14 ނޮވެމްބަރ 2019 - 10:34
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭއިރު ވަގުތުން މެޗު ދައްކަން އެ ސަރަހައްދުގައި ސްކްރީން ބަހައްޓައި ބަންދު ކުރުމުން، އާއްމުންނަށް އުނދަގޫވާތީ އެކަން ކެންސަލްކޮށްފި އެވެ.
އެފްއޭއެމުން އިންތިޒާމްކޮށްގެން، މެޗުގެ ފޯރިގަދަކުރުމަށްޓަކައި އޮލިމްޕަހާ ދިމާލުން ބަންގު ބަންދުކޮށް ރޭ ވެސް ބޮޑުބެރު ޖެހި އެވެ. އަދި ރާވާފައި އޮތީ އެތަނުގައި ބަހައްޓާފައި ހުރި ޑިޖިޓަލް ސްކްރީނުން މިއަދު މެޗު ދައްކާ ގޮތަށެވެ. އެއީ ދަނޑުގެ މައި ދެ ސިޑިބަރި ބޭނުންކުރުން މަނާކޮށްފައިވާތީ ދަނޑަށް ވަންނަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ނުލިބޭނެތީ ދަނޑާ ވީހާ ވެސް ކައިރިން މެޗު ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.
އެކަމަކު ސްކޫލް ދުވަހެއްގައި މާލޭގެ މައި މަގު ބަންދުކޮށްފައިވާތީ އެކަމުގެ އުނދަގޫވެ މިއަދު ހެނދުނު އެރި އިރާ އެކު ޓްވިޓާގައި ބަޔެއް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފަ އެވެ.
Fukeh boduvaru dhw. Kulhey komme futuboalha match akah faisaa aa bodu sakaraatheh. Molhu veema lorry bureh jahaany. Ambulance dhuvvaa mai magaa aamu dhathuru fathurah undhagoo nukoh. https://t.co/ma6Y7zb9gV
— Luke (@Lucasjalyl) November 14, 2019
"ޑިޖިޓަލް ސްކްރީން ބަހައްޓައިގެން މީ ދެން ކޮން އިސްރާފެއް؟ އިއްޔެ ހަވީރުން ފެށިގެން މަޖީދީ މަގު ބަންދުކޮށްގެން އުޅޭއިރު ރައްޔިތުންނަށް ވާނެ އުނދަގޫ ނުވިސްނޭ؟،" ޓްވިޓާގައި މަޝްހޫރު "މުޖޫކޭނީ" ޓްވީޓްކޮށްފައިވެ އެވެ.
އިރުކޮޅެއް ފަހުން ގައުމީ ޓީމް ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓްވީޓެއް ކުރައްވައި ވިދާޅުވީ މަޖީދީ މަގު ގަލޮޅު ދަނޑު ސަހަރައްދު ބަންދުކޮށް ސްކްރީން ބެހެއްޓީ ދަނޑުގެ ޖާގައިގެ ދަތިކަމުން ގިނަ ސަޕޯޓަރުންނަށް ދަނޑު ބޭރުގައި މެޗު ބެލޭނެ ގޮތް ހެދުމުގައި މަގުސަދުގައި ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން ހުރުމުން ސްކްރީން ނައްޓާލާ އާއްމުންނަށް ދަތި ނުވާނެހެން މަގު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
MajeedheeMagu galholhudhandu sarahahdhu bandhukoh screen behettee dhanduge jaagaige dhathikamun gina supporterunnah dhandubeyruga match beleyne goiy hedhumuge maqsadhuga. Namaves rayyithunge kanboduvun hurumun screen nattaalaa aamunnah dhathi nuvaanehen magu hulhuvaalan ninmaifin
— Ali Waheed (@ali20waheed) November 14, 2019
ދުނިޔޭގެ ގިނަ ގައުމުތަކުގެ ގައުމީ ޓީމުން ބޮޑެތި މުބާރާތްތަކުގައި ވާދަކުރާއިރު އާއްމުން އެއް ސަރަހައްދަކަށް ޖަމާވެގެން މެޗުތައް ބަލަ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލާއި ފައިނަލުގައި ކޮލަމްބޯގައި ކުޅުނުއިރު މާލޭގައި ވެސް ބޮޑު ސްކްރީން ބަހައްޓައިގެން އާއްމުން މެޗުތައް ބެލި އެވެ. އެކަމަކު މިހާރު އެ ފޯރިއެއް ނެތެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ މެޗުތަކަށް ވެސް ދަނޑު ނުފުރެ އެވެ.
