ކުޅިވަރު / އެފްއޭއެމް

ޒުވާން ޓީމުގެ ވީޑިއޯގެ މައްސަލައިގައި އެފްއޭއެމުން ފިޔަވަޅު އަޅައިފި

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރުމުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

23 ޖުލައި 2019 - 18:35

22 comments

ސޯޝަލް މީޑިއާ ގައި މިހާރު ދައުރުވަމުންދާ، އުމުރުން 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމެނޭ ވީޑިއޯއާ ގުޅިގެން އެ ޓީމުގެ ބައެއް ކުޅުންތެރިންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބުނެފި އެވެ.

މި ވީޑިއޯ ގައި ކުޅުންތެރިންގެ ފަރާތުން ފެނުނު އަހުލާގީ ގޮތުން ގޯސް ކަންތައްތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެފްއޭއެމަށް އަމާޒުވި އެވެ.

މި މައްސަލާގައި، އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯއާ ގުޅިގެން ބެލިބެލުމުން އެނގިފައި ވަނީ އެއީ އައްޑޫ ގައި މިހާރު ކުރިއަށް ދާ ޔުއެފާ އެސިސްޓް މުބާރާތުގެ ތެރެއިން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެއީ މިދިޔަ އަހަރުގެ ނޭޕާލުގައި އޮތް މުބާރާތެއްގެ ތެރޭގެ ކަމެއް ކަމަށެވެ.

"..އެކަމާ ގުޅުން ހުރި ކުދިންތަކެއް، މިހާރު އައްޑޫ ސިޓީގައި ކުރިއަށް ދާ ޔުއެފާ އެސިސްޓް އަންޑަ 15 މުބާރާތުގައި ބައިވެރިވެފައިވާ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގައި ހިމެނޭތީވެ، މި ކުޅުންތެރިންނާ މެދު ވަނީ ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން އެ ކުޅުންތެރިން ވަނީ ޓީމު ވަކިކޮށް މާލެ ގެނެވިފަ އެވެ." އެފްއޭއެމްގެ ބަޔާނުގައި ވެ އެވެެ.

އާންމުވި ވީޑިއޯއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އަނެއް ބަޔަކީ ޓީމާ ހަވާލުވެ ތިބޭ އޮފިޝަލުންނަށެވެ. އަދި އެ އުމުރުގެ ކުޅުންތެރިންތަކެއް ގޮވައިގެން އުޅުމުގެ ޒިންމާއާ ހަވާލުވާ އޮފިޝަލުންގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާ އަދާނުކުރެވުނު ތަން ކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ. އެފްއޭއެމުން ބުނީ ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދެން ކުރެވޭނެ ކަންތައްތައް އެ އިދާރާއިން ކުރާނެ ކަމަށެވެ.

"ޓީމުގެ އޮފިޝަލުންނަށް ވެސް ޓީމުގެ ކުދިންގެ އެންމެހާ ކަންތައްތައް ގާތުން ބެލުމަށާއި އިތުރަށް ބެލުމަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެފައިވާނެ އެވެ. އަދި މި ފަދަ އަހުލާގީ ކަންތައްތަކަކީ މި އެސޯސިއޭޝަނުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫންކަން މީޑިއާތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.

ކޯޗު އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ 15 އަހަރުން ދަށުގެ ޓީމު ވަނީ އައްޑޫގައި މިހާރު ކުރިއަށް ގެންދާ ޔުއެފާ އެސިސްޓް މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން 2-1 އިން ބަލިވިއިރު، ދެ ވަނަ މެޗުން ސައުދި އަރަބިއްޔާ އަތުން ވަނީ 6-0 އިން ބަލިވެފަ އެވެ.

22 ކޮމެންޓް, 96 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 19%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޖިބްރާ

24 July 2019

ރާއްޖޭގެ " ޒުވާނުން " ކަންތައްތަކުގައި ކުރިނާރަނީ ތިކަހަލަ ޑިސިޕްލިނަރީ މައްސަލަތައް ބޮޑުކަމުން ! ވަކިކަމެއްގަ ނޫން ! ހުރިހާކަމެއްގަވެސް " ޒުވާނުން" ގެ ހާލަތު ހުރީ ހަމަ ތިޔަފަދައިން ! ކުދި ސޯބު އެބުރޭނީ ބޮޑުސޯބު އެބުރޭ ގޮތަށޭ ބުނަނީވެސް ކަމެއް ވެގެން !

The name is already taken The name is available. Register?

މަގޭ ހިޔާލެއް

24 July 2019

ތި ވީޑިއޯ ލީކް ކުރި ކުއްޖާ އާ ދޭތެރޭވެސް ފިޔަވަޅު އަޅަންޖެހޭ. ހަގީގަތަކީ ތިޔަޖައްސާ ވައްތަރުތަކަކީ މިހާރު ކުދިންނަށް އަބަދު ފެންނަ ކަންތައް. އެއުމުރުގައި މަޖާކުރުމުގެގޮތުން އެކަހަލަ ސަކަރާތް ޖަހާނެކަން ގަބޫލްކުރަންޖެހޭ. ތީހަމައެކަނި ވީޑިއޯއިން ފެންނަ ދެތިން ކުދިން. ތިވީޑިއޯ ނެގި ކުއްޖާގެ ހާލެއް ނޭންގޭ. މެނޭޖްމަްޓްތަކުން އަބަދުވެސް ކުދިންގެ ޑިސިޕްލިން އަށް ބަލާ. އެކަން ޔަޤީން. އެކަމަކު މަ ހިތައް އަރަނީ ހަމަ ސަސްޕެންޑް ކުރަންވީހޭ ކެރިއަރު ފުޑާލަން

The name is already taken The name is available. Register?

