ގައުމީ މުބާރާތުގެ ފައިނަލަށް ފަހު ހުޒާންޓެ (ކ)، ބުޅިކެ (މ) އަދި ޕާޓޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ނޮވެމްބަރ 2018 - 10:14
ވ. އަތޮޅަކީ ވޮލީ އަށް މަޝްހޫރު އަތޮޅެކެވެ. އާބާދީ މަދުވިޔަސް އަތޮޅުން ގައުމީ ފެންވަރުގެ ގިނަ ވޮލީ ކުޅުންތެރިން ނެރެދީފި އެވެ. ގައުމީ ޓީމުގައި މި ވަގުތުގައި ވެސް ވ އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން ހާއްސަވާ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ ވ. ފެލިދޫ އަށް އުފަން އެއްބަނޑު އެއްބަފާ ތިން ބެއިން ކަމަށްވާ އަލީ ހުޒާމް (ހުޒާންޓެ)، ހުސެއިން ވިޝާމް (ބުޅިކެ) އަދި ހަސަން ނިލާމް (ޕާޓޭ) އެވެ. މި އަހަރަކީ މި ތިންބެއިންނަށް ހާއްސަ އަހަރެކެވެ. އެކުގައި ފުރަތަމަ ފަހަރަށް ގައުމީ ތަށި އުފުލާލި އަހަރުކަމަށްވުމުންނެވެެ.
ފެލިދޫގެ ގިނަ ޒުވާނުންނަކީ ވޮލީ އަށް ލޯބި ޖެހިފައިވާ ބައެއްކެވެ. ރައްޓެހިންގެ މެދުގައި މަޖަލަށް ވޮލީކުޅޭ މީހުންނާއި ވޮލީން ގައުމީ ފެންވަރަށް ދާން މަސައްކަތް ކުރާ ޒުވާނުން އުޅެ އެވެ. ހުޒާންޓެ، 25، އާއި ބުޅިކެ، 24 އަދި ޕާޓޭ، 23، އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ކުޅިވަރުގައި އުއްމީދުގެ ކުލަވަރު ޖެއްސި ތިން ބެއިންނެވެ.
"ކުޑައިރު ވެސް އެ ތިން ބެއިން ފެންނާނެ އެކުގައި ވޮލީކުޅޭތަން. ރަށުގައި ވިޔަސް އަތޮޅުގައި ވިޔަސް މުބާރާތެއް ކުޅޭއިރު ގިނަ މީހުން ބޭނުންވާނެ އެ ތިން ބެއިންނަށް ވާ ގޮތް ބަލަން. އަބަދު ވެސް އެ ތިން ބެއިން ފާހަގަކޮށްލެވޭނެ." އެ ރަށު މީހަކު "މިހާރަ"ށް ކިޔައިދިނެވެ.
ހުޒާންޓެ އާއި ބުޅިކެ އެންމެ ފުރަތަމަ އައީ 2009 އާއި 2010 ވަނަ އަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތަށެވެ. އެ މުބާރާތުން އެ ދެ ކުޅުންތެރިން ފާހަގަވެގެން ޓީމުތަކުގެ ލޯ އަމާޒުވި އެވެ. އެ ދެބެން ފުރަތަމަ ކުޅުނީ އެސްޓީއޯ ޓީމަކަށެވެ. ހަގީގަތުގައި އެ ދެބެންގެ ފެށުން އައީ ވެސް އޭގެ ތެރެއިންނެވެ.
ގައުމީ ފައިނަލް މެޗުގެ ތެރެއިން ބުޅިކެ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޝްރާ ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހަގީގަތުގައި އޭނަ އަކީ އެންމެ ބޮޑު ބިންގަލެއް އަޅައިދިން މީހަކީ މި ލެވެލަށް އަވަހަށް އަންނަން. އެއީ 2011 ވަނަ އަހަރު އޮތް ސީޝެލްސް މުބާރާތަށްދާން ގައުމީ ޓީމުގެ ސިލެކްޝަން އޮއްވައި އަޝްރާ ކޯޗު ގައުމީ ޓީމަށް ގެންގޮސްދިނީ. އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވަން،" ހުޒާންޓެ ބުންޏެވެ.
