ކުޅިވަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ފުޓްބޯޅަ ސަސްޕެންޑްކޮށްފިއްޔާ ގޯސްވާނީ އަޅުގަނޑާއި ރައީސް: މަހުލޫފް

ތިން ވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ފޯރާކަމަށް ބުނެ، ފީފާ އިން ރާއްޖެ ފުޓްބޯޅައިގެ ހަރަކާތްތްތަކުން ސަސްޕެންޑްކޮށްފިނަމަ އެންމެ ގޯސްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ. އޭގައި މިނިސްޓަރުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމްގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް އަދި ސްޕޯޓްސް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.

އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މައްސަލަ ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އެހެން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އިންތިހާބު ބާއްވައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ. އެއީ ފީފާގެ ސަސްޕެންޝަނަކުން ރާއްޖެ ސަލާމަތްކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި އެފްއޭއެމުން ބުނެ އެވެ.

މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ މެމްބަރު އާޒިމްއާ އެކު އެ ގާރާރުގައި ހުރި ކަންތައްތަކާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޝްވަރާކުރެވި އެކަންކަމާ ބެހޭ މައުލޫމާތު ސްޕޯޓްސް ކޮމިޝަނަރު މެދުވެރިކޮށް އެފްއޭއެމުން ސާފުކުރި ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސްކުރަން މަޖިލީހުން އެދުނު ގޮތަށް އެފްއޭއެމްގައި މިނިސްޓްރީން އެދުނު ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު ގަބޫލުނުކުރައްވަ އެވެ.

"ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކުޅިވަރަކީ ފުޓްބޯޅަ. ރާއްޖެ ސަސްޕެންޑްކުރާވަރުގެ ކަމެއް ތިބޭފުޅުންނާއި (މެމްބަރުންނާއި) އަޅުގަނޑުމެން ވެގެން ނުކުރުން (އެއީ ފުރަތަމަ ކަމަކީ). ދެ ވަނަ ކަމަކަށް ސަސްޕެންޝަނުގެ ވާހަކަ ދައްކާއިރު ތިބޭފުޅުންގެ (ފަރާތުން) އެ ދުވަހު އައި ރިކުއެސްޓް (އިންތިހާބު ފަސްކުރުން) ގެ އެންޑް ރިޒަލްޓަކީ ސަސްޕެންޝަން އެ ތަނަށް (އައުން). މިސާލަކަށް ފުލުހުން ފޮނުވައިގެން ހުއްޓުވިނަމަ ރާއްޖެ ސަސްޕެންޑްކުރާނެކަން އަޅުގަނޑަށް ޔަގީން. ސަސްޕެންޑްކޮށްގެން އެއިން ނުކުންނާނެ ނަތީޖާއެއް ނެތް،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭނާ އެންމެ ފުރަތަމަ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމުގެ މަސައްކަތް ކްލަބްތަކާ ގުޅިގެން މިދިޔަ އަހަރު ކުރުމުން ވެސް އެކަން އެގޮތަށްނުވި ކަމަށާއި އެއީ ވެސް ފީފާގެ ސަސްޕެންޝަނެއްގެ އިންޒާރާއެކު ހުއްޓުމަށް އައި ކަމެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ބަލާއިރު ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރުވައިގެން ޕާކިސްތާނާއި ޕެރޫގެ ފުޓްބޯޅަ ސަސްޕެންޑް ކުރި ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑްވާން ނޭދޭ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

"ރާއްޖެ އަށް ފުޓްބޯޅަ ސަސްޕެންޝަނެއް އައީމަ އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާ އަށް ވުރެން ނުބައި ބަޔަކު މި ގައުމުގައި ނުތިބޭނެ އަޅުގަނޑަށް ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ގާނޫނީ ހައިސިއްޔަތު ދީފައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅުމުގެ ފުރުސަތު ވެސް ފަހިކޮށް ދިނުމަށް ފަހު ދެން އެ ހިސާބުން އެ ދެ ފަރާތް މެދުގައި އެއްބަސްވެވޭ ކަންތައްތަަކާ ހިލާފުވެގެން ދެން ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށެވެ. މިސާލަކަށް މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ވެއްޖެނަމަ ކުރިމަތީގައި އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި އޭއެފްސީ ކަޕްގައި މާޒިޔާ އާއި ޓީސީ ކުޅެން އޮތް މެޗުތައް ހުއްޓި އެތައް ކުޅުންތެރިންގެ އާމްދަނީ އަށް އަސަރުކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މަޖިލީހުން ބޭނުންވީމަ ގެނެވޭނެތާ. ހައްޔަރުކޮށްގެން ވެސް ގެނެވިދާނެ. އަމުރުކޮށްގެން ވެސް ގެނެވިދާނެ ދެއްތޯ. ގެނައީމާ އެ ކޮޅުން އެ ބަލަނީ ކިހާ ވަރެއްގެ ނުފޫޒެއްތޯ ބަލާފައި ދެން މި އަންނަނީ ސަސްޕެންޝަން .އެއީތޯ އޭ ހައްލަކީ؟ މި އަށް ވުރެން ރަނގަޅަށް ކަންތައްތައް ކުރެވެންވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ލީޑަޝިޕަށް ބަދަލު ގެނެވޭނެ ބަޔަކީ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަށް ކަމަށާއި އެ އިދާރާއާ ބެހޭ މައްސަލައެއް ތަނަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމުގެ ބާރު ވެސް އޮތީ ކްލަބްތައް އަތުގައި ކަމަށެވެ.

