މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގައި ލަންކާ ކުޅުންތެރިޔެއް ކައިރިން ރާއްޖޭގެ ކުރީ ބޯޅަ ފޮނުވާލަނީ.
13 އޯގަސްޓް 2019 - 07:50
ދިވެހިރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަވަށްޓެރި ސްރީ ލަންކާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
ލަންކާ އަކީ އިންޑިއާ ކަނޑުގެ ޖަޒީރާގ ައުމުތަކުން 1979 ވަނަ އަހަރު ފެށި މި ގޭމްސް ކޮމިޓީގެ ފައުންޑިން މެމްބަރެކެވެ. އެކަމަކު ސިޔާސީ ސަބަބުތަކާ ހެދި އެއްވެސް ގޭމްސްއެއްގައި ވާދަނުކުރެ އެވެ.
އޭގެ ސާޅީހަކަށް އަހަރު ފަހުން ލަންކާ އިން، މި އަހަރު މޮރިޝަސްގައި ބޭއްވި ގޭމްސްގައި ވާދަކުރުމަށް މިދިޔަ އަހަރު ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ގޭމްސް އެހާ ކައިރި ވެފައި އޮއްވާ މުޅިން އާ ގައުމަކަށް ފުރުސަތު ދޭން ގޭމްސްގެ އޯގަނައިޒިން ކޮމިޓީ (ކޯޖީ) އަށް ނުފެނުނީ އެވެ.
ކޯޖީގެ މެމްބަރު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ އަލުން ޕްރޯޕޯސަލް ހުށަހަޅަން ލަންކާގައި އެދިފައިވާނެ ކަމަށާއި ރާއްޖޭގައި ބާއްވާ ގޭމްސް އިން ފުރުސަތުދޭން ކޯޖީން ނިންމާނީ އެއަށް ބެލުމަށް ފަހު ކަމަށެވެ.
"އެ ޕްރޮޕޯސަލްގައި ހިމަނަން ޖެހޭނެ ބައިވެރިވާން ބޭނުންވާ ސަބަބުތަކާއި ޕޮލިޓިކަލީ އެކަމަށް ތާއީދު އޮތްކަން ވެސް. އެއަށް ބެލުމަށް ފަހު ގޮތެއް ނިންމާނީ،" މަރުޒޫގު ވިދާޅުވި އެވެ.
ގޭމްސްގެ ވާދަވެރިކަން އިތުރަށް ބޮޑުކުރުމަށްޓަކައި ލަންކާ އަށް ފުރުސަތު ދޭން ކޯޖީން ނިންމާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ލަންކާ އަކީ ބައެއް ކުޅިވަރުތަކުގައި ދެކުނު އޭޝިއާގެ ވެސް ވަރުގަދަ ބާރެކެވެ. އެހެންވެ އެ ގައުމު ވާދަކުރަން ފެށުމުން ފެންވަރު އިތުރަށް ރަނގަޅުވާނެ އެވެ.
އެކަމަކު ގައުމެއް އިތުރުވުމަކީ، މުޅިން އަލަށް މިފަދަ ގޭމްސްއެއް ބާއްވާ ރާއްޖެ އަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމަކަށް ވާނެ ކަމަށް ބެލެވެ އެވެ. އައިއޯއައިޖީ ގައި މިހާރު ވާދަކުރަމުން އަންނަނީ ރާއްޖޭގެ އިތުރުން މޮރިޝަސް، ކޮމޮރޯސް، މަޑަގަސްކަރަ، މެޔޯޓް އަދި ރިޔޫނިއަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓަރ
13 August 2019
ދިވެހި ރާއްޖޭގެ ނަންބަރވަން ކުޅިވަރަކީ ފުޓްބޯޅަ އެއް ބަދަލު ނުކުރެވޭނެ އެއްވެސް މީހަކަށް ކިތައްމެ ވަރެއް އެރުވިޔަސް. އާ ވަޅުޖެހިފަ އޮތް ފުޓްބޯޅަ ދިރުވާކަށް އެއްވެސް މަސައްކަތެއް ނުކުރޭ މިނިސްޓަރުވެސް. އަބަދު ވޮލީ ވޮލީ.
ޕަޑާ
13 August 2019
މިހުރިހާ ކަމެއް އިގި ހުރެ 31 ޓިސޫގަ ޖަހި އިރު ލަންކާ ބައިވެރި ވާނަމަ މިފަހަރު އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރު ތަކަށް ފުރުސަތު ނޯން ނާނެކަން އެންމެ ރަގަޅަށް އިގޭނެ އެކަކަކީ މަރޭ...
ސައިނީ
13 August 2019
ރާއްޖޭގެ ދުވަސް ތިދިޔައީ ދެން މަރޭގެ ޓިސޫލިސްޓް ކާން ޖެހޭނީ ލަންކާ އައިސް ފިއްޔާ
ވިގޫ ތާކިހާ
13 August 2019
ހަމައެކަނި އަދި ފެނިގެން ކަމަކުނުދާނެ. އަހަރުމެންނަށް ދިވެހިލީގުގަ ވިކްޓަރީ ކިޔާ ކުލަބެއްވެސް އެބަފެނޭ. އެހެން ބޮޑެތި ޓީމުތަށް ކާރުގަ އުޅޭއިރު ވިކްޓަރީ ފެންނަނީ ވައިގޮއްސައޮތް ވީލް ބަރޯއެއްގަ އުޅޭތަން.