ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން/ އޭޝިއާ

ރާއްޖެއާ ދެކޮޅަށް އެޑްވާންޓޭޖް ނެގޭނެ: ގުއާމް ކޯޗު

ގުއާމްގެ ކޯޗު ކާލް ޑޮޑް: ރާއްޖެއާ ދެކޮޅަށް ނަތީޖާ ނެރެވޭނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ގުއާމް އެފްއޭ

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި ގުއާމުން ހޯމް އެޑްވާންޓޭޖާ އެކު ފައިދާ ނެގޭނެ އެކި ކަހަލަ ކަންތައްތަކެއް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ކާލް ޑޮޑް ބުނެފި އެވެ.

އޮސްޓްރޭލިއާގެ ކުރީގެ ޑިފެންޑަރު ޑޮޑް ގުއާމްގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އޭގެ ފަހުން ގުއާމް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ. ގުއާމުން މީގެ ކުރިން ވަނީ އަމިއްލަ ދަނޑުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ދަނޑުގައި 2015 ވަނަ އަހަރު އިންޑިއާ އާއި ތުރުކުމެނިސްތާން އަތުން 1-0 އިން މޮޅުވި މެޗާއި އޮމާނާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި މެޗު ފާހަގަކޮށްލެވެ އެވެ.

ރޭންކިންގެ ގޮތުން ބަލާއިރު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި އެންމެ ފުލުގައި އޮތީ ގުއާމް އެވެ. މި މި ގްރޫޕުގައި އޮތް ރާއްޖެ އާއި ފިިޕީންސް، ސީރިއާ އަދި ޗައިނާއާ ދެކޮޅަށް ގުއާމުން އެއްޗެއް ހާސިލްކުރާނަމަ އެންމެ ބޮޑަށް ކުރަންޖެހޭނެ ކަމަކީ ހޯމް އެޑްވާންޓޭޖް ނެގުން ކަމަށް ޑޮޑް ދެކެ އެވެ.

"އަހަރެމެންނަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ހޯމް މެޗުތައް. އެއީ ގުއާމަށް އަންނަން ދެން އެހެން ޓީމުތަކުން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ. އެއީ އަހަރެމެންނަށް އެޑްވާންޓޭޖް ނެގޭނެ ކަމެއް. އަދި މި މާހައުލުގައި ކޮންމެ ޓީމަކަށް ފަސޭހައެއް ވެސް ނުވާނެ. ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ވެސް އަހަރެމެން ހޯމް އެޑްވާންޓޭޖްގެ ފުރިހަމަ ބޭނުންހިފާނަން. ފިޒިކަލީ ވެސް އެހެން ފައިދާތަކެއް ވެސް އެބަހުރި،" ޑޮޑް ބުންޏެވެ.

ގުއާމްގައި ޓާފް ދަނޑެއްގައި މެޗުތައް ކުޅޭއިރު، އެ ގައުމަށް ދިއުމަށް ނަގަން ޖެހެނީ އެމެރިކާގެ ވިސާ އެވެ. އެކަން ކުރުމަށް ގިނަ ގައުމުތަކަށް ގޮންޖެހުންތަކެއް މީގެ ކުރިން ވެސް ވަނީ ކުރިމަތިވެފަ އެވެ. އަދި މި ފަހަރު ރާއްޖޭގެ ޓްރެއިނިން ކޭމްޕް ލަންކާގައި ހަމަޖައްސަންޖެހުނީ ވެސް ގުއާމަށް ދާން ނަގާ އެމެރިކާ ވިސާގެ ކަންތައްތައް ފުރިހަމަކުރުމަށް ކުރަން ޖެހޭ މަސައްކަތް ދިގުލައިދާތީ އެވެ. ރާއްޖޭން ގުއާމް މެޗު ކުޅެންދާން ނެގި 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި ހިމެނޭ ގޯލްކީޕަރު ހުސެއިން ޝަރީފް އާއި ހުސެއިން ނިހާން (ނިހާޓް) އަށް ވިސާ ހަމަނުޖެހޭތީ އެ ދެ ކުޅުންތެރިންނަށް މެޗު ކުޅެން ނުދެވުނެވެ.

ބޫޓާނާ ދެކޮޅަށް ނުކުތް ގުއާމްގެ ފުރަތަމަ އެގާރަ. -- ފޮޓޯ:ގުއާމް އެފްއޭ

މީގެ ކުރިން ވެސް ގުއާމާ ދެކޮޅަށް އެކި ގައުމުތަކުން ކުޅުނު މެޗުތަކުގައި ވިސާ މައްސަލަ ޖެހިގެން ބައެއް ޓީމުތަކުގެ ކުޅުންތެރިންނަށް ނުކުޅެވިފައި އެބަހުއްޓެވެ. އެ ގޮތުން ތުރުކުމެނިސްތާނާއި އޮމާނުގެ ބައެއް ކުޅުންތެރިންނަށް މެޗު ނުކުޅެވިގެން ސްކޮޑަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުން ގުއާމް ފުރުސަތު ހޯދީ ބޫޓާންގެ މައްޗަށް ކުރިހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ބޫޓާން އަމިއްލަ ގައުމުގައި 1-0 އިން މޮޅުވި ނަމަވެސް ގުއާމުން ވަނީ ދެ ވަނަ ލެގުގައި 5-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ޑޮޑް ބުނީ އެ ފެންވަރުގައި ހޯމް މެޗުތަކުގައި ކުޅެން ބޭނުންވާ ކަމަށެވެ.