"ހަގީގަތުގައި އުސޫލެއްގެ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިޔަސް ރައީސުލްޖުމްހޫރިއްޔާ ވިޔަސް ސްޕޯޓްސް ކޮމިޝަނަރަށް މިކަމާ ގުޅިގެން މައްސަލައެއް ހުށަހެޅުމަށް ވުރެން އޭގެ ބާރު ހުރިހާ ގޮތަކުން ވެސް ގަދަވާނެ ކްލަބަކުން އައީމަ. އެއީ އެފިލިއޭޓްވެފައި އޮންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ގޮތުން. މިއަދު ވެސް ހުރިހާ ޝަރުތު ހަމަވާ ކްލަބްތަކަށް އެބައޮތް އެތާ ލީޑަޝިޕްގެ ނޯކޮންފިޑެންސް ނެގޭނެ. އެ ބާރު އެބައޮތް މެމްބަރު ކްލަބްތަކުގެ އަތުގައި."

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ކަންބޮޑުވާ އަނެއް ކަމަކީ އެފްއޭއެމްގެ އިންތިހާބަށް އިދިކޮޅަށް ކުރިމަތިލާނެ މީހަކު ވެސް ނެތީސް އިންތިހާބު ބާއްވަން ކުޑަވަގުތުކޮޅަކަށް ވެފައި އޮއްވައި މި ފަދަ ކަންތައްތަކެއް ކުރިމަތިވުން ކަމަށެވެ. އަދި އެފްއޭއެމުން ބޭއްވި އިންތިހާބު ރަނގަޅު ކަމަށް އިއްޔެ އޭއެފްސީން އަންގައި މިއަދުގެ ވަގުތެއްގައި ފީފާ އިން ވެސް އެ އިންތިހާބު ބަލައިގަންނަން ތައްޔާރުވެފައި އޮއްވައި ހަމައެކަނި މި ސަރުކާރުގެ ވުޒާރާތަކުން އެކަން ގަބޫލުނުކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ގޮތުގައި ގަބޫލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެފްއޭއެމް ކަންތައްތަކުގައި ލީޑާޝިޕް ބަދަލުކުރަން ކުރިން އުޅުނު ނަމަވެސް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) މައްސަލަތަކުގައި ހައްލެއް ހޯދޭނެ ކަމަށް ބަލައި އެތަކެއް ފިޔަވަޅުތަކެއް އެޅިގެންދިޔަ ކަމަށާއި އޭގެ ނަތީޖާއެއް އަދިވެސް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަހަރަކަށް ވުރެން ގިނަ ދުވަސް ވީއިރު ވެސް އަދިވެސް ވީއޭއެމްގެ މައްސަލަ އަށް ހައްލެއް ނުލިބި އެ އޮތްއިރު ވޮލީ އިން ރާއްޖެ ސަސްޕެންޑް ނުކޮށް އެ އޮތީ ވެސް ދުނިޔޭގެ ވޮލީބޯލް ޖަމިއްޔާ (އެފްއައިވީބީ)އާ ބައްދަލުކޮށް އާދޭސްކޮށްގެން އެކި ގޮތްގޮތުން ކުރެވުނު މަސައްކަތުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އޭނާ އަށް ލިބޭ ބާރުގެ ތެރެއިން މަޖިލީސް މެމްބަރުން ކުޅިވަރުގެ ތެރެއިން ހޯދަން ބޭނުންވާ ކޮންމެ މައުލޫމާތެއް ދިނުމަށާއި ޖަވާބުދާރީވާން ޖެހޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

