ކުޅިވަރު

ބަޖެޓް ނުލިބޭތީ އެތުލެޓިކްސްގެ ތައްޔާރީތަކަށް ހުރަސް އެޅިފައި

ސައުތު އޭޝިއަން ގޭމްސް ފެށެން ގާތްގަނޑަކަށް މަހެއްހާ ދުވަހަށްވީ އިރު ވެސް އެތުލެޓިކްސްގެ އެއްވެސް ދުވުންތެރިޔަކަށް ރާއްޖޭން ބޭރަށް ތަމްރީނަށް ދެވިފައިނުވާތީ، އެ ކުޅިވަރުން މެޑަލްތަކެއް ހޯދުމުގެ އުއްމީދު ކޮންމެވެސް ވަރަކަށް ފަނޑުވެއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މާލޭގައި ތައްޔާރީތައް ކުރިއަށްދާ ކަމަށާއި އެކަމަކު ސްޕޯޓްސް މިނިސްޓްރީން ބަޖެޓް އަދި ހަމަނުޖެހޭތީ ބޭރަށް ފޮނުވާލެވޭނެ ގޮތެއް ނެތް ކަމަށާއި ރާއްޖޭން ބޭރުގެ ތަމްރީން ނެދި އެކަށީގެންވާ ކާމިޔާބެއް ހޯދަން އުނދަގޫވާނެ ކަމަށެވެ.

"މި ހަފުތާގައި ބަޖެޓް ހަމަޖެހޭނެ ކަމަށް ބުނެފައި އޮތީ. މި ހަފުތާ ދެން މި ނިމުނީ އެހެންވެ އަންނަ ހަފުތާ އަށް މި އުއްމީދުކުރަނީ. ބަޖެޓް ލިބުނުހާ އަވަހަކަށް ބޭރަށް ފޮނުވާލަން އިންޑިއާ އަށް ނަމަވެސް،" ތޮލާލް މިއަދު "މިހާރު" އަށް ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ ނާއިބް އަހުމަދު އިބްރާހިމް މިއަދު ވިދާޅުވީ ބަޖެޓް، ސެކްޝަނަށް ފޮނުވާފައިވާ ކަމަށާއި ޕްރޮސެސް ވަމުން އަންނަ ކަމަށެވެ. އެހެންވިޔަސް، ބާކީ ދެން އޮތީ ގޭމްސް ފެށުމާ ދެމެދު 35 ވަރަކަށް ދުވަސް ކަމުން މިއީ ރާއްޖޭން ބޭރަށް ދުވުންތެރިން ފޮނުވައިގެން ވެސް އެންމެ އެދެވޭ ނަތީޖާއެއް ހޯދޭނެ މުއްދަތެއް ނޫން ކަމަށް ތޮލާލް ވިދާޅުވި އެވެ.

"އަމުދުން ނޭޕާލް ފަދަ އުސް ތަނެއްގައި ގޭމްސް އޮންނައިރު، ރާއްޖެ ފަދަ ތިރި ގައުމެއްގައި ތަމްރީން ހަދާފައި ކުއްލި އަކަށް ގޮސް ގޮސްގެން ވަރަށް އުނދަގޫވާން،" ތޮލާލް ވިދާޅުވި އެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އެންމެ ފަހުގެ ދެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ނަތީޖާ ނެރެފައިވާތީވެ އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިން އުއްމީދޮށްގެން ތިބީ މަދުވެގެން ތިން މެޑަލް ހޯދާށެވެ. އެކަމަކު އަދިވެސް އުއްމީދު ދޫނުކުރާ ކަމަށާއި އެކެއް ނުވަތަ ދެ މެޑަލް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ލޯ މެޑަލް ހޯދި ރިލޭ ޓީމުގެ ދުވުންތެރިން: އެ ޓީމާ މެދު ސައުތު އޭޝިއަން ގޭމްސްގައި ވެސް އުއްމީދުތަކެެއް ކުރެވޭ. --ފޮޓޯ: އިސްމާއިލް ތޯރިގް/ އެމްއޯސީ މީޑިއާ

ސްޕްރިންޓަރު ހަސަން ސާއިދު ވަނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި 2016 ވަނަ އަހަރު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރީ އަހަރު އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ޖުލައި މަހު މި އަހަރުގެ އައިއޯއައިޖީން އޭނާ 200 މީޓަރުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ލިބުނީ ހަތަރު ވަނަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެފައިވަނީ މި ގޭމްސް އަށް މެޑަލްތަކަކަށް އަމާޒުކޮށްގެން ދިއުމުގެ ބަދަލުގައި މިއީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ހުނަރުވެރި އެތުލީޓުން ފާހަގަކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލް ހޯދުމަށް ޕޯޑިއަމް ފިނިޝް ޕްރޮގްރާމް އަންނަ އަހަރު ފަށާއިރު މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ޓެލެންޓް އައިޑެންޓިފައިކުރަން. އެހެންވެ އަޅުގަނޑުގެ ވިސްނުމަކީ މިއީ މެޑަލް ޓާގެޓް ގޭމްސްއަކަށް ވުރެ ބޮޑަށް ޓެލެންޓް އައިޑެންޑިފައިކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުންކުރަން،" މަރުޒޫގު ވިދާޅުވި އެވެ.

