ކުޅިވަރު

އިންޑިއާ އަތުން ނާކާމިޔާބު، އަންހެން ޓީޓީ ޓީމުގެ ފޯކަސް ދެ ވަނަ މެޗަށް

ރާއްޖޭގެ ގައުމީ ޓީމުގެ ދީމާ (ވ) މެޗުގެ ކުރިން އިންޑިއާގެ ކުޅުންތެރިޔާއާ ސަލާމްކުރަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

ކަތުމަންޑޫ އިން،  އައްޒާމް އަލިފުޅު، މިހާރު

02 ޑިސެމްބަރ 2019 - 14:41

5 comments

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ އިންޑިއާ އަތުން ބަލިވި ނަމަވެސް ޓީމުގެ މައިގަނޑު ފޯކަސް އޮތީ މާދަމާ ޕާކިސްތާން އަތުން މޮޅުވެ ސެމީ އަށް ދިއުމެވެ.

ކަތުމަންޑޫގެ ލޭންޗޯރު އިންޑޯ ހޯލުގައި ކުރިއަށްދާ ޓީޓީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމު މިއަދު އިންޑިއާ އަތުން ބަލިވީ 3-0 އިންނެވެ. އިންޑިއާ އަކީ މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ލެވަލަށް ބެލިޔަސް ތަފާތު ޓީމެކެވެ. މިއަދުގެ މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ ކޮމަންވެލްތް ގޭމްސްގައި މެޑަލް ހޯދި އިންޑިއާ ޓީމުގައި ހިމެނޭ ސުތީރުތާ މުކަރުޖީއާ ދެކޮޅަށެވެ. އެ މެޗުން ސުތީރުތާ މޮޅުވީ 3-0 ސެޓުންނެވެ. ސުތީރުތާ ސެޓުތައް ގެންދިޔައީ 11-04، 11-03 އަދި 11-08 އިންނެވެ.

ދެ ވަނަ ގޭމްގައި ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ބައްދަލުކުރީ އިންޑިއާގެ ކްރިތުވިކާ ސިންހާއާ ދެކޮޅަށެވެ. ކްރިތްވިކާގެ މޮޅަށް ކުޅުނުއިރު އޭނާ މޮޅުވީ 3-0 އިންނެވެ. ދީމާގެ މައްޗަށް އިންޑިއާގެ ޗެމްޕިއަނެއް ކަަމަށްވާ ކްރިތުވިކާ ސެޓުތައް ގެންދިޔައީ 11-06، 11-02 އަދި 11-02 އިނެވެ. ތިން ވަނަ މެޗުގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ކުޅުނީ އިންޑިއާގެ މަދުރިކާ ޕަޓްކާރާ ދެކޮޅަށެވެ. މަދުރިކާ ސެޓުތައް ގެންދިޔައީ 11-04، 11-05 އަދި 11-03 އިންނެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ކުޅުންތެރިންނާއި އިންޑިއާގެ ކުޅުންތެރިން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

މެޗަށް ފަހު ރާއްޖޭގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ ގޭމްސް އަށް އައިއިރު ވެސް މި ލެވެލްގައި ކުޅޭ ހުރިހާ ޓީމެއް ވަރަށް ވަރުގަދަވާނެކަން އެނގޭ ކަމަށާއި އިންޑިއާ އަކީ އެހެން ލެވަލެއްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ޓީމުގެ އެންމެ ބޮޑު އަމާޒަކީ މާދަމާ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ކަމަށް ބުންޏެވެ.

"މި މެޗަކާ މެދު ހަގީގަތުގައި އެހާ ބޮޑަށް ނުވިސްނަން. މާދަމާ މިއޮތީ އެންމެ މުހިއްމު މެޗު. ޕާކިސްތާން ވެސް ވަރަށް މޮޅަށް ކުޅޭ ޓީމެއް. މި ރީޖަންގެ ހުރިހާ ޓީމެއް ވެސް ވަރަށް މޮޅަށް ކުޅޭ. އެކަމަކު މާދަމާގެ މެޗު ވަރަށް ވަރަށް މުހިއްމު. އެ މެޗުން މޮޅުވިއްޔާ ބްރޯންޒް މެޑަލް ހޯދުމުގެ ޗާންސް އެބައޮތް. މި ޓީމުން މެކްސިމަމް ދޭނެ،" ޝިއުރީ ބުންޏެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕްގައި އިންޑިއާ ވަނީ މިއަދު ޕާކިސްތާން ބަލިކޮށްފަ އެވެ. ޝިއުރީ ބުނީ ޕާކިސްތާނުން އެ މެޗުގައި ވެސް އެ މީހުންގެ ލެވަލުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި އެ މެޗުގައި ޕާކިސްތާނުން ކުޅުނު ކުޅުން ވީޑިއޯކޮށް މާދަމާގެ މެޗަށް ތައްޔާރުވާން ފުރިހަމަ އަށް ބޭނުންހިފާނެ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ދާދި ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލެއް ހޯދައިފަ އެވެ. ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ ޓީމު އިވެންޓަކުން ރާއްޖެ އަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. އެ ގޭމްސް އިން އޯޕަން ބައިން ވެސް ރާއްޖޭން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެ ގޮތުން އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް ފައިނަލުގައި ވެސް ކުޅުނީ މުޅިން ރާއްޖޭގެ ކުޅުންތެރިންނެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުގެ ބައެއް ކުޅުންތެރިން މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ހުސެއިން ވަހީދު

