ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ޔާމްބެ، އައްޒާމް އަދި މިފްދާދު ބާކީކޮށް ޓީމު ކޭމްޕަށް

މޫސާ ޔާމީން (ކ) އާއި އައްޒާމް އަބްދުﷲ (އެޑޫ): މި ދެ ކުޅުންތެރިން ވަނީ ސްކޮޑުން ބާކީކޮށްފައި.--

ސާފް ސުޒުކީ ކަޕަށް ނެގި ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބްގެ ޒުވާން ކުޅުންތެރިއާ އައްޒާމް އަބްދުުﷲ (އެޑޫ) އާއި މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އަދި އީގަލްސްގެ ޒުވާން ގޯލްކީޕަރު މިފްދާދު އަހުމަދު ބާކީކޮށް 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ގައުމީ ފުޓްބޯޅަ ޓީމު މިއަދު ގަތަރަށް ޓްރެއިނިން ކޭމްޕަކަށް ފުރައިފި އެވެ.

މިިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު އައްޒާމް އަންނަނީ މި ސީޒަނުގައި ޓީސީ އަށް ބަދަލުވެ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބައެއް މެޗުތަކެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅެނެވެ. އޭނާ އަކީ މިިދިޔަ އަހަރު 19 އަހަރުން ދަށުގެ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓާ ސެގާޓް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ދެ މެޗަށް ނެގި ސްކޮޑުގައި އައްޒާމް ހިމެނުނެވެ.

މެދުކެނޑުމަކަށް ފަހު ގައުމީ ޓީމުން ފުރުސަތު ހޯދި ޔާމްބެ މި އަހަރު އަންނަނީ މާޒިޔާގެ ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ. އޭނާ އަށް މި ފަހަރު ޓީމުން ފުރުސަތު ލިބުނުއިރު، މީގެ ކުރިން އޭނާ އަކީ ޓީމުގައި ގަވައިދުން ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ އަށް ކުޅުމުގެ ފުރުސަތު އެންމެ ގިނައިން ލިބުނީ 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގަ އެވެ.

އީގަލްސް ޓީމުގެ ދެ ވަނަ ކީޕަރު މިފްދާދު މި ސީޒަނުގައި ވަނީ އެ ޓީމަށް މެޗެއް ކުޅެފަ އެވެ. މިއީ އޭނާ ގައުމީ ޓީމުގެ ސްކޮޑެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އޭނާ އަށް ޓީމުން ފުރުސަތު ލިބުމުން ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި އެވެ. އަދި މި ފަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ނަދީމް (ރިކޫ) އަށް 30 ކުޅުންތެރިންގެ ސްކޮޑުން ވެސް ޖާގަ ނުލިބެ އެވެ.

މި ފަހަރުގެ ސާފަށް ނެގި ސްކޮޑުގައި ހިމެނޭ ތިން ކީޕަރުންނަކީ ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަލް އާއި މާޒިޔާގެ ހުސެއިން ޝަރީފް އަދި ޔުނައިޓެޑް ވިކްޓަރީގެ ހަސަން ތޮލާލް (ޓޮޕްލަކް) އެވެ.

މި ވަގުތު އެންމެ ރަނގަޅު ފޯމުގައި ހުރި އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ސްކޮޑުގައި ނުހިމެނެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދިން އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށް ގައުމީ ކޯޗު ބުނި ނަމަވެސް އޭނާއާ އެއް އުމުރެއްގައި ކުޅުންތެރިންތަކަށް ފުރުސަތު ދިނެވެ. ދަގަނޑޭ ވަނީ މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުން ކަމަށާއި އެކަމަކު ކޯޗުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށް ބުނެފަ އެވެ.

މަހެއްހާ ދުވަހު ގައުމީ ޓީމު ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް ފަހު ސާފް ސުޒުކީ ކަޕް ކުޅެން 20 ކުޅުންތެރިންގެ ސްކޮޑަކާ އެކު ގައުމީ ޓީމު ބަންގްލަދޭޝް އަށް ދާނީ އަންނަ މަހު ދެ ވަނަ ދުވަހު އެވެ. ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރާއިރު އެ ގައުމުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގައި އޮންނަ ސާްފް ސުޒުކީ ކަޕްގައި ރާއްޖެ އޮތީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ. އިންޑިއާ އިން މުބާރާތަށް ފޮނުވަނީ 23 އަހަރުން ދަށުގެ ޓީމެވެ.

ޓްރެއިނިން ކޭމްޕްގައި ބައިވެރިވާ ސްކޮޑް:

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަކްރަމް އަބްދުލްގަނީ، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، ރިހާމް އަބްދުލްގަނީ (ބޮބީ).

މާޒިޔާ: މުހައްމަދު މުޖުތާޒް (މުޖޭ)، ހުސެއިން ޝަރީފް، އަލީ ސަމޫހު (ސަމުއްޓެ)، މުހައްމަދު އިރުފާން، އަސަދުﷲ އަބްދުﷲ، ހަސަން ނާއިޒް (ދާދު)، އަހުމަދު އިމާޒް (އާއްކޮ)

އީގަލްސް: ހުސެއިން ސިފާއު ޔޫސުފް، މުހައްމަދު ނާއިމް، އަހުމަދު ނޫމާން، މުހައްމަދު އާރިފް (ބަކާ)، ހަސަން ރާއިފް އަހުމަދު (ހަންނަ)

ޓީސީ: އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް، މުހައްމަދު ސާމިރު

ވިކްޓަރީ: ހުސެއިން ނިހާން،

ޔުނައިޓެޑް ވިކްޓަރީ: ހަސަން ތޮލާލް،

ގްރީންސްޓްރީޓްސް: މުހައްމަދު ސާއިފް، އަބްދުﷲ ޔާމީން، މުހައްމަދު ސަމްދޫހު.

1 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 7%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިނީ

06 August 2018

އިންޑިޔާއިން ފޮނުވަނީ 23 އަހަރުގެ އިސްކޮޑް އެއީ މިހާރަށް ބަލާނަމަ ގައުމީ ޓީމްގެ އުމުރަކީ ވޯލްޑް ކަޕްގެވެސް ގިނަ ޓީމްތަކުގެ އުމުރު 25 ވީމަ ރިޓަަޔާ ކުރަންވީ ފުޓްބޯލްގައި އެއީ މުސްކުޅިން ދޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454