ހުޒާންޓެ އާއި ބުޅިކެ އައިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޕާޓޭ ވެސް ވަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅެން ފަށައިފަ އެވެ. އަދި އޭނާ އަށް ވެސް ހީކުރި ވަރަށް ވުރެން އަވަހަށް ގައުމީ ޓީމުން ވެސް ފުރުސަތު ލިބުނެވެ.
މީގެ ކުރިން ހުޒާންޓެ އާއި ބުޅިކެ އަދި ޕާޓޭ ވަނީ އެކުގައި 2016 ވަނަ އަހަރު މޯލްޑިވިއަން ޓީމަށް ކުޅެފަ އެވެ. އެ ފަހަރު އެ ޓީމުން އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތްވ ކާމިޔާބުކުރި ނަމަވެސް އެކަން އެ ތިން ބެއިންނަށް އެންމެ ފުރިހަމަނުވާ ސަބަބެއް އޮތެވެ.
"އެ ފަހަރު ހަގީގަތުގައި ތިން މީހުންނަށް ހާއްސަ ނުވީ ޕާޓޭ ހުރީ ބެންޗުގައި ކަމަށްވާތީ. އަހަންނާއި ބުޅިކެއާ ކުޅުނީ. އެހެންވެ ތިން މީހުންނަށް އެކުގައި އެ ކުޅެގެންވީ އުފަލެއް ނުލިބޭ،" ގައުމީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ހުޒާންޓެ ބުންޏެވެ.
މި ފަހަރު ތިން ބެއިން ފުރަތަމަ ކުޅެން ނިންމީ ވ. އަތޮޅަށް ނިސްބަތްކޮށް ހަދާފައިވާ ސީލައިފް ސްޕޯޓްސް ކްލަބަށެވެ. އެކަމަކު ދިމާވި ކަމެއްގެ ސަބަބުން ސީލައިފް ބައިވެރިނުވެ އެ ޓީމުގެ ހުރިހާ ކުޅުންތެރިން ބަދަލުވީ ޕޮލިސް ކްލަބަށެވެ. މި އަހަރުގެ ފުރަތަަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ޕޮލިސް ވަނީ ސިފައިންގެ ކްލަބް އަތުން ބަލިވެފަ އެވެ.
އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ބަލިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޕޮލިސް ޓީމަށް އަމާޒުވި އެވެ. ހާއްސަކޮށް ތިން ބެއިންނަށެވެ. އެ ފާޑުކިޔުންތަކަށް ތިން ބެއިން ވަނީ އެކުގައި ޖަވާބު ދީފަ އެވެ. ގައުމީ މުބާރާތުގެ ފައިނަލުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ސީދާ ތިން ސެޓުން ސިފައިން އަތުން ޕޮލިސް މޮޅުވިއިރު، ތިން ބެއިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ނަތީޖާ އަކަށްވީ ތިން ބެއިން އެކުގައި ޑްރީމް ޓީމުގައި ހިމެނުމެވެ.
ފައިނަލް މެޗަށް ފަހު ހުޒާންޓެ (ކ) ޖޯޒީ ބޭލުމަށް ފަހު ސަޕޯޓަރުންނަށް ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ބެސްޓް އައުޓްސައިޑް ޕްލޭޔަރުގެ މަގާމު ލިބުނީ ހުޒާންޓެ އަށެވެ. މުބާރާތުގެ އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރަކީ ޕާޓޭ އެވެ. އަދި އެންމެ މޮޅު ސެޓަރަކީ ބުޅިކެ އެވެ.
