17 ޖުލައި 2018 - 23:48
ފުރަތަމަ ހާފުގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާ އެކު ށ. ފޯކައިދޫ އަތުން 1-0 އިން މޮޅުވެ ޗެމްޕިއަން ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.
އެ މަގާމް އަލުން ނިއު އިން ހޯދީ 10 ޕޮއިންޓާއި ފައިދާ ލަނޑާ އެކު އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ކްލަބް ގްރީންސްޓްރީޓްސް އޮތީ ތިން ވަނައިގަ އެވެ. އެއް ވަނަ މަގާމުގައި އޮތީ 12 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބެވެ. ފޯކައިދޫ އޮތީ ދެ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މެޗު ފަށައިގެން ނިއުގެ އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް ފޯކައިދޫ އިން ދިޔައީ ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅެ ނިއު އަށް އުނދަގޫކުރަމުންނެވެ. ނިއު އަށް އެޓޭކް އުފައްދާނެ ޖާގަތައް އެ ޓީމުން ބަންދުކުރި ނަމަވެސް ލިބުނު ފުރަތަމަ ހުސް ފުރުސަތުގައި ސެންޓޭ ވަނީ 24 ވަނަ މިނެޓުގައި ނިއު އަށް ލީޑު ނަގައިދީފަ އެވެ. ފަހަރުން ފޯކައިދޫގެ ކުޅުންތެރިއަކު ޖައްސާލި ބޯޅައެއް ރެފްރީގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ލިބުނީ ނިއުގެ އާމިރް ގުރުބާނީ އަށެވެ. އޭނާ ކުރިއަށް ދިން ބޯޅަ ފޯކައިދޫގެ ޑިފެންޑަރު ފަހުދު އަބްދުﷲ ހާފުގެ މެދުތެރެއިން ދިފާއުކުރަން ޖެހުމުން ލިބުނީ ސެންޓޭ އަށެވެ. އޭނާ ވަނީ އެ ބޯޅަ ހިފައިގެން ކުރިއަށް ޖެހި އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ޖަހައި ގޯލަށް ވައްދާލައިފަ އެވެ.
މި ހާފުގައި ފޯކައިދޫން އެންމެ ރަނގަޅު ފުުރުސަތެއް ލިބުނީ މުސްތަފާ މަހުމޫދަށެވެ. ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) ކައިރިން ނައްޓާލާފައި އޭނާ ގޯލަށް ފޮނުވާލި ބާރު ޝޮޓް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) މުޅިން ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ އޭނާ ގޯލަށް ޖެހުމުން ފޯކައިދޫގެ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް މަތަކުރި އެވެ. އޭރު އެ ބޯޅައަށް މުޅިން ހުހަށް އަރާ ދެ ކުޅުންތެރިން ނިއުގެ އޭރިއާ ތެރޭ ތިއްބެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ފޯކައިދޫގެ ހަލީލް ޖަމާލަށް ފުލުފުލުގައި ދެ ފުރުސަތެއް ލިބުނެވެ. ނިއުގެ ޑިފެންޑަރު އަކްރަމް އަބްދުލްގަނީ އަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ހަލީލަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ދެ ބޯޅަ ވެސް ގޯލާ އަމާޒެއް ނުކުރެވުނެވެ.
މެޗުގެ ފަހުބައިގައި ފޯކައިދޫން ކުރިއަށް ޖެހުނުއިރު ކައުންޓާ އެޓޭކުގައި ލަނޑު ޖަހާނެ ހަތަރު ފުރުސަތު ލިބި ބޭކާރުވި އެވެ. އެންމެ ފުރަތަމަ 66 ވަނަ މިނެޓުގައި ސެންޓޭ ދިން ބޯޅައެއް ނިއުގެ ކިޕްސަން އަތުހިއޭ ބާރު ބާރަށް ގޯލަށް އަމާޒުކޮށްލި ނަމަވެސް ފޯކައިދޫގެ ކީޕަރު މާ ހުށިޔާރެވެ. އޭގެ ފަހުން 77 ވަނަ މިނެޓުގައި އަރިމަތިން ސެންޓޭ ކުރިއަށް ހުރަސްކުރި ބޯޅަ މުހައްމަދު އުމެއިރު އެކަނިމާއެކަނި ހުރެ ގޯލަށް ޖެހުމުން ކީޕަރު ދިފާއުކުރިއިރު އެ ބޯޅަ ދެ ވަނަ ފަހަރަށް އިބްރާހިމް އަތީގް ހަސަން ޖެހުމުން ދިޔައީ ބޭރަށެވެ.
އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅަ ވެސް ކީޕަރު ނެގިއިރު ރިހާމް އަބްދުލްގަނީ (ބޮބީ) މުޅިން ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ އޭނާ ޖެހުމުން ވެސް ކީޕަރު ސަލާމަތްކުރި އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ އޭނާގެ ޓީމަށް ވުރެ މެޗާ މެދު ބޮޑަށް ސީރިއަސްވެފައި އޮތީ ފޯކައިދޫ ޓީމުން ކަމަށާއި އެ ޓީމުން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ.
"ވެދާނެ އަހަރެމެންނަށް ފަސޭހަކޮށްލެވުނީ ކަމަށް. ވަރަށް އުނދަގޫ ޓީމަކާ ދެކޮޅަށް މި ކުޅުނީ. މިރޭގެ މެޗުން މޮޅުވުމުގައި އަހަރެމެންގެ މެދުތެރެ އާއި ޑިފެންސުން ކުރި މަސައްކަތް ފާހަގަކުރެވޭ،" އޮސްކާ ބުންޏެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ އޭނާގެ ޓީމުން ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރި ކަމަށާއި މައްސަލައަކަށް ވެގެންދިޔައީ ހަމައެކަނި ނިންމާނުލެވުން ކަމަށެވެ. އަދި ނިއުގެ ގޯލަކީ ވެސް ފޯކައިދޫ ޓީމަށް ހެދުނު ގޯހަކުން ވަން ލަނޑެއްކަން ވެސް އޭނާ ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
21 July 2018
ރެފްރީ ދޯ އެސިސްޓް މިކުރީ؟
ރަދީފް ފްރެންޑް
19 July 2018
ދަގޭ ޓީސީއަށް ދިޔައީ ބަޔަކު އެފް.އޭ.އެމް ތެރޭން ހިލުވި ހިލުންގަނޑެއްގެ ތެރެއިން، ދަގޭއަށް މުސާރަ ދެނީ ސީދާ ނިއުރޭޑިއަންޓް މެނޭޖްމަންޓަކުންނޫން، ދަގޭ ނިއުގަ ހުރި އިރު އޭނަގެ މުސާރަ ހަމަޖައްސަމުން އައީ ސްޕޮންސަރެއް، އެ ސްޕޮންސަރ މެދުވެރިކޮށް ދަގޭއަށް މުސާރަ ދިނުމުގައި ޑިލޭތަކެއް އުޅޭތީ އެކަމަގެ ޝަކުވާ ނިއުގެ ޗެއާމަނާ ހަމައަށް ދިއުމުން ސީދާ ޗެއާމަންގެ އަމިއްލަ ޖީބުން ޚަރަދު ކޮށްގެން އެކަން ހަމަޖައްސާނެކަމަށް ދަގޭކާރީގަ ބުނެބުނެ އޮއްވާ ބަޔަކު އަޑީގަ ތިބެގެން ދަގޭ ލައްވާ އެފް.އޭ.އެމް އަށް ސިޓީ ފޮނުވީ، އެފް.އޭ.އެމް އަށް ސިޓީ ލުމަށްފަހުވެސް ދަގޭ ވިސްނުން ބަދަލުކޮށް ނިއުގަ މަޑުކުރަން ބޭނުންވި އެކަމަކު އޭރުނިއުގެ ބޯޑުން ވަނީ ދަގޭ އިތުރަށް ޓީމުގަ ބަހައްޓަން ބޭނުންނުވާ ކަމަށް ނިންމައި މިހާރު ނިއުއަށް ކުޅޭ އާމިރް ގުރްބާނީގެ ސޮއި ހޯދާފަ. ގުރްބާނީ ނިއުއަށް ގެންނަން ނިންމުމުން ދަގޭ ޓީސީ އަށް ސޮއިކުރީ ނިއުއަށް ކުޅުނު އަގަށްވުރެ މާ ހެޔޮކޮށް. މުސާރަ ނުދޭނަމަ ނިއު ދޫކޮށް ދާންވީ ދަގޭ އެކަނިތަ؟
ކޫލް
19 July 2018
7 މަސް ވީމަ ބޮޑުވަރު އެއްމެ ފަހަރަކުވެސް މުސާދިންނަމަ ރަނގަޅު ތިހެންބުނަން
ރަދީފް ފްރެންޑްގެ ބެސްޓް ފްރެންޑް
19 July 2018
ބަލަ ކޮޔާ، އަޝްފާގު ކޮންޓްރެކްޓް އޮތީ ނިއުއާ އެކު ހަދާފަ. ކޮންޓްރެކްޓަކު ނެތޭ ސްޕޮންސަރުން އަތުން ލިބުނީމަ ދޭނެ ވާހަަކައެއް.
