17 ޖެނުއަރީ 2019 - 14:17
އަންނަ ސީޒަނުގައި ވެސް ގްރީންސްޓްރީޓްސް އަށް ކޯޗުކޮށްދޭން އަލީ ސުޒޭން ނިންމައިފި އެވެ.
މިދިޔަ ސީޒަނުގައި އެ ޓީމާ ހަވާލުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަސް ވަނަ ހޯދައިދިން ކޯޗު ކޮންޓްރެކްޓް އާކުރިކަން ގްރީންސްޓްރީޓްސް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސުޒޭނަކީ، ޖޫން މަހު ފަށަން ނިންމާފައިވާ އަންނަ ސީޒަނުގައި ކޯޗުކޮށްދޭނެ ޓީމު ނިންމި ފުރަތަމަ ކޯޗެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެ ކްލަބް ދޫކޮށްލާފައިވާއިރު ހަވާލުވާނެ ޓީމެއް އަދި ނޭގެ އެވެ. މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވެސް މަގާމުގައި ހުންނާނެ ކަމެއް ނޭގެ އެވެ.
ވިކްޓްރީ އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ސުޒޭން ކޯޗިން ކެރިއަރު ފެށީ ދެހާހުގެ ކުރީކޮޅު ވިކްޓްރީންނެވެ. އޭނާ ވަނީ އެ ޓީމަށް ދިވެހި ލީގާއި ކަޕް ވިނާސް ކަޕް އަދި ގައުމީ ތަށި ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން މާޒިޔާއާ ހަވާލުވެ އެ ޓީމަށް ލީގާއި އެފްއޭ ކަޕް އަދި ގައުމީ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. ގްރީންސްޓްރީޓްސްއާ މިދިޔަ އަހަރު ހަވާލުވުމުގެ ކުރިން ވިކްޓްރީ އާއި ގދ. ތިނަދޫ ޓީމުގައި ވެސް ދުވަސްކޮޅެއް ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
17 January 2019
ނެތް ޝައުގެ ތީވެސް ޙަބަރެއް؟
ޖޮލީބެ
17 January 2019
ތީ މައްސަލައަކީ. ދެންކީއްވެ ހަޔާތުގެ އަގުބޮޑު 30 ސިކުންތު ބޭކާރު ކަމަކަށް ދުއްވާލީ!
ސަލީމް
17 January 2019
ކިހާ ދެރަ.ބާސެލޯނާއިން އާދޭސް ކޮށްކޮށް ތިއްބާ ސުޒޭން އެސޮއި ކުރީ ގްރީންނަށް
މާޓިން ބަޝީރު
17 January 2019
އަޑުއިވޭ ގޮތުގަ ޓީސީއަށް ލީގު ހޯދައިދީގެން ނިޒާންމްބެގެ އަގު ވަރަށް ބޮޑުތަން މައްޗަށް ޖެހިއްޖެ ކަމަށްވަނީ. ރިއަލް މެޑްރިޑް މެންޗެސްޓާރ ޔުނައިޓެޑް ފަދަ ޓީމުތަކަށް އެކަނިކަމަށް އެފޯޑް ކުރެވޭނީ!
ނަގިއްޔާ
17 January 2019
ސުޒޭނު ވަރަށް މޮޔަ. ކީއްވެތަ ނިޒާމުބެ ހެދި ޗަރުކޭސް ނެހެދީ. ބޮޑު މުސާރަގަޑެއް ލިބުނީސް. އަސްލު ސުޒޭނު ވަރަށް ބަރާބަރު. ސުޒޭނަށް އެގޭ ދިވެހި ފުޓްބޯޅައިގެ ހާލަތު. އެކަމަށް ހުރި ގޮންޖެހުންތަކާ ކުރަން ހުރި ބުރަ މަސައްކަތް. އިގިލި ބިދެފަ ލައްކައިން ދެލައްކައިން އަގުކިއައިގެން ނުވާނެކަން. މަރުހަބާ ސުޒޭން.