ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގައުމީ ކެޕްޓަން އަކުރަމް ސަޕޯޓަރުންނާ މެދު އުއްމީދުގައި

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް، މަރުހަބާ ކިޔަން ގޮސް ތިބި އާއްމުންނާ ސަލާމް ކުރަނީ --. ފޮޓޯ:ނިޝާން އަލީ/ މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު މާލޭގައި ފިލިޕީންސާއި ގުއާމާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި އެކަން ކުރަން އެކި ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ގައުމީ ޓީމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

އޭޝިއަން ކަޕާއި ވޯލްޑް ކަޕް ކޮލިފައިން ޖޮއިންޓް ކޮލިފައިނެއްގެ ގޮތުގައި ކުރިއަށްދާއިރު ރާއްޖޭން އަމާޒުހިފާފައިވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެކަން ހާސިލްކުރަން ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގެ ތިން ވަނަ ހޯދުން ރާއްޖެ އަށް މުހިއްމެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު ސީރިއާ އޮތީ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ރަށުންބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވެފަ އެވެ. އޭގެ ފަހުން މާލޭގައި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޗައިނާ އަތުން 5-0 އިން ބަލިވިއިރު، މިދިޔަ މަހު ސީރިއާ އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ކޮލިފައިންގައި ރާއްޖެ ކުރިއަށްދާނަމަ މި މަހު 14 ވަނަ ދުވަހު މާލޭގައި އޮތް ފިލިޕީންސް މެޗާއި 19 ވަނަ ދުވަހު އޮތް ގުއާމް މެޗުން މޮޅުވާން ޖެހެ އެވެ.

ޗައިނާ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އަކުރަމް އަށް ސީރިއާ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ނަމަވެސް ކުރިއަށް އޮތް މެޗަށް އޭނާ ވަނީ އަލުން ޓީމާ ގުޅިފަ އެވެ. އަކުރަމް ބުނީ ދިވެހި ފުޓްބޯޅަ ހީނަރުވެފައި އޮތް ވަގުތެއްގައި މި މެޗު ކުޅެން ޖެހިފައިވާއިރު، އެންމެ މުހިއްމު ކަމަކީ އެންމެން ޓީމު ފަހަތުގައި ތިބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅިވަރު ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ވަގުތެއްގައި ސަޕޯޓަރުންގެ ސަޕޯޓް ވެސް ތަންކޮޅެއް މަދުވެފައި އޮތްވަގުތެއްގައި ސަރުކާރާއި އެފްއޭ އާއި ރައްޔިތުން ވެސް ގުޅިގެން އިސްނަގައިގެން ކުރިއަށް ސަޕޯޓް އިތުރުކުރަން މި ކުރާ މަސައްކަތުން ހުރިހާ ކުޅުންތެރިންނަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދޭ،" އަކުރަމް ބުންޏެވެ.

"އަޅުގަނޑުމެންނާ ދޭތެރޭ ކުރިން ދެކެމުންދިޔަ އުއްމީދުތަކާ އެއްގޮތަށް އަޅުގަނޑުމެން ފަހަތުގައި ތިބުމަށް ދަނޑަށް ހާޒިރުވާނެ ކަމަށް މި އުއްމީދުކުރަނީ. އެހެންވެއްޖިއްޔާ މި މަސައްކަތާއި ސަޕޯޓަރުންގެ ސަޕޯޓާ އެއްކޮށް މެޗު ކާމިޔާބުކުރުމުގެ އުއްމީދު އެބައޮތް،"

ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމު ފަރިތަކުރަނީ. -- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ގައުމީ ޓީމު މި ވަގުތު މެލޭޝިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އަންނައިރު އަކުރަމް ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުޅުންތެރިން ކުރާ މަސައްކަތް ގައުމީ ކޯޗު ޕީޓަ ސެގާޓް ވެސް ފާހަގަކުރާ ކަމަށެވެ. އަދި ކުރިއާ ހިލާފަށް ޒުވާން ކުޅުންތެރިންނަށް ވެސް މި ޓްރެއިނިން ކޭމްޕްތަކުން ފުރުސަތު ދޭން ފެށުމަކީ މުސްތަގުބަލަށް ވެސް މީގެ ފައިދާ ކުރާނެ ކަމެއް ކަމަށް އަކުރަމް ދެކެ އެވެ.

"ސީނިއާ ޓީމުން ކުރިން އަންނައިރު މިހާ ޔަންގް ޕްލޭޔަރުން ގޮވައިގެން ކޭމްޕަކަށް ނާދޭ. އަޅުގަނޑުމެންގެ ޓުވާޑްސް ފިއުޗާ މޮޓޯގެ ދަށުން މަސައްކަތް މި ކުރަނީ. އެހެންވެއްޖިއްޔާ މި ޔަންގް ޕްލޭޔަރުންނަށް މި ކަހަލަ ޓްރެއިނިން ކޭމްޕާ އެކު އެކްސްޕީރިއަންސާއި ކުރަން ޖެހޭ މަސައްކަތްތައް ފެނިގެންދާނެ. މި ވަގުތުގެ ޓީމުގެ މެޖޯރިޓީ އަކީ 24 އަހަރު. އެހެންވެއްޖިއްޔާ މި ފަދަ ކޭމްޕްތަކާ އެކު ކުޅުންތެރިން އިތުރަށް ޑިވެލޮޕްވާނެ،" މިދިޔަ އަހަރު ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލި ގައުމީ ކެޕްޓަން އަކުރަމް ބުންޏެވެ.