ބޮޑުވަރު
21 July 2018
އަނގައިން ދެރަނުވާތި. މެޗުލަސްކުރީވެސް މޮޅުޓީމުން ގަޔަށްބޮލަށްއެރީވެސް މޮޅުޓީމުން ރެފްރީފަހާދުވީވެސް މޮޅުޓީމުން
ރަދީފް ފްރެންޑް
19 July 2018
ފުޓުބޯޅަ ކުޅެވޭނީ ފުޓުބޯޅަ ކުޅެން އެނގޭވަރު މީހުންނާ އެއްކޮށް، ފުރަތަމަ ކަށިގަނޑާހަމައިން ފެށިގެން މެޗް ލަސްކުރަން އެއްވެސް ކަމަކާނުލާ ވެއްޓި އާޓު ދައްކާ ވަގުތު ދުއްވާލާ ރެފްރީ ފަހާދުވާ ޓީމަކާ ދެކޮޅަށް ފުޓުބޯޅަ ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް، ދުނިޔޭގެ އެހެން ތަންތާގަ އަލަށް ޕްރޮމޯޓްވާ އާދައިގެ ކުދި ޓީމުތަކުން ލީގަށް ވާދަކުރާ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭގޮތް މިނިވަން 50 މެދުވެރިކޮށް ދިވެހި ލީގަށް އައިއްސަ އުޅޭ ޓީމުތަކުން ދަސްކުރަންވެއްޖެ ނޫންތޯ؟ ފޯކައިދޫ ޓީމުގެ ކޯޗާ ކުޅުންތެރިން ބޭރު ގައުމުތަކުގެ ކުރިއަރާފަވާ ފުޓުބޯޅަ ނުބަލަނީ ތޯއްޗެ. ފޯކައިދޫއިން ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރީ މެޗް ލަސްކޮށް ކަމަކާނުލާ ކުޅުންތެރިން ދަނޑުމަތީ އޮށޯވެ ރެފްރީ ފަހާ ދުވުމަށް، މިމެޗްގަ އެމީހުންނަށް މައްސަލައަކަށް ވެގެންދިޔައީ އިސްވެދެންނެވުނުފަދަ ޗަރުކޭސް ދަށްކަން ރެފްރީ ފުރުޞަތު ދިންކަމާ ފޯކައިދޫ ޓީމުގެ 11ނަމްބަރ އަދި ގޯލް ކީޕަރު އެކަނި ފުޓުބޯޅަ ކުޅެން އުޅުނުކަން. ނިޝްތާރު އަދި ފޯކައިދޫ ޓީމުގެ ލަދުކޮބާ
އާރީ
18 July 2018
ޓީސީ އަކީ މާމޮޅުބައެއް ނޫން ރެފްރީއަށް ހަޅޭލަވާގެން ގިނަ ފަހަރު މޮޅުވަނި. ނިއު އައި ޖެހޭ ދުވަހު ސައިޒް ކޮށްލާނަށް
އާރި
19 July 2018
އަލްހަމްދުލިއްލާހި މޮޅުނޫކަމެއް ނޭންގޭ މިހާރުވެސް ޅީގުގެ އެއްމެ ކުރީގަ އޮތީ އިންޝާ އައްލާހު މޮޅުވާނެ
ހަހަ
18 July 2018
ހަހަ ކަލޭތީ މާ ފުޓުބޯޅަ އިގޭ މީހެއް ތަ
ހަހަ
18 July 2018
ނޫނޭ މަށަކަށް ހަމަ އެކައްޗެއްވެސް ނޭނގެ.
