ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަކުރަމް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 އޯގަސްޓް 2018 - 13:14
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުވަމުން އަންނަ ކަމަށް ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.
އަންނަ މަހު 4-15 އިން ބަންގްލަދޭޝްގެ ޑާކާގައި އޮންނަ ސާފް ސުޒުކީ ކަޕަށް ރާއްޖޭން ނެގި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ އަނިޔާގައި ހުރި ނަމަވެސް އަކްރަމް ނެގީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނާ ޓީމުގައި ބަހައްޓަން ބޭނުންވާތީ އާއި މުބާރާތުގައި އޭނާ އަށް ކުޅެވޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށެވެ.
ސާފްގެ ކުރިން ގައުމީ ޓީމު 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ގަތަރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަތާ ހަތަރު ވަނަ ދުވަހަށް ފަހު މިއަދު މީޑިއާ އަށް ސެގާޓް ދިން ބަޔާނެއްގައި ބުނެފައިވަނީ އަކްރަމްގެ ރިކަވަރީ ރަނގަޅު ކަމަށެވެ.
"އަކުރަމް އާއި މުޖޭ (މުޖުތާޒް މުހައްމަދު) މި ކޮޅަށް އައިއިރު އަނިޔާގައި ތިބީ. އެކަމަކު ކްރުނިޗް (ގައުމީ ޓީމުގެ ޓްރެއިނަރު) ގެ ބެލުމުގެ ދަށުން އެ މީހުންގެ ކަންތައްތައް ދަނީ ރަނގަޅަށް. ކީޕަރު ތޮލާލްގެ ވެސް އަނިޔާގެ މައްސަލައެއް އުޅޭ. ތިން ވަރަކަށް ދުވަހު ރެސްޓް ކޮށްލަނިކޮށް އޭނާ އަށް ވެސް ޕްރެކްޓިހުގައި ބައިވެރިވެވޭނެ،" ސެގާޓް ބުންޏެވެ.
އޭނާ ބުނީ ޓްރެއިނިންގެ އިންތިޒާމްތައް ގަތަރު ފެޑެރޭޝަނުން ހަމަޖައްސައިދީފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަށްޓަަކައި ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
ގައުމީ ޓީމު ގަތަރަށް ފުރުމުގެ ކުރިން ގައުމީ ކެޕްޓަން އަކުރަމްގެ އިންޓަވިއުއެއް ހޯދަން މީޑިއާ އިން މަސައްކަތްކުރި ނަމަވެސް އެ ދުވަހު ސެގާޓް އެ ފުރުސަތެއް ނުދިނެވެ.
އަކްރަމްގެ ކަކުލުގެ މެނިސްކަސް އަށް އަނިޔާވީ މިދިޔަ މަހުގެ ތެރޭގައި އޭނާގެ ކްލަބް ނިއު ރޭޑިއަންޓަށް ކުޅެމުން ދަނިކޮށެވެ. އޭނާ އަށް ލިބުނު އަނިޔާއިން ސަލާމަތްވާން ގާތްގަނޑަކަށް ހަ ހަފްތާ ވަރު ނަގާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު އޭނާގެ ރިކަވަރީގެ ކަންތައްތައް ކުރިއަށްދާ ގޮތުން އެ އަށް ވުރެން އަވަހަށް އޭނާ ފިޓްވުމުގެ ފުރުސަތު އެބައޮތެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ގަތަރާ އެކު ކުޅުނު މެޗަށް ފަހު އަކްރަމް އަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ޖޫން މަހުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގައުމީ ޓީމުގައި ގަވައިދުން ހިމެނި ފުރަތަމަ އެގާރައިގައި ވެސް ކުޅެމުންނެވެ. އެންމެ ފަހުން އިންޑިއާގެ ޓްރިވެންޑްރަމްގައި އޮތް ސާފް ސުޒުކީ ކަޕްގައި އަކްރަމް ނުކުޅެ އެވެ.
އުމުރުން 31 އަހަރުގެ އަކްރަމް އަކީ މުހައްމަދު އާރިފް (ބަކާ) އަށް ފަހު ގައުމީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާ އެވެ. ޑިފެންސާއި މެދުތެރެއަށް ވެސް ކުޅެވޭ އަކްރަމް އަކީ ފުރިހަމަ ލީޑަރެއް ކަމަށް މީގެ ކުރިން ސެގާޓް ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ. އިންޑިއާ އިން މި މުބާރާތަށް ފޮނުވަނީ 23 އަހަރުން ދަށުގެ ޓީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޝާން
13 August 2018
ހަމަ ބަލި ވާނީ
ގުއަލަމް
26 August 2018
އަޝްފާޤްގެ ޑިސިޕްލިން އެއްވެސް މައްސަލައެއް ކަލޭ ދައްކަބަލަ، އަޝްފާޤް ޓީމަށް ނުނެގީ ޑިސިޕްލިން މައްސަލައަކާހެދި ކަމަށްވަންޏާ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ނަގާފަތިބި އެހެން އެއްވެސް ކުޅުންތެރިއެއްގެވެސް ޑިސްޕްލިންއެއް ނެތް. މިހާރު ޓީމަށް ނަގާފަތިބި ހުރިހާޅުންތެރިންނަށްވުރެ އަޝްފާޤް ޑިސިޕްލިންވެފަ މާ ޕްރޮފެޝަނަލްކަން މާރަނގަޅު ޖޭވިއަސް ތީ ބޮދުވަރު ސަވީދު ސާންތި ބައްސާމް އައް ވަރައް ސަލާން
ބޯގަންވިލާ
12 August 2018
ފިތް ވަމުން އަންނަ މީހުން ތަ ޓީމައް ނަގަނީ ، ފިޓް މީހުން ތިއްބަ
ނޫން
13 August 2018
ހާދަ މުސްކުޅިވެއްޖޭ އަކުރަމް
ޞަސް
12 August 2018
ދަގަނޑޭ ނުނަގަނީ މުސްކުޅި ވީމަ އަކްރަމް ނަގަނީ ކުޅެވިދާނެ ކަމަށް ކޯޗައް ވ ރަނގަޅު ފިލާވަލެއް ދަސްކޮއްދީފަ ތޯއްޗެ!!!!!
ބާބާ
11 August 2018
މެނިސްކަސް އިންޖަރީއެއްގަ ފިޓްވަމުން އަންނަ މީހަކަށް ދެތިން ހަފުތާތެރޭ ފަށާ މުބާރާތަކަށް އެންމެ ރަގަޅު ކުޅުމެއް ދެއްކޭނެ ހެނެއް ހީއެއްނުވޭ. ކޮންމެ ހާލެއްގައިވެސް ކެޕްޓަން ލައްވާ ކުޅުވަން ބޭނުންނަމަ ތީ ނަގާ ރިސްކެއް.