އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ކުޅެނީ. -- ފޮޓޯ: އިމޭޖަސް އެމްވީ
18 އެޕްރީލް 2018 - 10:48
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ އާއި ސްރީ ލަންކާއާ އެކު ގްރޫޕް ބީ ގައި ދިވެހިރާއްޖެ ވާދަކުރަން ޖެހިއްޖެ އެވެ.
ސާފް ސުޒުކީ ކަޕުގެ ނަމުގައި މި އަހަރުގެ ސެޕްޓެމްބަރު 4-15 އަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ބަންގްލަދޭޝާއި ނޭޕާލާއި ޕާކިސްތާން އަދި ބޫޓާނެވެ. މުބާރާތުގެ ގުރުނެގުން ބޭއްވި މިއަދު ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން 2013 ވަނަ އަހަރު ހޯދި އަފްގާނިސްތާން މި ފަހަރު ވާދަނުކުރާތީ މުބާރާތުގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. އަފްގާނިސްތާން ބައިވެރިނުވަނީ އެ ގައުމު ސެންޓްރަލް އޭޝިއާ ސަރަހައްދަށް ބަދަލުކޮށްފައިވާތީ އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 5 ވަނަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ރާއްޖެއާ ސަރަހައްދުގައި ކުރިން އެންމެ ވާދަވެރިކޮށް ފެނުނު ލަންކާއާ ދެކޮޅަށް އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުން، 2013 ވަނަ އަހަރުގެ މުބާރާތުގައި ވަނީ 10-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ސެޕްޓެމްބަރު 11 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއް ވަނަ ޓީމާއި ބީ ގެ ދެ ވަނަ ޓީމެވެ. އެ ދުވަހު ކުޅޭ ދެ ވަނަ ސެމީގައި ވާދަކުރާނީ ގްރޫޕް ބީ ގެ އެއް ވަނަ އާއި އޭ ގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.
ރާއްޖެ އާއި އިންޑިއާ 2009 ވަނަ އަހަރަށް ފަހު އެއް ގްރޫޕެއްގައި ހިމެނުނުއިރު މި ފަހަރު މި ދެ ޓީމު ސެމީގައި ބައްދަލުކުރަން ނުޖެހޭނެ އެވެ. ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވާދަކުރި ނުވަ ފަހަރުގެ ތެރެއިން ސެމީގައި އިންޑިއާއާ ކުޅެން ޖެހުނު ފަސް ފަހަރު ވެސް ބަލިވީ އެވެ. ބައްދަލުކުރަން ނުޖެހުނު ހަތަރު ފަހަރު ފައިނަލުގައި ވާދަކުރި އެވެ.
އިންޑިއާއާ ވާދަކުރަން ނުޖެހުނު ފަހަރުތަކަށް ބަލާއިރު 1997 ވަނަ އަހަރު ލަންކާ ބަލިކޮށް ސެމީ އަށް ދިޔަ ނަމަވެސް ފައިނަލުން އިންޑިއާ އަތުން ބަލިވީ އެވެ. އޭގެ ފަހުން 2003 ވަނަ އަހަރު ޕާކިސްތާން އަތުން ސެމީގައި މޮޅުވެ ފައިނަލަށް ދިޔަ އިރު ފައިނަލުގައި ބަންގްލަދޭޝް އަތުން ބަލިވީ އެވެ. އަދި 2008 ވަނަ އަހަރު ސެމީގައި ލަންކާ ބަލިކޮށް ފައިނަލަށް ގޮސް ފައިނަލުން އިންޑިއާ އަތުން މޮޅުވެ ތަށި ހޯދި އެވެ. ޖެހިގެން އައި 2009 ވަނަ އަހަރު ސެމީން ލަންކާ އަތުން މޮޅުވި ނަމަވެސް ފައިނަލުން އިންޑިއާ އަތުން ބަލިވީ އެވެ.
އިންޑިއާއާ ވާދަކުރަން ޖެހި ކެޓީ 1999 ވަނަ އަހަރާއި 2005 ވަނަ އަހަރާއި އެންމެ ފަހުން މުބާރާތް ބޭއްވި ތިން އަހަރު ކަމަށްވާ 2011، 2013 އަދި 2015 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީބޯ
18 April 2018
މާލޭގެ މީހުން އެމީހުންގެ ފުޓްބޯޅަ ލެޖެންޑުންނަށް އެކަށިގެންވާ އިއްޒަތާ އިހުތިރާމެއް ނުދޭ. އަޅުގަޑުމެން ރަށުގެ މީހުން ރަށުގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ޝަގާ. ބެއްލޯ، ކުދުރޭޑިއޯ، ގާދިރާމެންނަށް ވަރަށް ރެސްޕެކްޓް ކުރޭ. ވެދާނެ ދަގޭ އެއްފަޅި އައްޑޫ ވީމަ މާލެ މީހުން ރުޅި އަންނަނީކަމަށް.