ކޫލް
18 July 2018
ހަހަ ބުނެލަން އޮތީ ނިކަން ހާމަކޮއްބަލާށޭ އަދިވެސް ނުދޭ އެއްމެލާރިއެއްވެސް
ދަކިންގ
18 July 2018
ޢަސްލު ހާމަވެގެންމިދަނީ ފުޓްބޯޅަ ކުޅެވޭނީ ހަމައެކަނި މާލޭ ބޭފުޅުންނަށް ނޫންކަން. ޢަތޮޅުތެރޭގަިވެސް ހުނަރުވެރި ކުޅުންތެރިން އެބަތިބިކަން. ބޮޑެތި ކުލަބުތަކަށް ކުރާ ހޭދަ ޔާއި ފޯރުކޮށްދޭ ވަސީލަތްތައް އަތޮޅުތެރޭން އަންނަ ޓީމްތަކަށް ލިބޭދުވަސް އެއީ މާ މާލެވެގަނެގެން ޢުޅޭމީހުން ސައިޒަށް ކަނޑާލާނެދުވަސް. ޢެފް.އޭ.އެމް އިން މިކަމަށް ވިސްނާނެކަމަށް އުއްމީދުކުރަން. މި ނަތީޖާ މާލޭ ބޭފުޅުންނަށް ހަޖަމެއްނުވާނެ. ޚާއްސަކޮށް ސުޒޭން މެންކަހަލަ ރޯނު އެދުރުންނަށް
ރަވީ
18 July 2018
ނިއު ހަމަ ކިރިއަ ކިރިއާ ދޯ
ކޭންް
18 July 2018
ހާމަވެގެން މިދަނީ ރަސްގެފާނު ކަމަށް ދައުވާކުރާ ޓީމަކީވެސް ދަނގަޑޭ އާ ނުލާ އެއްވެސް ބައެއްނޫން ކަން، ނިއުއިން ދަގޭ އަދި އަމީރީއަށް ކަންތައްކުރި ގޮތުން ނިއުއަށް ދެން ދުވަހަކުވެސް ތާއީދެއްނުކުރާނަން، އިންޝާﷲ ޓީސީ އާ ޖެހޭދުވަހު ނިއު ސައިޒްވެފަ ވާ މިންވަރު ހާމަވާނެ
ހަަހަ
18 July 2018
ކަލޭ ކޮން ޖޭއެއްވާކަށް. ދަގޭވެސް ދިޔައީ ދަގޭއަށް މާމޮޅުތަކެއްލިބި ކޮންމެހެން ދާން މަޖުބޫރުވެގެން. އަމީރީއާ ދަގޭއާ ބޭރުމެޗްތަކުގާ ކަންކުރިގޮތް އަދި ފަހުން ހާމަވާނެ.
ކޭންް
18 July 2018
ހަހަ ނަމުގަ ކޮންމެންޓްކުރި ފަރާތް ކިތަންމެ ކަޑަވިނަމަވެސް ޓީސީ އާ ޖެހޭދުވަހު ނިއުރޭޑިއަންޓް އުލު ބައިންދާނަމެވެ. ނިއު އަށް ސަޕޯޓްކުރާ މަދު ފަރާތްތަކުން މި ކޮމެންޓް ސުކްރީން ޝޮޓް ނަގާފަ ސޭވްކޮށްލާ
ރަދީފް ފްރެންޑް
18 July 2018
ކޭން ބުރާންޗާ ޓީސީ އަށް މަދުބަޔަކު ސަޕޯޓްކުރިޔަސް ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އެންމެ ކާމިޔާބު ކުލަބް، އަދި ނިއުގެ ސަޕޯޓަރުން ޔޫރަޕާ އޭސިއާ އަދި އެފްރިކާ ގައުމުތަކުގަވެސް އުޅޭ. ނިއު އަކީ ކިންގް އޮފް މޯލްޑިވިއަން ފްޓްބޯލް
ހަަހަ
19 July 2018
ކޭން. ކީތްކުރަން ނަގާ ސްކްރީން ޝޮޓެއް. އެނގިއްޖޭ ކޭން ތިހެން ބުނިކަން. އަހަރެންނަށްވެސް އެނގެޔޭ ޓީސީއަތުން ނިއު ބަލިވެދާނެކަން. އަދި ނިއުއަތުން ޓީސީވެސް ބަލިވުމަކީ ނުވާނޭ ކަމެކޭ ބުނާކަށް ނެތިން. އެކަމު އަހަރެންގެ ހުރިހާވެސް އުންމީދަކީ ޓީސީ މެޗުންވެސް ނިއުއަށް ކާމިޔާބުލިބުން. އެދޭއެދުން ދޯ ބުނަމުން މިދަނީ.