ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކުޅުންތެރިން މޮޅު، އެކަމަކު ރޭވުންތެރިކަމެއް ނެތް: ގައުމީ ކޯޗު

ރާއްޖޭގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށާއި އޭނާގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ ބަދަލުކުރުމުގެ މަސައްކަތް ފަށާ މީހާ އަށް ވުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޖަރުމަނުގެ ޕީޓާ ސެގާޓް ބުނެފި އެވެ.

އަފްގާނިސްތާން ގައުމީ ޓީމުގެ ކުރީގެ ކޯޗު ރާއްޖެއާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ނޫސްވެރިންނާ ވާހަކަދައްކަމުން މިއަދު ބުނީ ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކުރުމާ އެއްވަރަށް ނަތީޖާ ނެރެން ވެސް އޭނާ ބޭނުންވާ ކަމަށާއި ހުނަރު ހުރެ ރަނގަޅަށް މަސައްކަތްކުރަންޏާ ކިތަންމެ މުސްކުޅި ކުޅުންތެރިޔަކަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ.

"ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން. އެކަމަކު ގައުމީ ޓީމުގެ ދޮރު އެއްވެސް ކުޅުންތެރިޔަކަށް އަހަރެން ބަންދެއް ނުކުރާނަން. ކޮލިޓީ ހުރިއްޔާ، އަހަރެމެންގެ ފިލޯސަފީ އަށް އިހުތިރާމްކުރަންޏާ އުމުރަކަށް ނުބަލާނަން،" ސެގާޓް ބުންޏެވެ. "ދިވެހިރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ ކުޅެން. އަހަރެން ދެ ވަނަ ޑިވިޝަން ވެސް ތިން ވަނަ ޑިވިޝަން ވެސް ބަލާނަން. މި ވަގުތުން ފެށިގެން ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ."

ސެގާޓް ބުނީ ދެ ހަފުތާ އިން ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަން އޭނާ އަށް ނުދެވޭނެ ކަމަށާއި އޭނާ އަށް އެފްއޭއެމް އާއި މީޑިއާ އާއި ދިވެހި ރައްޔިތުންނާއި ކުޅުންތެރިންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

"ހަނދާންކުރާތީ! އަހަންނަށް އެކަންޏެއް މިކަމެއް ނުވާނެ. އަހަންނަށް ވަގުތު ވެސް ބޭނުންވޭ. ހުނަރުވެރިން ހޯދައި ތައްޔާރުވެ، ފުރަތަމަ އެބަ ބޭނުންވާ މިކަންކަމުގެ މަންޒަރު އަހަރެންގެ ސިކުނޑީގައި ކުރަހާލަން. އަހަރެން ބޭނުންވޭ ކުރިމަގަށް ޓީމެއް ބިނާކުރަން. އެކަމަކު ނަތީޖާއަކީ ވެސް މުހިއްމު ކަމެއް. އެހެންވެ އަހަރެން އެ ދެ ކަންތަކަށް ބެލެންސެއް ގެންނާން،" ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ އޭނާ ރާއްޖެއާ ހަވާލުވި އެންމެ ބޮޑު ސަބަބަކީ ވެސް ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ތިބެމެ ރަނގަޅު ހިސާބަކަށް ނުދެވޭކަން އެނގިގެން އެކަމަށް އެހީގެ އަތެއް ދިއްކުރުމަށް ކަމަށެވެ. އެގޮތުން އޭނާ ބުނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަތުން 4-1 އިން އަފްގާނިސްތާން މޮޅުވީ އެ ޓީމުގައި މާ މޮޅު ކުޅުންތެރިންތަކެއް ތިބެގެން ނޫން ކަމަށާއި ރާއްޖޭގެ ޓީމުގައި ރޭވުންތެރިކަމެއް ނެތިގެން ކަމަށެވެ.

"އަހަންނަށް ފެނުނު ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން. އެކަމަކު އެއްވެސް ޓެކްޓިކްސްއެއް ނެތް. ފިޒީކެއް ނެތް. ކޮލިޓީ ހުއްޓަސް އެ ދެކަންތައް ނެތިއްޔާ ކިހިނެއް ކުޅޭނީ؟" ސެގާޓް ބުންޏެވެ.

