ކުޅިވަރު

އެފްއޭ ކަޕް އޮޓޮމެޓިކުން ފަސްވެފައި، މާދަމާ ގޮތެއް ނިންމަނީ

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބް، ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާގައި ކަރަންޓީންވެފައި ތިބުމުން، އެ މުބާރާތް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމާ އެކު މާދަމާ ކްލަބްތަކާ ބައްދަލުކޮށް ގޮތްތަކެއް ނިންމާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ލަންކާގައި ޓީސީން ކަރަންޓީންވީ، އޭއެފްސީ ކަޕުގައި ބުދަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅެން އެ ގައުމަށް އެ ޓީމު ދަތުރުކޮށްފައިވާތީވެ އެވެ. ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރޭތީވެ އެ ގައުމުން ރާއްޖެ އަށް މީހުން އައުން މިވަގުތު މަނަލެވެ. އެހެންވެ ދެ ގައުމުގެ މެދުގައި މިހާރު ސީދާ ދަތުރުތަކެއް ނެތެވެ.

އެކަމަކު ލަންކާ އިން އެފަދަ ނިންމުމެއް ނިންމާފައިނުވާތީ ޓީސީ އަށް ލަންކާ އަށް އެތެރެވެވޭނެ މަގު އޮތުމުން، ކޮވިޑް-19 ގެ އަލާމާތެއް ފެންނަން ނަގާނެ ކަމަށް ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި ތިބޭ ގޮތަށް ހަމަޖެއްސީ އެވެ. އެ ޓީމަށް ލަންކާގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ ސްޕޯޓްސް މިނިސްޓްރީންނެވެ.

އެފްއޭ ކަޕުގައި ޓީސީ އަށް އޮތީ ސެމީ ފައިނަލުގައި ހޯމަ ދުވަހުގެރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެ ދުވަހު ހަވީރު އަނެއް ސެމީގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ ގޮތަށް އޮތީ ރޭވިފަ އެވެ. އެކަމަކު މިއީ ނޮކްއައުޓް މުބާރާތަކަށް ވާތީ ޓީސީ މެޗު ކުޅެވޭނެ ގޮތެއް ނެތި، މުބާރާތް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ އެވެ.

އޭއެފްސީ ކަޕުގައި ކުޅެން އިންޑިއާގެ ޗެންނާއީ އަށް މިދިޔަ ހަފުތާގައި ދަތުރުކުރި މާޒިޔާގެ ސްކޮޑް ވަނީ އިއްޔެ ރާއްޖެ އައިސްފަ އެވެ. އިންޑިއާއާ ދެމެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިނުވާތީ ހުރަހެއް ނެތި ރާއްޖެ އައުމުގެ ފުރުސަތު މާޒިޔާ އަށް ތަނަވަސްވީ އެވެ.

އެފްއެއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް "މިހާރު" އަށް ވިދާޅުވީ މުބާރާތުގައި ވާދަކުރާ އެއް ޓީމު ކަރަންޓީނުގައި އޮތުމުން، މުބާރާތް އޮތީ އޮޓޮމެޓިކުން ފަސްވެފައި ކަމަށެވެ.

"އަޅުގަނޑުމެން ދެން މި މުބާރާތް ކުރިއަށްގެންދާނެ ގޮތަކާ މެދު އަދި ކުރިއަށް ގެންދާނެ ތާރީހަކާ މެދު މާދަމާ ކްލަބްތަކާ އެކު މަޝްވަރާކޮށް ގޮތެއް ނިންމާން،" ޖަވާޒް ވިދާޅުވި އެވެ.

މި ސީޒަން މިހާރު ވެސް މާބޮޑަށް ދިގުލައިގެން ގޮސްފައިވާތީވެއާ އެކު، އެފްއޭ ކަޕް އިތުރަށް ދިގު ދެމިއްޖެ ނަމަ ސީޒަން މިހާރު އޮތް ތާރީހަށް ނުނިންމޭނެ އެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަހުކޮޅު ރާއްޖޭން، ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ފަސްކޮށްފައި އޮތުމުން އިންޓަނޭޝަނަލް ބްރޭކެއް ނާންނާނެތީ އެފްއޭ ކަޕް ފަސް ކުރަން ޖެހުނަސް އެ މުއްދަތު ފޫބެއްދޭނެ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގެ ރިޒޯޓްތަކުން، މިހާތަނަށް ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 33%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާމޮޅޭ

15 March 2020

ގޮތެއް ނިންމަން ފަސް ކުރާކަށް ނުޖެހޭނެ. ޕްރެމިއަރލީގް ކުރު ކޮށްލި ގޮތަށް ނިންމާލާ. ބޭނުންވާ ޓީމަށް ޓައިޓަލް ދީފަ ނިންމާލާ . އެފް އޭއެމް އަކީ ލިތެފަ އޮތް ޤަވާއިދަކަށް ޢަމަލު ކުރަން ދަންނަ މީހުން ތިބި ތަނެއް ނޫން. ދެން އެމީހުން ނިންމާ ނިންމުމަކާ އިދިކޮޅަށް އެއްޗެކޭ ބުނާ ބަޔަކު ސަސްޕެންޑް.ބުނާ ކޮންމެ ގޮތެއް ހަދާ ޓިމުތަކަށް ބޯކޮށް ފައިސާ ވެސް ދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454