ތޮލާލް ވެސް ވިދާޅުވީ އެތުލެޓިކްސް އިން ވެސް ޒުވާނުންނަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައިވާ ކަމަށާއި އެގޮތުން ރިލޭ ޓީމުގައި ވެސް ގިނައީ ޒުވާން ދުވުންތެރިން ކަމަށެވެ. ރާއްޖެ އަށް ދެކުނު އޭޝިއާ އެންމެ ފުރަތަމަ ލިބުނު އެތުލެޓިކްސް މެޑަލް ހޯދައިދިނީ ވެސް 2010 ވަނަ އަހަރު ރިލޭ އިންނެވެ. ސާއިދުގެ އިތުރުން ސަރީސް އަހުމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި ނުޖޫމް ހަސަން ހިމެނޭ ރިލޭ ޓީމުން ވަނީ ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ލޯ މެޑަލް ހޯދައިފަ އެވެ.

"މިއަދު ލިބުނު މެޑެއްޔާ އެކު އެ ކުދިން ވެސް ހުއްޓާނުލައި އިތުރަށް މަސައްކަތްކުރަންވީ. އޭރުން ސަރަހައްދުން މެޑަލް ލިބޭނެ،" ސާއިދު އޭރު ބުނެފައިވެ އެވެ.

އެސޯސިއޭޝަނުން ވެސް ތިބީ އެ އުއްމީދުގަ އެވެ. އެކަމަކު ތޮލާލް ވިދާޅުވި ގޮތުގައި ރިލޭގައި ރާއްޖޭގެ ވާދަވެރިން ކަމަށްވާ ބަންގްލަދޭޝާއި ޕާކިސްތާނުން ވެސް ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނައިރު، ރާއްޖެ އަށް ފުރުސަތެއް އޮންނާތީ ކުރިއާލާ ރާއްޖޭން ބޭރުގައި ތަމްރީން ހެދިގެން ކަމަށެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާބެ

25 October 2019

މިނިސްޓްރީއިން ހުރިހާ ޙަރަދެއްކުރުމުން އެސޯސިއޭޝަން ހިންގާ މެންބަރުންގެ ބޭނުމަކީ ކޮބާ އަމިއަލައައް ފައިސާ ހޯދާކައް އަސްލު މަސައކަތެއް ނުކުރެވޭ ނުވެސްކުރޭ މީ ހަގީގަތަކީ...

The name is already taken The name is available. Register?

ފިލާވަޅު

25 October 2019

ބަޖެޓްއެއް ނުލިބި މިހާރު ވަރައްގިނަ އެސޯސިއޭޝަންތަކައް އެބަހުރި ، މިކަމުގަ އެބަހުރި ޔޫތް މިނިސްޓްރީގެ ވެސް އިހުމާލުތަކެއް އެސޯސިއޭޝަންތަކުން ފަސާ އަދި ސްޕޮންސާ ހޯޯދުމައް ކުރާމަސައްކަތް ކުޑަވެ ހުރިހާ އެސޯސިއޭޝަނަކައް މިނިސްޓްރީއިން ޙަރަދު ދޭންވެއްޖެނަމަ އެސޯސިއޭޝަންތަކިގެ ހިންގަ ގަވަޢިދު މިނިސްޓްރީއިން ވަޒީފާ ދޭގޮތައް ހަމަޖައްސާ ވޯޓުލުމުގެ ބަދަލުގައި މިހާރުވެސް އެސޯސިއޭޝަންތަކުގެ ބޯޑޫ މެންބަރުންނައް މިނިސްޓްރީއިން މުސާރަދޭ..

The name is already taken The name is available. Register?

ދޭދޭ

24 October 2019

ޓީޓީ އާއި ބެޑް މިނަޓަން ފޮނުވަން ރަނގަޅީ ، ބާސްކެޓް، ހޭންޑްބޯލް ސަކަރާތް ފޮނުވަން

The name is already taken The name is available. Register?

އަސްލު ހަގީގަތް

24 October 2019

ރައީސް ޔާމިންގެ ވެރިކަމުގައިނަމަ މީގެ 5 ވަރަކަށް މަސްކުރިން ތިޔަ އެތްލީޓުން ތިބޭނީ ރާއްޖެއިން ބޭރުގައި. ބަޖެޓް ހަމަޖެއްސޭނީ ބަޖެޓެއް އޮވެގެންތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454