20 ފެބުރުއަރީ 2020 - 10:01
އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު ރާއްޖޭގެ މާޒިޔާ އަތުން 2-1 އިން ބަލިވި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ ގަލޮޅު ދަނޑުގެ ހާލަތު ކަމަށް ބެންގަލޫރު އެފްސީގެ ކޯޗު ކާލެސް ކުއަޑްރާޓް ބުނެފި އެވެ.
ބެންގަލޫރުން މީގެ ކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އައި ފަހަރު އޭރުގެ ކޯޗު އަލްބާޓް ރޮކާ ވެސް ވިނަގަނޑުގެ މައްސަލަ ފާހަގަކުރި އެވެ. އަދި ދިވެހި ބައެއް ކޯޗުން ވެސް ދޭތެރެއަކުން އެ މައްސަލަ ނަގަ އެވެ. ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމުގައި އޮންނަނީ އެންމެ ޒަމާނީ ޕިޗެކެވެ.
"މިތަނުގައި (މާލޭގައި) ކުޅެން އަހަރެމެންނަށް އޮތީ އުނދަގޫ ހާލަތެއް ވިނަގަނޑުގެ ސަބަބުން. އަހަރެމެންނަކީ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެން މަސައްކަތްކުރާ ޓީމެއް. އެކަމަކު (ވިނަގަނޑުގެ ސަބަބުން) ވަރަށް ގިނަ ބޯޅަތަކެއް ގެއްލޭ. މިކަހަ ވިނަގަނޑެއްގައި ކުޅެން ވަރަށް އުނދަގޫވޭ. ކަންޓީރަވާގައި އޮންނަނީ ވަރަށް ތަފާތު ވިނަގަނޑެއް،" ޕްލޭއޮފުގެ ފުރަތަމަ ލެގާ ބެހޭގޮތުން ކުއަޑްރާޓް ބުންޏެވެ.
"އަހަރެމެން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި އެ ޓީމުން ދެ ވަނަ ލަނޑު ޖެހީ. މާޒިޔާ އިން ވަރަށް ރަނގަޅަށް ކައުންޓާ އެޓޭކް ވެސް ކުރި."
ކުއަޑްރާޓް ބުނީ އަބަދުވެސް ރާއްޖޭގައި ކުޅެން އުނދަގޫ ކަމަށެވެ. އެގޮތުން ކުރީ ފަހަރު ނިއު ރޭޑިއަންޓް އަތުން 2-0 އިން ބަލިވީ ކަމަށާއި މިއަދު ވެސް މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރި ކަމަށް އޭނާ ބުންޏެވެ.
ކުއަޑްރާޓް ބުނީ ދެން އޮތް މެޗު އޮތީ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައިކަމުން އުއްމީދު އެބައޮތް ކަމަށާއި އެކަމަކު މާޒިޔާގެ ޑިފެންސް ވަރުގަދަކަމާ އެކު މެޗު އުނދަގޫވާނެ ކަމަށެވެ.
"އެ ޓީމުން މަސައްކަތްކުރާނެ އަހަރެމެންނަށް ލަނޑެއް ޖެހިޔަނުދޭން،" އޭނާ ބުންޏެވެ.
ބުދަ ދުވަހު އޮންނަ މާޒިޔާ މެޗުގެ ކުރިން ބެންގަލޫރަށް އިންޑިއަން ސުޕަ ލީގުގައި އޭޓީކޭއާ ދެކޮޅަށް ކުޅޭނެ އެވެ. ކުއަޑްރާޓް ބުނީ ބޮޑު ސްކޮޑެއް އޮތުމާ އެކު ސްކޮޑް ރަނގަޅަށް ރޮޓޭޓްކޮށް އެ މެޗަށް ތައްޔާރުވާނެ ކަމަށެވެ. އަދި އަނިޔާގެ ސަބަބުން މި މެޗުގައި ބައިވެރިނުވެވުނު ކެޕްޓަން ސުނިލް ޗެތުރީ އެ މެޗަށް ފިޓްވާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ. ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދަން ބެންގަލޫރަށް ޖެހޭނީ އެ މެޗު ދެ ލަނޑުގެ ތަފާތަކުން މޮޅުވާށެވެ. އެއްވަރުވެއްޖެ ނަަމަ ފުރުސަތު ލިބޭނީ މާޒިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޢުދު
20 February 2020
މިތާގެންގުޅޭ ތިރަށު ހެލިކޮޕްޓަރު ތަކަށް އަރުވާފަ ރަށަށް ފޮނޮވާލާ....