އެންމެ ފަހުން ރާއްޖެ އާއި ޗައިނާ ކުޅުނު މެޗަށް ވިއްކި ތިން ހާހެއްހާ ޓިކެޓް ވިކި ހުސްވި ނަމަވެސް، ދިވެހިންނަށް ދީފައި އޮތީ ރަސްމީ ގޮނޑި ބަރީގެ އިތުރުން މަޖީދީ މަގު ފަޅީގެ ކަނެކެވެ. މަޖީދީ މަގާވީ ފަޅީގެ ސިޑި ބަރި ޗައިނާ ސަޕޯޓަރުންނަށް އެފްއޭއެމުން ދީފައި އޮތުމުން ޗައިނާ އިން ވަނީ އޭގެ ބޭނުން ހިފައި އެންމެން ރަތް ޖާޒީގައި ވަދެ އަޑުގަދަކޮށް ޗައިނާ ހޯމް މެޗެއްގެ އިހުސާސް އެ ޓީމުގެ ކުޅުންތެރިންނަށް ކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 November 2019
އަލީ ބޭނުންވަނީ ސޭޓާއިއެކުގައި އޮޕަސިޝަންގަދަކުރާންނަމަ އެކަންކުރާން ނުވަތަ ވާހަކަކިޔާދޭ މީހުންހެއްވާލާ ޕާޓީގެސްޓޭޖްފަޅުފިލުވާ މީހެއްގެދައުރުއަދާކުރާންނަމައެކަމަށް ނޫންނަމަ ކުޅިވަރުހަރަކާތުގައި އުޅެންނަމަ އެކަމަށް އަދި މަހުޖަނުންނާއި އެކީ އެމީހުން އެދޭގޮތަށް "ގެސްޓްހައުސް ވިޔަފާރިއާއި ދެކޮޅަށް ކެމްޕޭން ކުރުމަށްނަމަ އެކަން ކުރުމަށް" ފުރުސަތުދިނުމަށް ސޯލިޙް ޙަވާލުކޮށްފައިވާ ވަޒީރުކަމުގެ މަޤާމުން އަލީ ދުރުކުރުމަކީ ކޮންމެހެންވެސް ކުރާންވެއްޖެކަމެއް.
ދުރެއްނޫން
14 November 2019
ގަލޮޅުދަނޑާ ކައިރީގައި ސްކްރީން ބަހައްޓާނަމަ ހެންވޭރުދަނޑުވެސް އެހާ ދުރެއްނޫން. ގަލޮޅުދަނޑުގަ ހަޅޭލަވާއަޑު އެހިސާބަށް ބަރާބަރަށް އިވޭ.
އިޙްސާސް
14 November 2019
ސޯސަލް ސެންޓަރަށް މީހުން އެއްކޮށްބަލަ.
އެލެން
14 November 2019
ދިވެހިން ވަރަށް ފީކަޅާ ވާނެ. ކިހާ ސަޅިކަމެއްތަ އެއީ. އެންމެން އެކީ މެޗު ބެލުނީސްދޯ ހަމަ
އޮނަރަބްލް އަފީފު ދީދީ
14 November 2019
ކުޅިވަރުގެ ބައެއް ބޭފުޅުންނާއި ސީދާގޮތުން ވަޒީރު ދައްކަވާފައިވާ ވާހަކަ ތަކަށް ބަލާއިރު މަޤާމްގެ ހައިސީއްޔަތު ބޭނުންކޮށްގެން ރައީސް ހަވާލުކުރައްވާފައިވާ ޒިންމާތަކުގެ ބޭރުން ކަންތައްތަކެއް ކުރާން ވަޒީރު މަސައްކަތް ކުރައްވާކަމަށް ވަނީ އިއުތިރާފްވެ ވާހަކަ ދައްކަވާފަ. # ފަތުރުވެރިކަމުގެ މިނިސްޓަރަކަށް ހުންނަވައިގެން "ޓީމްތަކަށް ފައިސާހޯދާ މުބާރާތްތައް ސްޕޮންސަރކުރުމަށް މަހުޖަނުންނާއި މުއާމަލާތް ކުރުމަކީކުށެއް އަދި މަޤާމްގެ ނުފޫޒުބޭނުންކުރުން" އިގޭތޯ.