ފައިނަލް މެޗު ނިމުމާ އެކީ ތިން ބެއިން ވަނީ އެކުގައި ޖޯޒީ ބޭލުމަށް ފަހު ސަޕޯޓަރުންނަށް ދާއްކާލައިފަ އެވެ. ހުޒާންޓެ ބުނީ އެ އުފާފާޅުކުރުމަކީ ފާޑުކިޔުންތަކަށް ދިން ރައްދެއް ކަމަށެވެ.
"އަސްލު ހަގީގަތުގައި އެގޮތަށް އުފާފާޅުކުރީ އަހަރެމެން ތިން މީހުންނަށް ނުވާނެއޭ ބުނެ ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި. ދެން ހިތަށް އެރީ މޮޅުވި ވަގުތު އެ ގޮތަށް އުފާފާޅުކުރާނީއޭ. އެއީ ހަގީގަތުގައި އެކަން ވި ގޮތަކީ،" ފައިނަލުގެ ފަހުން ހުޒާންޓެ ބުންޏެވެ.
އެކުގައި ގައުމީ ތަށި ލިބުނު ކަމުގެ އުފާ މި ފަހަރު އެ ތިން ބެއިންގެ މޫނުމަތިން ފެނުނެވެ. އަދި ކުޑައިރުން ފެށިގެން އެކުގައި ކުޅެމުން އައި ކުޅިވަރުން އަމިއްލަ މަސައްކަތާ އެކު ރާއްޖޭގެ އެންމެ ޝަަރަފްވެރި ތަށި އުފުލާލެވުމުގެ ހިތްހަމަޖެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނާފުއް
06 November 2018
ފްރެންޑޫ ރިސޯޓް މުބާރާތާއި ގައުމީ މުބާރާތް އެއްވަރުތޯ؟ ޤައުމީ މުބާރާތަކީ އެއްމެ ޝަރުފުވެރި މުބާރާތް.މުރާދުގެ ހިޔަނީގައި ބުނިއިރު ޤައުމީ މުބާރާތުގައި ހުޒާންޓެ ދެއްކި ކުޅުން ނުފެނި ހުރިކަމަށް ތިވާނީ. ބުރާދަ އެޓޭކްގަވެސް ބްލޮކްގަވެސް ޑިފެންސްގައިވެސް އެސޮރު ތަފާތު ދެއްކި.އަހަންނަކީ ތިޔަ ހުޒާންޓޭ ކުރިއަކުން ދަންނަ މީހެއް ނޫން މާބޮޑަކަށް.އެކަމު ގައުމީ މުބާރާތުގައި ދެއްކި ކުޅުން ފެނިފައި އެއީ ހަމަ 1 ވަނަކަން އެނގިއްޖެ މިހާރު. ތަފާތު އެސޮރު. ހަމަ މޮޅު.
ބޮޑުވަޒީރު
05 November 2018
ތިޔަ ވިދާޅުވާ ކުޑަކާއްޓޭ އަކީ މޮޅު މީހެއް.. އެކަމަކު ޤައުމީޓީމަށް ނުކުޅޭ ކަމީ ހިތާމަ ހުރި ކަމެއް..މިއަހަރުގެ ވޮލީގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ހުޒާންޓޭ ކަން އޭނަ ސާބިތުކޮށްދީފި.. ހަޖަމް..ބުރޯ ބަލަން ތިބޭތި މި ބުނި އެތި. ޤައުމީ ޓީމުގައިވެސް މުހިއްމު 3 ބެއިން އެއީ. މިހާރު ވޮލީގެ ކުރިމަގަކީ އެ 3 ބެއިން ފަދަ ޅަކުދިން. ރާއްޖޭގައި ވޮލީގެ މުސްތަޣްބަލް އެބައޮތް އެ 3 ބެއިންނާއެކު.. ޕްލީޒު ހަޖަމް
މަންތިރިބެ
05 November 2018
ބަލަ އެންމެ މުބާރާތަކުން ތަށި ލިބުނީމަ މޮޅު ކުޅުންތެރިޔާއަށްވީ؟ މިއަހަރު ދެން ކުޅުނު މުބާރާތްތަކުގެ އެހެން ކުޅުންތެރިން ތިބީ ނިދާފަތޯ؟ ރީސޯޓު ޗެމްޕިއަންޝިޕް ހުޒާމް ނުކުޅެނީތޯ؟ މުރާދުގެ ހިޔަނީގަ ތައްޓެއް ލިބުނީމަ ދެން މޮޅުވީ!
