މިދިޔަ މާޗް މަހު ސަރަނގު އާދަމް މަނިކް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: މިހާރު
09 ސެޕްޓެމްބަރ 2019 - 09:33
ހުސްވެފައިވާ ކްލަބް އީގަލްސްގެ ޗެއާޕާސަންގެ މަގާމަށް ކުރިން ވެސް އެ މަގާމް ފުރުއްވި މަޝްހޫރު ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކް އިންތިހާބުކޮށްފި އެވެ.
އީގަލްސް އިން ބުނީ ރޭ ބޭއްވި ކްލަބް ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކްލަބްގެ ޗެއާމަންގެ މަގާމަށް އާދަމް މަނިކު އިންތިހާބުކުރުމަކީ ކްލަބް މި ވަގުތު އޮތް ހާލަތު ރަނގަޅު ކުރަން ނިންމުނު ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
ފުރަތަމަ ޑިވިޝަނަށް 2010 ވަނަ އަހަރު އީގަލްސް ޕްރޮމޯޓްވެ، އެ ކްލަބް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފައިތިލަ ސާބިތުކުރުމުގައި އާދަމް މަނިކުގެ ދައުރު ބޮޑެވެ. އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ)އާ އެކު ކްލަބް ކުރިއަރުވަން މަސައްކަތްތަކެއްކޮށް އާދަމް މަނިކު ވަނީ އެ ޓީމަށް ބޮޑު އަގުދީފައި ކުޅުންތެރިން ގެނެސް އެ ޓީމުގެ ޖޯޒީގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ލައްވައި ކުޅުވައިފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އާރިފް (ބަކާ) އާއި މުޚުތާރު ނަސީރު (ޓޫކިލޯ) އަދި ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ ހިމެނެ އެވެ.
އެފްއޭއެމްގެ އެކްސްކޯ މެމްބަރުކަން ވެސް ކުރެއްވި އާދަމް މަނިކުގެ ދައުރުގައި އީގަލްސް އިން ވަނީ އެފްއޭ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ.
އެ ކްލަބްގެ ޗެއާމަންގެ މަގާމު އެންމެ ފަހުން ފުރުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ މަސައްކަތްތައް މިވަގުތ ހުރި ގޮތުން ކްލަބަށް ވަގުތު ދެއްވެން ނެތިގެންނެވެ. އެހެންވެ ފާއިތުވި ދުވަސްތަކުގައި އީގަލްސް ކުރިއަށް ދިޔައީ ޗެއާކުރާނެ މީހަކު ނެތި އެވެ. ޝިޔާމްގެ ހިންގެވުމުގެ ދަށުން އީގަލްސް އިން ވަނީ ޔޫތު ޗެމްޕިއަންޝިޕް މުބާރާތް މިލްކުކުރުމުގެ އިތުރުން 2016 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތާއި ބައިބަލާ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ގަދަ ބާރަކަށްވެފައިވާ އީގަލްސް އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޒުވާން ކުޅުންތެރިން ޕްރޮމޯޓްކޮށް އެ ކުޅުންތެރިންނަށް ފުރުސަތު ދީގެން ގައުމީ ޓީމާ ހަމައަށް ގެންގޮސްދޭ ކްލަބެއްގެ ގޮތުގަ އެވެ. މި ވަގުތަށް ބަލާއިރު އީގަލްސްގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ކުޅެމުންނެވެ. ރާއްޖޭން ދެ ފަހަރު ސަރަހައްދީ ޗެމްޕިއަންކަން ހޯދިއިރު ވެސް ގައުމީ ޓީމުގައި އީގަލްސް އިން ކެރިއަރު ފެށި ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
09 September 2019
ކައުންސިލް އަށް ތައްޔާރު ވަނީއެވެ. ބޭނުމީ ގާބިލް މިހުންނެވެ.
ނިގޫ
09 September 2019
ރާއްޖޭގައި ސިޔާސީ ވަނީ ވެސް ފުޓް ބޯޅައިން ނެވެ. ނިކަން ބަލާށެވެ. ފުލްޓީމަށް ނާރާ ބެންޗްގައި އިން މީހަކު މިހާރު އެހުރީ އެއްމެ ބޮޑު ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަށެވެ.
މަމީ މަ
09 September 2019
ރުޅި ގަދަ ރޫޑް މީހުނަށް ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ
ޝާޑު
09 September 2019
ފުޓުބޯޅަތެރެއަށް ސިޔާސީމީހުން ނުވައްދަހަރޭ! ނުވައްދަހަރޭ! ނުވައްފަހަރޭ. ހަމަ މިވަރަށްބުނާއިރުވެސް ވައްދާނެ.