ކުޅިވަރުގެ ގިނަ މަގާމުތަކެއް ކުރިން ފުރުއްވި އިބްރާހިމް އިސްމާއިލް ވިދާޅުވީ މީގެ ކުރިއަށް ބަލާއިރު ވެސް ސްޕޯޓްސް މިނިސްޓަރަކަށް ހުންނަ ކޮންމެ މީހަކާއި އެފްއޭއެމްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ފެނިފައި އެބަހުރި ކަމަށާއި އެ ހުރިހާ ކަމެއްގެ ތަޖުރިބާގެ އަލީގައި މިހާރު އެއްޗެއް ބުނާ ކަމަށްވާނަމަ މި ވަގުތު އޮތް އެފްއޭއެމްގެ ލީޑަޝިޕާ އެކު ކަންތައްތައް ރަނގަޅު މިސްރާބަކަށް ގެނެވޭތޯ މިނިސްޓަރު މަހުލޫފް މަސައްކަތްކުރަމުން އަންނަކަން ކަމަށެވެ.

ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި ކުޅިވަރު ގާނޫނާއި އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު އެއް ހަމައަކަށް ގެންނަން މަސައްކަތް ކުރާއިރު މީގެ އަދިވެސް ގިނަ އުނދަގޫތަކެއް ހުރިކަން އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވި އެވެ. އަދި މި ކަންކަމަށް ހައްލެއް ހޯދޭނެ މަގަކަށް އޮތީ ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވިދާޅުވީ ސިޔާސަތާއި ކުޅިވަރު އެކުގައި ކުރިއަށްދާން ޖެހޭ ކަމަށާއި އެކަމަކު މީގެ ތެރެއިން ސިޔާސީ ފައިދާއެއް ނެގޭ ގޮތަށް ވަކި ފަރާތަކުން އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތަކުގައި ހުރި ކަންތައްތަކާއި އެހެނިހެން ރަނގަޅުކުރަން ހުރި ކަންތައްތަށް ވެސް ސްޕޯޓްސް ކޮމިޝަނަރެއްގެ ހައިސިއްޔަތުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެފްއޭއެމާ ގުޅޭ ކަންތައްތަކުގައި އިތުރަށް ސާފުކުރަން ޖެހޭ މައުލޫމާތުތައް ހޯދަމުންދާ ދަނޑިވަޅެއްގައި މިކަމާ ގުޅުން ހުރި އެހެން ފަރާތްތަކުން މީޑިއާގައި މިކަމަށް ގޯސް އަސަރުތަކެއް ކުރާ ގޮތަށް ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ މިއަދު ނިންމާލިިއިރު ގިނަ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މާދަމާގެ ކޮމިޓީގެ ބައްދަލުވުމަށް އެފްއޭއެމް ހާޒިރުވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

15 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 3%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޫނި

08 July 2020

މަހުލޫފކީ ފުޓްބޯޅައިގެ އަލިފެއް ވެސް އިގޭމީހެއް ނޫން ކަން އިގިންޖެ

The name is already taken The name is available. Register?

އާރީ

08 July 2020

ސަަސްފެންޑެއް ނުކުރާނެ އެމީހުން ވެސް ވާނުވާ ނުބަލައެއް. މަހުލޫފް ވެސް އެމްއެމްފީއާރުސީ ގެ ލާރި މަހުލޫފް އެކައުންޓަށް ވަދެފަ ހުރީމަ މަންސަލަ ބަލަށް ވަޒީފާއަށް ނުނިކުމެވޭގޮތަށް ގޭގަ މަޑުކޮށްލަށް އެއްގީ. ވަޒީރު ކަމުން ނާގާ އެއްލާ ނުލާދޯ. ބަންސާމް ދަށްކާ ދެކޮޅު ނުޖެހޭ ވާހަކަ މަހުލޫފް ތި ގަބޫލު ކުރަނި. ރާއްޖެ ސަސްފެންޑް ކުރަނިއްޔޭ ކިޔާގެން. ތިއަށް ވުރެ ބޮނޑަށް ސިކުނޑި ތަނަވަސް ކޮށްބަލަ. އެހެންމީހުންގެ އަގައިން ވާހަކަ ނުދަށްކައި.

The name is already taken The name is available. Register?

މޯޑް

08 July 2020

މަހުލޫފަށް ނޭގެ ދޯ ފީފާގެ ގަވާއިދުތައް ވެސް ރަގަޅަށް. ބަންސާމް ދަށުވިޔަސް ބޮނޑް ވަރުވީ.

The name is already taken The name is available. Register?

