ބަކާ (ވ) ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ކުޅެނީ.
08 މެއި 2019 - 12:27
ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކްލަބް އީގަލްސް ދޫކޮށް އަންނަ ސީޒަނުގައި ކްލަބް ގްރީންސްޓްރީޓްސް އަށް ކުޅެން ސޮއިކޮށްފި އެވެ.
ގްރީންސްޓްރީޓްސް އަކީ އާ ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވާ އެއް ޓީމެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމެއިރު އަދި އަސްހަދު އަލީ (އަޑުބަރޭ) ވަނީ އެ ޓީމަށް ގެންގޮސްފަ އެވެ. ކޯޗަކީ މިދިޔަ އަހަރު ވެސް އިރުޝާދުދިން އަލީ ސުޒޭނެވެ.
ބަކާ "މިހާރަ"ށް ބުނީ ގްރީންސްޓްރީޓްސް އަށް ބަދަލުވީ ރަނގަޅު އޮފާއެއް ލިބުމުގެ އިތުރުން ވަރުގަދަ ސްކޮޑެއް އޮވެ އަދި މޮޅު ކޯޗެއް ވެސް ހުރުމާ އެކު ރަނގަޅު ކާމިޔާބަކަށް އުއްމީދުކޮށްގެން ކަމަށެވެ.
"ގްރީންސްޓްރީޓްސްގައި މިއޮތީ ވަރަށް ރަނގަޅު ސްކޮޑެއް. އެހެންވެ އެ ޓީމާ އެކު ކާމިޔާބީތަކެއް ހޯދަން އުއްމީދުކޮށްގެން މިހިރީ،" ބަކާ ބުންޏެވެ.
ރާއްޖޭން 2008 އަދި މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުން ފުރުސަތު ލިބުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބަކާ އަކީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މިޑްފީލްޑަރެކެވެ. އޭނާ ވަނީ މިޔަންމާ ލީގުގައި ވެސް ކުޅެފަ އެވެ.
އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާ ވަނީ ރާއްޖޭގެ މަތީ ފަންތީގެ ހުރިހާ ކްލަބަކަށް ކަހަލަ ގޮތަކަށް ކުޅެފަ އެވެ. އެގޮތުން އައިއެފްސީ އާއި އީގަލްސްގެ އިތުރުން ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓްރީ، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އަށް ކުޅުނެވެ. މީގެ ތެރެއިން 2017 ވަނަ އަހަރު ވިކްޓްރީގައި އޭނާ މޮޅު ކުޅުމެއް ދެއްކީ، ގްރީންސްޓްރީޓްސްގެ މިހާރުގެ ކޯޗު ސުޒޭނުގެ ކޯޗުކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީއާރ ބުލޫސް
08 May 2019
ނޫސްވެރިން ކޮންފަރެން ސެންގަ ބަންސާމް ބުނީ ނިއުއަށް ދެން މިސީޒަނުގަ ނުކުޅެވޭނޭ. އަންނަ އަހަރު ކޮންގުރެސް ބާންވާފަ އޭ ދެން ގޮތެއް ނިންމޭނި. ބަންސާމް އަށް ގޮންޖަހާފަ މި ބުނަނި މިސީޒަނުގަ ނިއުރޭޑިޔަންޓް ސުފޯޓްސް ކުލަބު ކުޅޭނެ.
މޮޓްސް
09 May 2019
ކީއްވެތަ އެކި ނަންނަމުން ތިޔަ ކޮމެންޓް ކުރަނީ؟ ކާކުތަ ތިކިޔާ "ބަންސާމް" އަކީ؟
މޯޑް
08 May 2019
ބަކާ ގުރީނަށް ދިއުމަކުން އަހަރަމެން އުފަލެއްނުވޭ އަހަރަމެން އުފާވާނި ނިއުރޭޑިޔަންޓަށް ކުޅެވޭގޮތްވެފަ ނިއުއަށް ކުޅުންތެރިން ފުލުފުލާ ސޮއިކުރާމަންޒު ފެނުނީމަ. އިންސާ ﷲ. ނިއު އެބުރި އަންނާނި ވަރުގަދަ ކޮށް.
އާރީ
08 May 2019
ނިއުރޭޑިޔަންޓް ސަސްފެންޑް ކޮށްފަ ބާންވައިގެން މިސީޒަން އެފްއޭއެމަށް ފެށިދާނެބާ? ނިއު ނޫނަސް މުސާރަނުދީ ބޭރުމީހުންނަށް ވެސް މުސާރަނުދީ ހިތަށްއެރިގޮތް ހެދި ކުލަބުތައް ބައިވަރު . ހުދު ބަންސާމް ގެ ވެލެންސިޔާ ވެސް އޮތީ އެހާލަތުގަ. ދެން ނިއުއަަށް އެކަނި މިވަރުގެ ސަސްފެންސަނެއް އައީ ކީއްވެ
ރަދީފް
08 May 2019
މަރުހަބާ ބަކާ.ބަކާ ތޭ ސ.ހިތަދޫ މީހުންގެ ޕްރައިޑް.