ރުޅި
14 November 2019
ހީވަނީ މި ގައުމުގައި ކުޅިވަރުނޫންކަމެއް ނެތްހެން. އިރުކޮޅަކުން މަހުލޫފު ހަފްތާރެސް އޭކިޔާފަ ނާޗަރަންގީ ކުރިއަރުވާނެ. ދެރަކަމެއް. ޒުވާނުން މަސައްކަތަށް އަހުލުވެރިކޮށް ބިދޭސީންގެ ކިބައިން ގައުމު ސަލާމަތްކޮށްދީބަލަ. ރެޔާދުވާލު ކުޅިވަރަށް ޚަރަދުނުކޮށްބަލަ. ތިޔަކަމުން ގައުމަށް ލިބޭ ފައިދާއަށްވުރެ ދާ ޚަރަދު ހަތަރުގުނަ އިތުރު.
އޮނަރަބްލް އަފީފު ދީދީ
14 November 2019
ވަޒީރު އަލީ އުޅޭގޮތުން ހަދާނަށް އަންނަނީ ވަޙީދާއި ޔާމީނުގެ ދައުރުގައި ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބްގެ މަތިން. >< އެއްދުވަސް ވަރެއްގައި ޑރ ޖަމީލް ނައިބް ރައީސަކަށް ހުންނެވިއިރު ފެނިގެންދިޔަ ޓްއަރިޒަމް މިނިސްޓަރު ނައިބް ރައީސްގެ ދައުރު ނުވަތަ ޒިންމާތަށް އުފުއްލެވިތަންވެސް. >< މިއަދު އަނެއްކާވެސް "އެފަދަ ވަޒީރެއް" ފެނުނީމަ މިތިބީ އަނގައަށް އިގިލި ބޭނިފަ. ޢައްޔައަށް ސަލާމް.
ބައޯކަލޯ
14 November 2019
އައްމުން ގަޅިހައްދަނީ.
އޮނަރަބްލް އަފީފު ދީދީ
14 November 2019
އެންމެން އެއްއަޑަކުން "ވިޔަފާރިއެއްނެތް" ކަމަށާއި ކުރިނަށްވުރެން ކަންކަން ސަކަރާތްވެ ސަރުކާރާއިމެދު ސުވާލުއުފެދިފައިވާއިރު ޓްއަރިޒަމް މިނިސްޓަރު އޭނާގެ އޮފީހުގައި ހޭދަކުރާވަގުތަށްވުރެން ގިނަވަގުތު "ކުޅިވަރުކުޅެން" ހޭދަކުރުމަކީ ރައީސަށާއި ޤާނޫނުހަދާމަޖިލީހަށް މައްސަލައަކަށް ނުވިޔަސް އަހަރުމެން ރައްޔިތުން މިކަން މިގޮތަށް ތަހައްމަލްކުރާކަށް ނޭދެން. >< ވަޒީރަށް ޓްއަރިޒަމްގެ ޒިންމާ ނުއުފުލޭނަމަ މަޤާމުން ދުރުކުރާންޖެހޭ.
ފުންއަސަރު
14 November 2019
ތިޔަނިންމުން ރަނގަޅެއްނޫން. ކުރިންވެސް ނިންމާފާވާގޮތަށް އެތަނުން މެޗް ބަލާލާ ފޯރިގަދަކޮށްލީމަސަޅި. އެހެނޭކިޔާފާ ހަފްތާއެއްކުރިން މަގުބަންދުކޮށް ޝޯބާއްވަންފެށީމާ ކަމަކުނުދާނެ. ހަގީގަތުގާވެސް މިއަދު 3.30 ހުން ފެށިގެން ހަވީރު 6.30 އަށް މަގުބަންދު ކުރިޔަސް މާކަވާނެއް ނުކުރާނެ. އާންމުންނަށް އުނދަގޫވެގެންއުޅެނީ ކަމެއްއޮތޭކިޔާފާ ހަފްތާ ދެހަފްތާ މަގުބަންދުކުރީމާ. ދެން މިހާރު މިވީގޮތަކީ އާކުކުޅަކަށް ގާބިހެއްއެޅި ގޮވަންފެށީމާ ވީގޮތް. ފިރިހެނަކަށް ވެބަލަ.