99.9

08 July 2020

ޖުޑިޝަރީ އިސްލާހު ކުރިގޮތައް އެފް އޭ އެމް އިސްލާހެއް ނުކުރެވޭނެ މަޖްލިހާ ސަރުކާރުގެ ބާރު އޮތަސް ސިޔާސީ އެކްޓިވިސްޓުން ނުލެވޭނެ ފީފާ ގެ އަމުރައް ބޯލެބުން ނޫން އިތުރު ގޮތެއް ނެތް ނޫނީ ފައިގަ ތަޅާ ކުޅެން ތިބޭ

The name is already taken The name is available. Register?

ބޮލުރޮދި

08 July 2020

އަހަރެން ދެކޭ ގޮތާއި މަޖްލިސް ރައިސް ދެކޭ ގޮތެއް ފީފާގައި ނުހިގާނެ ފީފާގެ ގަވާއިދުތަކާއި އެއްގޮތައް ކަން ކުރަންޖެހެނީ ނޫނީ މަޖްލިސް ރައީސް ގޮވައިގެން ފައިގަ ތަޅާކުޅެން ތިބޭ.

The name is already taken The name is available. Register?

މަޒް

08 July 2020

އަހަރެން ދެކޭ ގޮތުގައި ކަމެއް ގޯސްކޮއް ދަންޏާ އެބަޖެހޭ ސަސްޕެންޑްވިޔަސް އެކަމެއް ރަނގަޅުކުރަން.. ސަސްޕެންސަނޭ ބުނީމާ ބިރުން އުޅޭނެކަމެއް ނެތް.. މާދަމާވެސް ސަސްޕެންޝަން އުވާލެވިދާނެ.. އެކަމަކު ގޯސްކޮއްދާކަމެއް ރަނގަޅެއް ނުވާނެ ގޯސްކޮއް ކަންތައްކުރާ މީހާ ގޮވައިގެނެއް.. ކޮމަންވެލްތުންވެސް ވަކިވީތާ.. އަނެއްކާ ބައިވެރިވެސްވީތާ... މާބޮޑު ކަމެއް ނުވެއެއްނުން

The name is already taken The name is available. Register?

އައިއޭ

07 July 2020

މަހްލޫފް ގެ ހިތުގައި ފުޓްބޯޅަ އަށް ލޯބި އޮތްކަން އެގިއްޖެ.. އެކަމަކު އަލީ އާޒިމް އަށް ކަންތައްތައް ވާނެ ގޮތް އެގިހުރެވެސް އެ މަސައްކަތް ކުރަނީ ދިވެހި ފުޓްބޯޅަ ސަސްޕެންޑް ކުރޭތޯ

The name is already taken The name is available. Register?

ސަންޕަދަރި

07 July 2020

އެމްޑީޕީ އަކީ މިގައުމުގެ ހަލާކު, ނިއުރޭޑިއަންޓް ހަލާކޮށްލީ އެމްޑީޕީ އަލީ ވަހީދު, ދެގޮތެއް ނުވެ އޮތް ވިކްޓްރީ ހަލާކޮށްލީ ކެނެރީގެއިން އެތަނަށް ވަދެ, މާޒިޔާއަށް ގޮވާލަން އެމްޑީޕީ ގެ ނަންކިޔަން އެނގޭ މީހަކުވެސް ތިޔަތަނާ 100 ފޫޓައްވެސް ގާތްވިޔަނުދޭތި.

The name is already taken The name is available. Register?

ފާމުލަދޭރި ކިލެގެފާނު

07 July 2020

ރައްޔިތުންގެ މަޖިލީހުގަ މިހާރު މިތިބަ މެންބަރުން ތިބެގެން ރާއްޖޭގެ އެއްވެސް ކަމެއް ރަނގަޅު މަގުން ނުދާނެ. އެފްއޭއެމްގެ ގެ ރައީސްކަން ވެސް ކުރަން މިޖެހެނީ މަޖިލިސް ރައީސް. ވެރިކަމަށް ބޫތުކައިފަ ހުރީމަ އެބަ ބޭނުންވޭ މާރުކޭޓު ގޮޅިތަކުގެ ވެސް ވެރިކަން ކުރަން. ގައުމުގެ ރައީސްކަން ނުކުރެވުނީމަ ދެން އޮތީ ގައުމު ހިންގިޔަ ނުދިނުން ކަމަށް ވާނަމަ އެއީ ގައުމަށް އޮތް ނުރައްކަލެއް.

The name is already taken The name is available. Register?

ރީނދޫ

07 July 2020

އަދި ހިއެއްނުވޭ މިމީހުން ދޫ ދޭނެހެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454