އޭނާ ބުނީ މިހާތަނަށް ފެނުނު އެސްޓީއޯ މާލޭ ލީގުގެ މެޗުތަކުގައި ވެސް ފެނުނީ އުއްމީދުކުރި ވަރަށް ވުރެ ދަށް ކުޅުމެއް ކަމަށެވެ. އެގޮތުން ކުރިއަށް ކުޅޭ ކުޅުންތެރިންނާއި ފަހަތަށް ކުޅޭ ކުޅުންތެރިންނާ ދެމެދު 70 މީޓަރުގެ ދުރުމިން ހުންނަ ކަމަށާއި އެގޮތަށް ކުޅެގެން މޮޅެއް ނުވާނެ ކަމަށެވެ.

"ޔޫރަޕުގައި ހުންނާނީ 20 މީޓަރު. އަހަރެމެން 2015 ގައި ރާއްޖެ ބަލިކުރީ ޕްރެސްކޮށްގެން. އަހަރެމެންގެ ފޯވާޑާއި ޑިފެންޑަރާ ދެމެދު ހުންނާނީ 20 މީޓަރު. އަހަރެމެންގެ އޮތް ސާފު ސިސްޓަމެއް. އަހަރެމެންގެ ޓެކްޓިކްސްތަކެއް އޮތް. އަހަރެމެން ރާއްޖެ އަށް ޕްރެސްކުރިން. އެގޮތަށް އަހަރެމެން މޮޅުވީ. ކޮންމެހެން މާ މޮޅު ކުޅުންތެރިންތަކެއް ތިބެގެނެއް ނޫން. ރާއްޖޭގެ ނެތް އެފަދަ ކަމެއް،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ ރާއްޖެ ލައްވާ ވެސް ކުޅުވާނީ ހައި ޕްރެސިން ފުޓްބޯޅައެއް ކަމަށާއި އެކަމަށް ކުޅުންތެރިން ފިޒިކަލީ ތައްޔާރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ވަގުތު އަތު ޖެހޭ ސްކޮޑުގައި އެވަރު ކުޅުންތެރިން ނެތިއްޔާ ދެން ވިސްނާނީ ކައުންޓާ އެޓޭކުގައި ކުޅުވަން ކަމަށް ބުންޏެވެ.

ސެގާޓް ބުނީ އޭނާގެ ހުވަފެނަކީ ރާއްޖެ ގޮވައިގެން ކޮންމެވެސް ދުވަހަކު އޭޝިއަން ކަޕަށް ދިއުން ކަމަށާއި އެކަމަކު އެއީ މިވަގުތު ހަގީގަތަށް ވިސްނާއިރު ވާން އޮތް ކަމެއް ނޫން ކަމަށެވެ. އެކަމަކު ހުވަފެނެއް ނެތިއްޔާ މަސައްކަތް ކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށާއި އެހެންވެ ވީހާ ވެސް ބޮޑު އަމާޒެއް ކަނޑައެޅުން މުހިއްމުކަން އޭނާ ފާހަގަކުރި އެވެ.

"އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން ޕްރެޝަރު ދޭނީ. ކޮންމެ ކަމެއް ވެސް ފެށޭނީ ހުވަފެނަކުން. ތެދަށް ބުނަންޏާ އެއީ ވާނެ ކަމެއް ނޫން (އޭޝިއަން ކަޕަށް ދިއުމަކީ). އަނެއްކާ ހަތަރު ފަސް އަހަރު ފަހުން އަހަރެން ރާއްޖެ ފުޓްބޯޅައިގައި ނުހުރެދާނެ. އެކަމަކު އަހަރެންގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމުގެ މަސައްކަތް ފަށާ މީހާ އަށް ވާން. ރާއްޖޭން 2008 ވަނަ އަހަރު ވަރަށް މޮޅަށް ކުޅެ ތަށި ހޯދި. އެހެންވެ އެބަޖެހޭ އެ ހުރިހާ ކަމެއް ގެއްލުނީ ކީއްވެތޯ ވެސް ބަލަން. އަހަރެން އެކަން ކުރާނަން،" ސެގާޓް ބުންޏެވެ.