އަލިކޮ
19 April 2018
ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން ގޭދޮށު ލެޖެންޑުން ކަމަށްވާ އަހައްމާ، ކުދުހަސަނާ، ދިޔަގެއިބިރާ މެންނަށް ވެސް ވަރަށް ރެސްޕެކްޓްކުރަން.
އާރީ
18 April 2018
ތި ކޯޗު ވެސް ދާނި ހަމަ ޗޮކުން. އަސްފާގާ ނުލާ ގައުމީ ޓީމަކަށް ކާމިޔާބެއް ނެތް. ވަރަަށް ސާފް.
ޗެތުރީ
18 April 2018
އިންޑިއާ ސީނިއަރ ޓީމެއް ތިމުބަރާތެއް ނުކުޅޭނެ. އިންޑިއާ މުޅިން އެހެން ލެވެލެއްގަ މިހާރު އެއޮތީ. ފީފާ އޭއެފޗސީގެ ވެސް އެންމެ ބޮޑު އަމާޒަކީ އިންޑިއާގަ ފުޓުބޯޅަ ފޯރިގަދަކުރުން. އެކަމަށް އެތައް ހަރަދެއްކޮށް އިންޑިއާއަށް ފުރުޞަތު ހޯދާދެމުން އެދަނީ. އިންޑިއާގެ ދެވަނަ ޓީމެއް އަތުންވެސް މޮޅުވަން އުދަގޫވާނެ އެކަމު ކަޕު މުބާރާތެއްގަ ހަމަ ކުރި ހޯދި ދާނެ.
މަ މީ ކާކު ދޯ
18 April 2018
ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވަން މިފަހަކަށް އައިސް ކުރިކަމަކީ މިނިވަން ފަންސާސް މުބާރާތް ބޭއްވުން. ސުވާލަކީ އޭގެން އެންމެ އެދެވޭ ނަތީޖާއެއް ނެރެވިއްޖެތޯ؟ ބައިވަރު ޒުވާން މޮޅެތި ކުދިން ފެނިއްޖެތޯ؟ ރަށްރަށުން ޓީމުތައް ޒޯނު ބުރާއި އެހެން ބުރެެއްވެސް ކާމިޔާބުކޮށް މާލެ އައިސް ޕްރިމިއަ ލީގުގައި 3-4 މަސް މާލޭގައި ހޭދަކުރާއިރު ކޮންތާކުތޯ އެންމެން ތިބެނީ؟ މުސާރާއެއް ދޭތޯ؟ ރަށުގައި އަދާކުރަމުން ދިޔާ ވަޒީފާއަށް ދަނީ ކާކުތޯ؟ ނޫނީ އެހެރަ އެކޮމޮޑޭޝަން ބޮލްކުގަ އެންމެންނަށް ތިބެވޭތޯ؟ މުބާރާތް ބޭއްވުން ގޯހެއް ނޫން. އެކަމަކު ފައިދާއެއްނުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނުވަންޏާ ބޭއްވުމުގު އެއްވެސް މާނައެއް ނެތް. އެއްވުރެ މާރަނގަޅުވާނެ ވައި ޑީ ޕީ ޕްރޮގްރާމްތައް އުމުރުން 5 އަހރުގެ ކުދިންނާ ހަމައިން ފެއްޓިގެން ބާއްވަން. 7 އަހރު. 9، 11، 13، 15
ހަމީދުބެ111
18 April 2018
އަޝަފާގު ނުނަގާތި. ޓީމުތެރެފަނި ކުރާނެ
ނަގިއްޔާ
18 April 2018
ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުން އެގައުމު ތަކުގެ ކުޅިވަރުގެ ލެޖެންޑުންނަށް ކޮންމެވެސް ވަރެއްގެ ގަދަރެއް ކުރޭ. ރޫނީ މެން އެމީހުންގެ ޕާސަނަލް ލައިފުގަ ބޮޑެތި ހަޑިހޭވި އިރުވެސް އެއީ ބޮޑެތި ސްޕާސްޓާރުން. މިގައުމުގަ މިވަނީ ކިހިނެއް؟ ހަސަދައާ ރުޅިވެރިކަން ފެންނަނީ. އެސޮރު، އެބުނާ ދަނގަޑޭއްވެސް ދަނޑަށް އަރާ ކޮންމެ ފަހަރަކު ނުބުނޭ ހެޓްރިކެއް ހަދާނަމޭ ތަށީހޯދާނަމެ. ތިމަންނައަކީ އެންމެ މޮޅުމީހާއޭ. އަޅުގާޑުމެން އެމީހާ މާ ފަސޭހަކަމާއެކު ލަނޑު ޖަހަން ހެދީމަ އެންމެ މޮޅުމީހާއަށް ހެދީ. މިއަދު އެސޮރު ފުޓްބޯޅައިގެ މިންގަޑުން ބަލާއިރު ކާފައަކަށްވެ މުސްކުޅިވީމަ ނަފުރަތު ކުރަނީ އަސްލު އޭނަ މިހިސާބަށް އައީ ކޮންފަދަ ހާލެއްގައި ކަންނޭގޭތީ. ޓެޑްރީމެން ކަހަލަ މީހަކު އޭނަގެ ވާހަކަ ފިލްމެއްގެ ސިފައިގައި ގެނެސްދީފިއްޔާ ރަގަޅު. އަދުގެ ޒުވާނުނަނަށް ފަހަރެއްގަ އިބުރަތަކަށްވެސް ވެދާނެ.
