26 އޯގަސްޓް 2019 - 13:11
ހަންގޭރީގައި ކުރިއަށްދާ ވޯލްޑް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕުގައި 200 މީޓަރު ބެކްސްޓްރޯކް އަދި 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން އަލީ އިމްއާން ރާއްޖޭގެ ގައުމީ ރެކޯޑް އާކޮށްފި އެވެ.
އޭނާ 200 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އާކުރީ 2 މިނެޓު 28.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އޭނާގެ އަތުގައި މި ރެކޯޑް އޮތީ ދެކުނު ކޮރެއާގައި މިދިޔަ މަހު ބޭއްވި ފީނާ ވޯލްޑް ޗެމްޕިއަންޝިޕުގައި 2 މިނެޓު 33.23 ސިކުންތުން ފަތައިގެންނެވެ
އޭނާ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް އާކުރީ 30:86 މިނެޓުން ފަތައިގެންނެވެ. ކުރިން މި ރެކޯޑް އޮތީ ހުސެއިން ހާއިޝް ހަސަން އަތުގަ އެވެ. އެއީ މިދިޔަ އަހަރު އޭޝިއަން ގޭމްސްގައި 31.95 މިނެޓުން ރޭސް ނިންމައިގެންނެވެ.
މިހާރު އެވޯޑްސްގައި ހޮވި މިދިޔަ އަހަރުގެ އެންމެ އުއްމީދީ އިންޑިވިޖުއަލް ފިރިހެން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރި އިމްއާންގެ އިތުރުން ޖޫނިއާ މުބާރާތުގައި ވާދަކުރީ ހާއިޝް އާއި ހަމްނާ އަހުމަދެވެ. މީގެ ތެރެއިން ހަމްނާ އަކީ މިހާރު އެވޯޑްސްގެ އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާ އަށް ވާދަކުރި އެވެ. .
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބައި
26 August 2019
"އޭނާ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް އާކުރީ 30:86 މިނެޓުން ފަތައިގެންނެވެ. ކުރިން މި ރެކޯޑް އޮތީ ހުސެއިން ހާއިޝް ހަސަން އަތުގަ އެވެ. އެއީ މިދިޔަ އަހަރު އޭޝިއަން ގޭމްސްގައި 31.95 މިނެޓުން ރޭސް ނިންމައިގެންނެވެ." މިއީ ހަމަ ރަގަޅު ވާހަކައެއްތޯ؟
ކީކޭ؟
27 August 2019
ކޮބާތޯ މައްސަލައަކީ؟ ތަންކޮޅެއް ސާފުކޮށް މައްސަލައަށް އަލިއަޅުއްވާ!
ހިންނަވަރު ބާރީ.
28 August 2019
މިނިޓޭތޯ ހަމަ؟ ހަމަ އަނެއްކާވެސް.... މިނިޓޭތޯ؟؟؟