މިސްޓަ މޯލްޑިވްސް ރަޗޭ (ވ-2) އާއި ފެޑެރޭޝަނުގެ ނައިބް ރައީސް އަފްރާ (ވ) އަދި ޝާހީން (ކ) އާއި އޭޑީކޭގެ ޗެއާމަން ނާޝިދާ އެކު.
01 ސެޕްޓެމްބަރ 2016 - 12:34
ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް އިން ހޮވާ މި އަހަރުގެ މިސްޓަ މޯލްޑިވްސްގެ މަގާމް މުހައްމަދު ރަޝީދު (ރަޗޭ) ކާމިޔާބުކޮށްފި އެވެ.
ތަޖުރިބާކާރު ބޮޑީބިލްޑަރު ރަޗޭ ވަނީ މި މުބާރާތް 2007 އަދި 2014 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ މި ފަހަރުގެ ޓައިޓްލް ކާމިޔާބުކުރީ މުހައްމަދު މޫސާ އާއި ޝާހީން އިބްރާހިމް ދީދީއާ ވާދަކޮށްގެންނެވެ.
ރަޗޭ ފައިނަލަށް ހޮވުނީ 75 ކިލޯގެ ކެޓަގަރީގެ އެއް ވަނަ ހޯދައިގެންނެވެ. ޝާހީން އެއް ވަނަ ހޯދީ 65 ކިލޯގެ ކެޓަގަރީންނެވެ. އަދި މުހައްމަދު މޫސާ ފައިނަލުން ފުރުސަތު ހޯދީ 55 ކިލޯގެ ކެޓަގަރީ ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ފިޓްނަސް ފިޒީކް ކެޓަގަރީގެ އެއް ވަނަ ހޯދީ ފާލިހު މުހައްމަދެވެ. އޭނާއާ ވާދަކުރީ އަހުމަދު ސަލީމާއި އިސްމާއިލް ޝުއާއު އަބްދުﷲ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަޢީމް - ކ.ގުރައިދޫ
01 September 2016
އަހަރެން ސަޕޯޓް ކުރަނީ އެލް.ޖޭ އަށް. އެލްޖޭ މައިލަވް. ހަމަ ބޭނުންވަނީ ގިލިގިކޮށްޓާލާފަ ހެއްވާލަން.
މަރީ
01 September 2016
އެލް ޖޭ 3> އައި ލަވް ޔޫ. ޔޫ އާ އޯލްވޭސް މައި މިސްޓަ މޯލްޑިވްސް. #ބީލެޖެންޑް #ބީއެލްޖޭ
ހަލީމް
01 September 2016
ކޮބާތަ އެލްޖޭ ފުލަށް ދޯ ދިޔައީ
މުޙައްމަދު
01 September 2016
އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާކަމެއްވެސް އޭގެ މައްޗަށް ބައްޓަންކުރަން އަންގަވާފައިވާ ދީން. އެހެންވީމާ ތިކަންވެސް އިސްލާމްދީނުގައިވާގޮތަށް ކުރޭ. އޭރުން ވަރަށް ފައްކާވާނެ.
އައްމަޑޭ
01 September 2016
ރަޗޭ އަކީ ބޮޑީބިލްޑިންގ އަށް ވަރަށް ޑެޑިކޭޓަޑް މީހެއް. އުމުރުން 45 އަހަރުގައި އެވަރަށް ހަށިގަނޑު ބައްޓަން ކޮށްލެވޭނީ ވަރަށް ޑިސިޕްލިން ވެގެން.. ސަާބަހޭ ރަޗޭ
ހަމްދާ
01 September 2016
މަ ވަރަށް ލޯބިވޭ ފާލިހުދެކެ!
ދޮން އާމިރު
01 September 2016
ދެން ފާލިހު ހމމމމމމމމމމމމމމމ