16 މާޗް 2019 - 09:57
ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން ތިން ވަނަ ފަހަރަށް އާކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 59.73 ސިކުންތުން ދުވެގެން ހެދި ރެކޯޑް އާކުރީ ހޮންކޮންގުގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ހީޓުގައި 59.18 ސިކުންތުން ދުވެގެންނެވެ. އެކަމަކު ހީޓުގެ ގަދަ ފަހެއްގައި ނުހިމެނުމުން އަނެއް ބުރަށް ދެވޭ ގޮތެއް ނުވި އެވެ.
ކޮމަންވެލްތު ގޭމްސްގައި 2010 ވަނަ އަހަރު 1 މިނެޓު 00:33 ސިކުންތުން ދުވެގެން މިރުފަތު އަހުމަދު ހެދި 400 މީޓަރުގެ ރެކޮޑް ހިމްނާ އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ ޖޫން މަހު އޮތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން އައްޑޫ ސިޓީގައި ހިންގާ ޓްރެއިނިން ސެންޓަރުން ތަމްރީންވި ހިމްނާ އަކީ ރާއްޖޭގެ 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ވެސް އޮންނަ ދުވުންތެރިޔާ އެވެ. އޭނާ މިދިޔަ އަހަރުގެ މޭ މަހު ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތުން ދުވެގެން ހެދި ރެކޯޑް އާކުރީ މިދިޔަ އަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 26.73 ސިކުންތުން ދުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑްގެ ބަފާ
16 March 2019
ދުވުންތެރިން ހާދަ އަންޑާރޭޓެޑްއޭ. އިތުރު އެތްލީޓުންނާ ރަނގަޅު ތަމްރީންތަށް ބޭނުންވޭ ކުރިއަށްދިއުމަށް
ޔޫސޭއިޓް
16 March 2019
ޕްރައުޑް އޮފް ޔޫ
ދަނޑި އަލޫ
16 March 2019
މިފަދަ ޒުވާން ކުދިން މި ދިވެހިރާއްޖެއަށް ބޭނުން ވަނީ. ގައުމު ފަހުރުވެރިވާ އަންހެން ކުދިން. ކޮންގްރޭޓްސް ހިމްނާ
ބާސާ
16 March 2019
މަރުހަބާ ހިމުނާ!♥️