ނުހޭނަން
05 November 2018
މުރާދު ކިޔާ ޕާކިސްތާނު އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ ހުރީ ޕޮލިސް ބެންޗުގަ މެޗު ބަލަން.
އަބްދުލްކަރީމް
05 November 2018
ފެލިދޫގެ ކުޅުންތެރިން ފެލިދުއަށް ތިޔަ ހޯދައިދިނީ ރީތި ނަމެއް. 3 ބެއިންނަކީ އަކީ މިހާރު ރާއްޖޭގެ ވޮލީގެ ފަޚްރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ތިން ބެއިން އެދަނީ ތަފާތު ދައްކަމުންނެވެ. ފެލިދޫގައި މޮޅެތި ވޮލީ ކުޅުންތެރިން އުފެދޭ ކަމުގެ ހެއްކަކީ ޤައުމީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އާރިޒް އަކީވެސް ފެލިދޫ އަށް އުފަން ފެލިދޫ ދަރިޔެކެވެ. ހަޖަމް ނުވިޔަސް ހަޤީގަތަކީ އެ 3 ބެއިން ނަކީ އެމީހުން ކުޅޭ މަޤާމްތަކުގައި މިހާރު ރާއްޖޭގެ 1 ވަނަ އެވެ.
ބޮނެކުއާ
05 November 2018
ވޮލީގެ ފަހުރަކީ ކުޑަ ކާއްޓެ. ހަމަ އެކަނި ރާއްޖޭގަ ހުރި ވޮލީގެ އިންޓަނޭޝަނަލް ސްޕޮންސަރ. ހަޖަމް
ވަރަށްވާހަކަ
05 November 2018
3 ބެއިންނަށް 2018 ވަނަ އަހަރު ރާއްޖޭގަ ބެއްވި މޭޖަރ ވޮލީ މުބާރާތުން ލިބުނީ ރަން 1 މެޑަލް.(ގައުމީ ވޮލީމުބާރާތް) ކަމެއް ކުރެވުނު ކަމަށް ވަނީ ވޮލީ ސީޒަން އެއްކޮއް ނަގައިގެން ނޫނީ ތައްޓެއް މިލްކުކޮއްގެން. ހަބަރު ތަކަށް ނޭރިޔަސް މިބުނި 2 ކަންތައް ކުރި ކުޅުންތެރިން އަދިވެސް ވޮލީ ކުޅޭ. ވަރަށް ސަލާމް
އޯކޭ
05 November 2018
މި ކޮމެންޓް ކުރި ކުއްޖާ އަށް ވެސް ގައުމީ ފައިނަލަށް ފަހު ތިން ބެއިން ޖޯޒީ ދައްކާލި ދޯ. ޕެހެހެ
ހެޕީ
05 November 2018
ރާއްޖޭގަ ވޮލީގަ ޖޯޒީ ދައްކާލި ތައްޓެއް ނަގައިގެން ފުރަތަމަ ލޮންގޭ. އާ ކަމެއް ވެސް ކޮއްލަން ނޭގުނުދޯ؟ އަދި ލޯންގޭއާ ހަމަ ކޮއްލަން ދުވަސްކޮޅެއްނަގާނެ ހިއްވަރުކޮއްލާ
މާކަނާބެ
05 November 2018
ރާއްޖެއިން ބޭރުގަ ނޭޕާލާ ނުނީ ބޫޓާނާ ކުޅުނަސް ދަނީ ޗޮކުން.