"އަހަރެމެންނަށް ފުރަތަމަ ވެސް މި އޮތީ ހޯމް ދެ މެޗު. ރާއްޖެ އާއި ފިލިޕީންސް. މިއީ އަހަރެމެންނަށް ޗެލެންޖްކުރެވޭނެ ދެ ޓީމު ކަމަށް ދެކިގެން. އަމިއްލަ ދަނޑުގައި ނަތީޖާ އަކަށް ކުޅެންވީ،" ޑޮޑް ބުންޏެވެ.

ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި ގުއާމް ދުނިޔޭގެ 190 ވަނައިގައި އޮތް ނަމަވެސް އެއީ ބަލާނެ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ ދަނޑުމަތީގައި ކުޅެ ނަތީޖާ ނެރުމަށް ކަމަށް ބުންޏެވެ. އަދި މަސައްކަތް ކޮށްފިނަމަ ގުއާމަށް ވެސް ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ޑޮޑް ބުންޏެވެ.

ގުއާމްގެ ދަނޑުގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10:30 ގަ އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަގުނަސްތަރާނާ

04 September 2019

ރާއްޖޭއާ ދެކޮޅަށް އެޑްވާންޓޭޖު ނުނެގެންވީ ސަބަބެއްނެތް. ވިސާނުލިބިދާނެތީއޭ ކިއާ ލަންކާގަ ތިބޭތާ އެތަކެއް ދުވަސް ވެއްޖެ ބައެއް ކުދިން ލަންކާ ބަހުން ވާހަކަ ނުދައްކާ ކަންވެސް ނޭގޭ. ޕްރެކްޓިސް މެޗެއް ކުޅުނީކީއެއްނުން. ކޯޗަށްވެސް އޭނަގެ އަސްލު ޓީމެއް ނޭގޭ. ކުޅުންތެރިން ޓިމަށް ނަގާއިރާ މެޗުގެ ތެރޭން ކުޅުންތެރިން ބަދަލު ކުރާއިރު އެއްޗެއް އެގިގެން މިހެދެނީ ކޯޗެއްކަން ކޯޗަށް އެނގޭ ހެންވެސް ހީނުވޭ. ލައްކަ ދުވަސް ވެއްޖެ މިޓީމާ ހަވާލުވެގެން އުޅޭތާ.

The name is already taken The name is available. Register?

މޮޓްސް

04 September 2019

ރާއްޖެ މިފަދަ ދަނޑިވަޅަކަށް ވެއްޓިފައޮތް ވަގުތު ގުއާމަށް އެޑްވާންޓޭޖު ނުނެގިއްޖެޔާ އެމިހުންގެ ކޯޗުވެސް ޖެހޭނެ ވަގުތުން އިސްތިއުފާދޭން. މިވަރުގެ އެޑްވާންޓޭޖެއް އިދިކޮޅު ޓީމަކަށް ރާއްޖެޓީމަކުން ދުވަހަކުވެސް ދިންހެނެއް ހިއެއްނުވޭ.

The name is already taken The name is available. Register?

ހާޖީ

04 September 2019

ރާއްޖެ ބަލިވާނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫން. ދެން ތިޔަކޯޗު ބުނާނީ ބަލިވުމުގެ އަސްލަކީ ވިސާނުލިބުނު ދެކުޅުންތެރިންނަށް ނުކުޅެވުނީމައޭ ...

The name is already taken The name is available. Register?

އިއްސޭ

04 September 2019

ރާއްޖޭގެ މީޑިއާތަކުންވެސް އެބަޖެހޭ ރޭންކިން އަށް ބަރޯސާވުން ހުއްޓާލަން. ގުއާމަށްވުރެ ރާއްޖެ ރޭންކިންގެ ކުރީގަ އުޅޭ ހަމައެކަނި ސަބަބަކީ މެޗުތައް ގިނައިން ކުޅުން. ގުއާމަށް ދަތުރުކުރުމަށް ދަތިވެފަ، ރަށުންބޭރުގަ މެޗުތައް ކުޅުމަށް ދަތުރުފަތުރު ކުރުން އަގުބޮޑުވުމެ ސަބަބުން ގުއާމަށް ބައިނަލްއަގުވާމީ މެޗުތައް މާގިނައިން ކުޅުމުގެ ފުރުސަތެއް ނުލިބޭ. ނަމަވެސް އެޓީމުގަތިބީ އެމެރިކާގެ އެކެޑަމީތަކުން ތަމްރީންލިބިފައިވާ ކުޅުންތެރިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454