އޭނަ
20 February 2020
ދެ ލަނޑުގެ ތަފާތަކުން ނޯން ބެންގަލޫރު މޮޅުވާންޖެހޭނީ. 1-0 ކުން މޮޅުވިޔަސް ކޮލިފައިވާނެ. އެހެންވީ މަ މިބުނަނީ ދެވަނަ ލެގު އުނދަގޫވާނެޔޭ.
ކަޅުހުއްތި
20 February 2020
ތީވަރަށް ހެއްވާ ވާހަކައެއް... ބަލިވީމަ ދަނޑު ގޯސްވީ...
ބާބާ
20 February 2020
ކޯޗް ބުނަން ވާހަކައެއް މީ އަހަރުމެންގެ ދަނޑު. އަހަރުމެންގެ ދަނޑު އޮންނާނީ އަހަރެމެންގެ ކުޅުންތެރިންނަށް ފަސޭހަގޮތަށް، ކަލޭމެން އަންނާތީ އަޑިގުޑަން ރަގަޅުކޮށް ޓީކީޓަކާ ފުޓްބޯޅަ ކުޅެވޭ ގޮތަށްނުން.
އަޕޭ
20 February 2020
މީ ވަރަށް ބޮ ތެދެއް ތީ ގައުމީ ސްޓޭޑިއަމްގެ ހާލަތު ދެން ވިސްނާލާ އެހެން ދަނޑު ހުންނާނެ ގޮތް ، މިގައުމުގަ ފަސޭހައިން ކުޅެލަން ލިބޭ ޓާރފެއް ވެސް ނެތް
ޙުސައިން10
20 February 2020
2 ލަނޑުގެ ތަފާތެއް މަޖުބޫރެއްނޫން ބެންގަލޫރަކަށް. 1-0 އިން މޮޅުވި ނަމަވެސް ފުރުސަތުލިބޭނީ ބެންގަލޫރަށް. އެހެން ނަމަވެސް މާޒިޔާ އިން ގޯލެއްޖަހައިފިނަމަ 2 ލަނޑު ތަފާތު ހަދައިން ނޫނީ ބެންގަލޫރަށް ޔަގީނަށް ކުރިޔަކަށް ނުދެވޭނެ. 1-2 ވެއްޖެ ނަމަ ނަތީޖާ ނެރޭނީ އިތުރުވަގުތު އަދި އޭގެ ފަހު ޕެނަލްޓީ ޖަހައިގެން. #ކޮބާއިނގިއްޖެ؟ #މަށަށްއިނގިއްޖެ
އަބްﷲހި ވެލާ
20 February 2020
ހުރިހާ ކަމެއް ފުރިހަމަވީތީވެ އެފްއޭ އެމްގެ ރައީސަކަށް ކުރި މަތިލީ ހަމަ އެންމެންނަށް ކަމުނުދާ މީހާ، ޑީލްތަށް އަޑިން ނާއި މަތިން ހަދައިގެން. އަނެއްކާ އެއީ މިހާރު މަހުޖަނެއް.. ބޯހަލާކު.. މީވާ ގައުމެއް.
ރަދީފް
20 February 2020
ރާއްޖޭގަ ފުޓްބޯޅަ ކުޅޭތަ؟؟
މޮޓްސް
20 February 2020
ހާދަ އެއްޗެއް ނޭނގެއޭ ދޯ؟
ކަޅޫ
20 February 2020
ތެދެއް ފެންފޮދެއް ވެސް ޖަހާނުލާނެ ކުޅެން ފަށާ އިރު...