޭ ބޮޑު މަލާމާތެއް.
އިބްރާހިމް ނުޢުމާން
19 December 2017
މާލެ، އައްޑޫ އަދި ލާމު އަތޮޅަކީ ބިންބޮޑެތި އާބާދީ ބޮޑު ތަންތަނެވެ. އެކަމަކު ބ އަތޮޅަކީ މިއިން އެއްކަމެއްވެސް އޮތްތަނެއް ނޫނެވެ. ހުނަރުގެ ގޮތުންވެސް ކުޅުންތެރިން މަދު ތަނެކެވެ. ހަމައެކަނި މަޝްހޫރުކަން ފެންނަނީ ކޮރަޕްޝަންގެ ތެރެއިން ބ އަތޮޅު އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނަށް ލިބޭ ފުރުޞަތުތަކުގެ ސަބަބުންނެވެ. ތި ލިސްޓަށް ބ އަތޮޅު ކަަކުނުދެއެވެ.
ކޮންޓޭ
17 December 2017
ވޭތުވެދިޔަ 2015، 2016، 2017 ގައި އިންޓަރ ސްކޫލުގައި ބައިވެރި ސްކޫލުތަކަށް ދޭންބުނި ފައިސާ ލިބެނީ ކޮން އިރަކުންތޯ؟ ކައުންސިލުގެ ބައްދަލުވުމަށްފަހު އޭ ކުރިން ބުނި. އަދިވެސް ބައްދަލުވުން ނުނިމެނީ ތޯ؟