އައިޖޭ

24 July 2019

މިއީ ކުދިން އެކަހެރި ކޮށް ބާކީ ކޮށްގެން މަންފާ ވާނެކަމެއް ނޫން...ކުދިންނަށް ނަސޭހަތްތެރިވެ، ކުދިން ހެޔޮމަގަަށް އަޅުވާ، އެކުދިންގެހުނަރު ހެޔޮ ގޮތުގައި ގައުމަށް މަންފާ ކުރުވަނިވި ކުދިން ގޮތުގައި ތަރުބިއްޔތު ކުރުން މުހިންމީ.. ކުދިން ގޯހެއް ހަދާފަ އޮތީ، އެގޯހަކީ ކުދިންގެ މުޅި މުސްތަގުބަލަށް އޮތް ހުރަހަކަށް ނަހަދާ، ކުދިން ރަނގަޅު ޓްރެކްށް އަޅުވާ، ކުިރމަގު ރަނގަޅު ކުރުން މުހިްނމީ. ކުދިން ހާރުވާލާ، ބާކީ ކުރުމަކުން މަންފާ އެއް ނުވާނެ. ހެޔޮގޮތް ވިސްނާދީ

The name is already taken The name is available. Register?

ބިސްބެ

24 July 2019

އެކުދިން ވޯމް އަޕް ކުރަން ޖައްސާ އެކްސަސައިޒެއް ކަމައް ވެސް ވެދާނެ ނޫންތޯ.

The name is already taken The name is available. Register?

ތެދުބަސް

24 July 2019

ކުޅުންތެރިންނަށް ފިޔަވަޅު އެޅުމަކުން ނުނިމޭ. އޮފިޝަލުންނަށް ވެސް ފިޔަވަޅު އަޅަންޖެހޭނެ. އެކުންދިން އަޚްލާގީގޮތުންވެސް ރަނގަޅުބަޔަކަށް ހެދުން އެއީ އެމީހުންގެވެސް ޒިއްމާއެއް.އަޚްލާގު ރަނގަޅު އަދި ކިޔެވުމަށް މޮޅެތި ދަރިވަރުންވެސް އެބަ ހިމެނޭ އެކުދިންނަށް ވެސް މީގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ. ކުޅިވަރުގަ ރަނގަޅު ކާމިޔާބީ އަކަށް ނުދެވިގެން އުޅޭ އެއް ސަބަބު މީވެސް.

The name is already taken The name is available. Register?

ބަޝް

24 July 2019

ކިހާވަރެއް ވީމަތޯ ދީނުގައިވެސް ބޮޑުމީހަކަށްވަނީ. ހަމަ އަޙުލާޤީ ފެންވަރު ދަށީ. މީގެ އިތުރުން މިފަދަ ޓީމެއް ބިނާުކުރާއިރު، އެކަށީގެންވާ ކޯޗެއްވެސް ބޭނުންވާ. ހަރަދުތަކެއްކޮށްގެންވެސް މިކަންކަން ރަގަޅުކުރަންޖެހޭ. ހަމަ ސީނިއަރ ޓީމަކަށް ކުޅެލާފަ، ކޯޗަކަށް އައުމަކުން ނުފުދޭ. އެއަށްވުރެ މިކަން ޒިންމާދާރުކަމާއެކު ކުރިއަށް ގެންދަން ބޭނުންނަމަ، އެކަށީގެންވާ ރަގަޅު ފެންވަރެއްގައި މިކަން ކުރަންޖެހޭ.

The name is already taken The name is available. Register?

މީނާ

24 July 2019

އަޖައިބެއް ބައްސާމު ތަރުބިއްޔަތު ދީގެން ގެއިން ނެރެފަ ތިބި ކުދިންތަކެއްތަ އެއީ ޙަރާމް ޙަލާލު ގޭތެރެއިން ކިޔައިދީފަ ނަމޫނާ މައިންފައިން ދެއްކީމަ އެދަރިންގެ ކިބައިން ނުފެންނާނެ ގިނަ މައިންބަފައިންގެ ކިބައިން ފެންނަ ކަންތައް ތަކުރާރު ވާނީ

The name is already taken The name is available. Register?

1828

24 July 2019

އެ ވީޑީއޯ ގައި އެފެންނަ މަންޒަރު ތަކަކީ ކުޑަކުދިން ޖައްސާނެ މަންޒަރެއް ނޫން. އެއްވެސް ވަރަކަށް ބަލައެއް ނުގަނެވޭ.

The name is already taken The name is available. Register?

ލިނިންގް

24 July 2019

ހަމަ ރަގަޅު...ހީކުރަން ބެޑްމިންޓަން އިން ފިޔަވަޅު އެޅީމަ އަތުގަ ފައިސާ އޮތީމަ ޒަޔާން ހެދިހެން ތިކުދިން ނަހަދާ، ބާކީ ތިބި ކުޅުން ތެރިން ބޮލަށް އެރިގެން...އެފް އޭ އެމް ގެ ވެރިން ނާ ދެކޮޅަށް ތެދު ނުވެ...ކުށް ގަބޫލް ކުރީޔާ...އަދި އެބުރި ޓީމާ ވީ އެންމެ އަވަހަށް ގުނުނީޔާ...ކުށް ކުރެވުނީމަ މޮޅީ ކުށް ގަބޫލް ކުރުން...ފައިސާ އޮތީމަ ދޮގު ވާހަކަ ފެތުރުމެއް ނޫން

The name is already taken The name is available. Register?

ޢަހްމަދު007

23 July 2019

ހުރިހާވެސް ކަމަކީ އެފްއޭއެމްގެ ހިންގުމުގެ ދޯދިޔާކަން..ބައްސާމު އިސްތިއުފާދީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454