ކޮލިފައިންގައި މިހާތަނަށް ރާއްޖޭން ކުޅުނު ތިން މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއް ނުކުޅެ އެވެެ. އެކަމަކު ކުރިއަށް އޮތް ކޮލިފައިން ދެ މެޗުގެ ކުރިން މެލޭޝިއާގައި ފުރިހަމަކުރާ ޓްރެއިނިން ކޭމްޕްގެ ތެރެއިން މެޗެއް ކުޅެން މަސައްކަތްކުރާ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.

ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ދެ މެޗުގައި ބޭނުންކުރެވޭނެ ގޮތެއްވޭތޯ ބައްލަވަން ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) މަސައްކަތް ފަށްޓަވައިފަ އެވެ. އެ ދެ ސިޑި ބަރި ބޭނުންކުރުން މަނާކޮށްފައިވަނިކޮށް، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އެތަން ބޭނުންކުރި އެވެ. ކޮލިފައިންގައި ޗައިނާ މެޗަށް އެ ދެ ސިޑިބަރި ބޭނުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ގިނަ ބަޔަކު ގޮވާލި ނަމަވެސް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެކަން ނުކުރައްވަ އެވެ. އެކަމަކު ކަމާބެހޭ ތަޖުރިބާކާރުންނާ ވާހަކަ ދައްކައި ފިލިޕީންސާއި ގުއާމާ ދެކޮޅަށް ކުޅޭ ދެ މެޗުގައި ގިނަ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭ ގޮތް ހެދުމަށް ގައުމީ ޓީމުގެ ކޮމިޓީން މަސައްކަތްކުރާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފިލިޕީންސާއި ގުއާމް މެޗުގެ ކުރިން ގައުމީ ޓީމު އެޗްއައިއެޗް ނޫނީ ރިޒޯޓެއްގައި ކޭމްޕް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި މެޗުގެ ކުރިންނާއި މެޗު ކުޅޭ ދުވަހު ސަޕޯޓަރުންނަށް އެކި ހަރަަކާތްތައް ރާވާނެ ކަމަށް ވިދާޅުވި އެވެ.

6 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންމު

03 November 2019

ކީޕަރަކަށް އިމްރާންލާ! ލާސްޓް މެޗަށް ހަދާފަ.

The name is already taken The name is available. Register?

ޟިޔާ

03 November 2019

“މިމަހު 14 ގައި މާލޭގައި އޮތް“. މިއަދު 2

The name is already taken The name is available. Register?

ބޮޑު ތާޅަފިލި

03 November 2019

މެޗް ގެ ޓިކެޓް އިންސާފުވެރިކަމާއި އެކު އަގުހަދާ ވިއްކަން އެފްއޭއެމް އަށް ގޮވާލަމެވެ. އަދި މިކަމަށް ނޫސްތަކުން މަސައްކަތްކޮށް ދިނުމަށް އެދެމެވެ. މިބުނީ ކުޅިބެލުންތެރިންގެ ހައްގުގައެވެ. ދަނޑުގެ މެދާއި ރޮސްޓްރަމް ކައިރިން މެޗް ރީއްޗައް ފެންނާނެތީ އެހިސާބުގެ ޓިކެޓް އަގު ބޮޑުކޮށް އަދި ދަނޑުގެ ކަނަށްވާ ހިސާބުގެ ޓިކެޓް އަގުހެޔޮކޮށް ވިއްކުމެވެ. ރާއްޖޭގައިވެސް މީގެކުރިން އޮންނަނީ އެގޮތެވެ. ފޮރޮންޓް ސައިޑް އަގުބޮޑުވާނެއެވެ. ރެއަރ ސައިޑް އަގުހެޔޮވާނެއެވެ.

The name is already taken The name is available. Register?

ބޮޑު ތާޅަފިލި

03 November 2019

ޢެންމެފަހުން ކުޅުނު ޗައިނާ މެޗްގެ ޓިކެޓް ވިއްކިއިރު ސަހަރާ ފަޅީގެ ވަންނަ ދޮރުކަރީ ގޮނޑިއަކުން އަހަންނަށް ޓިކެޓް ލިބުނުއިރު ރޮސްޓްރަމް ކައިރިން އަރާމުކޮށް ގޮނޑިބަރީގެ ޓިކެޓް ލިބުނު މީހުން ގެ ޓިކެޓާއި އަހަރެން ގެ ޓިކެޓް ގެ އަގު ގެ ތަފާތެއްނެތެވެ. މިއީ އިންސާފުވެރި ގޮތެއްނޫނެވެ. ދުނިޔޭގެ އެހެން ތަންތާގައި ކަންކުރާގޮތެއްނޫނެވެ. އެފްޢޭއެމްގެ އަމިއްލައެދުން ބޮޑުވެ ފައިސާއަށް ދަހިވެތިވިއަސް މިއީ ތަންކޮޅެއް ބޮޑުވަރެވެ.

The name is already taken The name is available. Register?

ޒައިން ޝިޔާމް

02 November 2019

އަކޫ ނޭރުވީމަ ޑިފެންސް މާރަނގަޅުހެން ހީވަނީ

The name is already taken The name is available. Register?

އޭނަ

03 November 2019

އަކްރަމްއަކީ ނޮޅު ޑިފެންޑަރެއް. އެކަމަކު މި ޒަމާނުގައި ޕޭސީ ޑިފެންޑަރުން ވަރަށް މުހިންމު. އަހަންނަށް ހީވަނީ ރާއްޖޭގައިވެސް އެފަދަ ޑިފެންޑަރުން ތިބޭނެހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454