ފިރިހެން ޓީޓީ ޓީމު ކުޅުނު މެޗުން މިއަދު ބަލިވީ ސްރީލަންކާއާ ވާދަކޮށް 3-0 އިންނެވެ. ފުރަތަމަ ގޭމަށް ނުކުތީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު އެވެ. އޭނާ އަތުން ލަންކާގެ ކުޅުންތެރިޔާ މޮޅުވީ 11-08، 11-09 އަދި 11-08 އިންނެވެ. މި މެޗުގެ ތިން ސެޓަށް ބަލާއިރު ވެސް މުންސިފް ވަނީ ލަންކާގެ ކުޅުންތެރިޔާ އަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އެކަމަކު ސެޓުގެ މެދެއްހާ ހިސާބުން ލަންކާ ކުޅުންތެރިޔާ ލީޑުނަގައި މެޗުން ކުރިހޯދީ އެވެ.

ދެ ވަނަ ގޭމުގައި ކުޅެން ނުކުތް ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ ޖުމްލަކޮށް ބަލާއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޝައްފާން ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 11-07 އިން ގެއްލުނުއިރު، ދެ ވަަނަ ސެޓަށް ނުކުމެ ވަރުގަދަ ކުޅުމެއް ދެއްކިއެވެ. ދެ ފަހަރެއްގެ މަތިން ސްކޯ އެއްވަރުވި ނަމަވެސް ސަމާލުކަންދީގެން ފަހު ވަގުތާ ހަމައަށް ކުރި ހިތްވަރުން ޝައްފާން މި ސެޓު ގެންދިޔައީ 13-15 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ލަންކާ ކުޅުންތެރިޔާ ފޯމަކަށް އެޅި ތަފާތު ދައްކައި 11-07، 11-06 އިން ދެ ސެޓު ގެންގޮސް މި ގޭމް ގެންދިޔައީ އެވެ.

ތިން ވަނަ ގޭމްގައި ކުޅެން ނުކުތް ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމް އަތުން ލަންކާ ކުޅުންތެރިޔާ ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ލަންކާ ކުޅުންތެރިޔާ ސެޓުތައް ގެންދިޔައީ 11-04، 11-08 އަދި 11-08 އިންނެވެ.

ފިރިހެން ޓީޓީ ޓީމު ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާ ހެނދުނު ނުކުންނާނީ މި ފަަހަރުގެ ގޭމްސް ބާއްވާ ނޭޕާލާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ފިރިހެން ޓީޓީ ޓީމަށް ސެމީ ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ.

5 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 63%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައި އޯ އައި ޖީ

02 December 2019

އައި އޯ އައި ޖީ މެޑއލިސްޓް ތައައް މަތިން މިނިސްޓަރ ހަދާން ނެތުނީ ތަ...ބަހެއް ބުނާނަމަ އެ ބުނާ ބަހެއްގަ އަގެއް ހުންނަން ވާނެ...މިނިސްޓަރ މަރޭ އަކަށް ނުވައްޗޭ...މީ ސާފްގޭމްސް އިންޑިއާ ލަންކާ ވަރަށް ތަފާތުވާނެ..ޕާކިސްތާން ނޭޕާލް ވެ ވަރަށް ރަގަޅުވާނެ...މި ލެވެލް ގަ ނަތީޖާ ނެރެން މާ އުދަގޫ ވާނެ...އެކަމަކު ކުރެވޭނެ

The name is already taken The name is available. Register?

ހޫލާލާ

02 December 2019

ތިކަން ވާނީ މިނިސްޓްރީ މުސްތޮ އަށް ބައި އަޅާ ގޮތަށް...ޒީރޯ ޓޮލަރަންސް

The name is already taken The name is available. Register?

އަސްކަރީ

02 December 2019

މިނިސްޓަރ ވެސް 2 ވަނަ މަރްޒޫގަށް ވެ ނިމިއްޖެ...އެތްލީޓުން އަންޑަރ ޕޯފޯމް ކުރީމަ ބަލާނެ އަދި މޮނިޓާރ ކުރާނެ ބަޔަކު ވެސް ތިބެން އެބަ ޖެހޭ....އެސޯސިއޭސަން ތަކަށް ނޭންގި މަރޭ އާއި ދެންހުރި މީހެއްވެސް އެތްލީޓުންނާ ގާތް ވުމުގެ ނަތީޖާ މި ފެންނަނީ...ކުޅުންތެރިން މާ ގާތް ކުރުމުގެ ނަތީޖާ މީ

The name is already taken The name is available. Register?

ބަބްލޫ

02 December 2019

ޕޯފޯމަންސް ވާހަކަ ފެށުން ރަގަޅީ އައި އޯ އައި ޖީ ނިމިގެން އައި ހިސާބުން...މިނިސްޓަރ އަދި މިނިސްޓްރީ އަށް އިންގޭނެ މި ބުނަނީ ކީކޭކަން...މިއަދުވެސް މީ ހޯމަ ދުވަހެއް...

The name is already taken The name is available. Register?

ޥގދހދސއ

02 December 2019

އެހެންވީމަ އައިއޯޖީ އަކީ ލަޓޯފަޓޯ މުބާރާތެއްތާޕ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454