އަމިއްލަ އަށް ބްރޭކެއް ނަގަން ވެގެން މީގެ އަހަރެއްހާ ދުވަސް ކުރިން އަފްގާނިސްތާނުން ވަކިވި ކޯޗު ބުނީ އޭނާ އަށް ތިން ގައުމަކުންނާއި ކްލަބްތަކުން އޮފާ ލިބުނު ކަމަށާއި އެކަމަކު ރާއްޖޭން ގުޅާފައި ދެއްކި ވާހަކަތަކުން މިތަނާ މެދު ޝައުގުވެރިވި ކަމަށެވެ.

"ރާއްޖޭން ގުޅާފައި ވަރަށް ސީދަލަށް، ތެދަށް ވާހަކަދެއްކީ. މިޔޭ ތިމަންނަމްނެގް ހާތަލަކީ. މިތަންއޮތީ މިހެނޭ. ތިމަންނަމެންނަށް އެހީވާށެ. ވަރަށް ސީރިއަސްކޮށް ރާއްޖެ ފެނުނީ. އަނެއްކާ ވަރަށް ޒުވާން މެނޭޖްމަންޓެއް މިއޮތީ. ރާއްޖޭގެ ކުރިމަގު އުޖާލާކޮށް ފެންނަނީ،" ސެގާޓް ބުންޏެވެ.

6 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 2%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮކްތެރެޕީ

15 March 2018

ހީވަނީ ރަގަޅުވާނެހެން މިކޯޗު.

The name is already taken The name is available. Register?

އާރީ

14 March 2018

މޮޅުވާހަކަ ދައްކާ ތި ހެން އައްނަ ކޮންމެ ކޯޗަކުވެސް. ނަތީޖާ ނުނެރެވެނި..

The name is already taken The name is available. Register?

އަހުމަދުބެ

14 March 2018

މާލޭގައި ސްކިލް ރަނގަޅު ކުޅުންތެރީން އެބަތިއްބެވެ. ރާއްޖޭގެ ރަށްރަށުގައި ހުރީ ބުންވަރު ރަނގަޅު ވިސްނުންތޫނު ފިޒިކަލީ ރަނގަޅު ކުޅުންތެރީންނެވެ. މަސައްކަތް ކޮށްފިއްޔާ ރާއްޖެއިން ހޮވާލައިގެން މޮޅު ޓީމެއް ނެގިދާނެއެވެ. މޮޅުކުޅުންތެރީން ހޯދަން މީހަކު ބަހައްޓަން ވީއެވެ. ދެން އެކުޅުންތެރީންނަށް ޓްރަޔަލް އެއް ދީގެން އޭގެތެރެއިން ބަޔަކު ހޮވާލަން ވީއެވެ. ރަނގަޅު ކާނާ ދޭންވީއެވެ. ސިނގިރޭޓާއި ދުރުކުރުވަން ވީއެވެ. ނަފްސާނީ ގޮތުން ވަރުގަދަ ބަޔަކަށް ހަދަން ފިލާވަޅުތަކެއް ދޭންވީއެވެ.

The name is already taken The name is available. Register?

ޝޮކް

14 March 2018

އުންމީދީ ވާހަކަތަކެއް މި ކޯޗަށްފުރުސަތު ދޭންޖެހޭ ....އަފްގާން ޓީމުއާހަވާލުވެ އެޓީމުން މި ކޯޗުގެ ގެ މޮޅުކަން ދެއްކި

The name is already taken The name is available. Register?

ނާސު

14 March 2018

"ޓެކްޓިކްސްއެއް ނެތް. ފިޒީކެއް ނެތް" - ސިގިރޭޓް، ދުފުން، މިރުސް ކެއުން. ބުއްދީގެ ފިޓްނަސް ގެ ވާހަކައާ ހަށިގަނޑުގެ ފިޓްނަސް ގެ ވާހަކަ އެ ދައްކަނީ.

The name is already taken The name is available. Register?

އަބޫ123

14 March 2018

ފުރަތަމަ ޕްރެސްއާ ބަލާފަ މީނާގެ މާ ވަހަކަ ގިނަކަން ފާހަގަކުރެވޭ، މީނާ މަގާމުން ވަކިއްކޮށް ދިވެހިރާއްޖެ އަށް އުފަން އެހެންނަމަވެސް ސްޕެނިޝް ކޯޗެއްކަމަށްވާ ކޯޗު ސޮބާ އާ ގައުމީ ޓީމު ހަވާލުކުރަން ގޮވާލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454