ހައްވަ
18 April 2018
ސުވާލަކީ ސެޕްޓެމްބަރ ތިހިސާބަށް ދާއިރު ގައުމު އޮންނާނީ ކިހިނެއްބާއޭ؟؟
ދޫނި
18 April 2018
އަސްފާގު ތީ ހަލާކޭ ކަލޭ ދައްކާ ވާހަކަ ގަބޫލު ކުރާނެ މީހަކު ނުވާނެ ޖޭވިޔަސް ބޮޑުވަރު
ބާބޫ
18 April 2018
އިންޝާﷲ މިހާރުގެ ގަޓު، ހިތްވަރުގަދަ ސިންގާއެއްފަދަ ކޯޗާ އެކު މިކަން ވާނެ. ކޯޗާ ޖައްސާލައިގެން އުޅޭ ދިވެހި ރޯނު އެދުރުން މިވަގުތައް އެއްފަރާތްވެލުމަށް ގޮވާލަން.
ބާބީ
18 April 2018
އޫ އޫ. މަސަށް ހީވަނީ މުބާރާތް ފެސުމުގެ ކުރުން ކޯޗު ދުއްވާލާނެ ހެން
ބާބާ
18 April 2018
ރާއްޖެއަށް ތިކަންވާން އޮތީ ކުޅުން ތެރިންގެ ފިޓްނަސް ރަގަޅުވެގެން. އެކަން ރަގަޅުވާނެ ގޮތެއް ނެތް ލީގުގަ ކުޅޭ %90 ޓީމުތަކުގެ ފެންވަރު ދަށްކަމުން. ނިއުރޭޑިއަންޓް ކަހަލަ ޓީމުތަކަށް މާބޮޑު ދަލެއް ނުހިއްލާ ގިނަޓީމުތަ ބަލިކުރޭވޭނެ. އެހެންވުމާއެކު ގިނަ ކުޅުންތެރިން އެމީހުންގެ ފުލް ކެޕޭސިޓީގަ ނުކުޅޭ. ނުކުޅުނަސް އެބަ މޮޅުވޭ. އެއާއެކު ޕްރެކްޓިހުގަވެސް ސްޓްރެޗިން އެންޑްއަރެންސް ދުވުން އެހާ ރަގަޅަކަށް ނުޖައްސާ. ކުލަބް ކޯޗުންވެސް މާބޮޑު ފަރުވާލެއް ބަހައްޓާކަމެއްނުން އެއީ
ސުބްރަތާ ޕޯލް
18 April 2018
މިފަހަރު ސެމީގައި އިންޑިއާ އަތުން ބަލިނުވާނެކަން ޔަގީންވީ ދޯ. (ގްރޫޕްގައި ނޫނީ ފައިނަލްގައި މިފަހަރު ބަލިވާނީ)
އުރުބަނީ
18 April 2018
ރާއްޖެ މިވީހާ ތަނަށްވެސް ސާފްގެ ފައިނަލްއަށް ދަތުރުކޮށްފަ ވަނީ އިންޑިޔާ އާ އެއް ގްރޫޕް އަކަށްގޮސްގެން...ސެމީގަ މުޅިންވެސް މެޅިފަހުރީ އިންޑިޔާ އަތުން...ސޯ މިފަހަރު ފައިނަލްއަށް ދެވޭނެ އިންޝާﷲ
ބިސް
18 April 2018
2003 ވަނަ އަހަރު އިންޑިއާ އޮތީ އެހެން ގުރޫޕެއްގަ އަދި އެމީހުން ސެމީގަ ވެސް ކުޅުނު އަދި ރާއްޖެވެސް ކުޅުނު އެކަމަކު ކުޅުނީ ޕާކިސްތާންއާ