ކުޅިވަރު

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި

ޔުނައިޓެޑް ވިކްޓްރީގެ ނައްޓޭ (ވ) ކައިރިން ނިލަންދޫގެ ސައްދާމް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: މިހާރު

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިމިއާ ލީގުން ފުރުސަތު ލިބެމުންދަނީ އަބަދުވެސް އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާއިރު، އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

"(އެހެންވެ( ޕްރިމިއާ ލީގުން އަތޮޅު ތެރެއަށް ދެވިފައިވާ ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލެވިފަ އެވެ،" އެފްއޭއެމުން ނެރުނު ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް އަންނަ އަހަރު ކުރީކޮޅުގައި އަތޮޅު ފުޓްބޯޅަ އަށް ހާއްސަކޮށްގެން ބާއްވާ ޖަޒީރާ ޗެމްޕިއަންޝިޕް ބޭއްވިއްޖެނަމަ އެ މުބާރާތުގެ ޗެމްޕިއަނާއި ރަނަރަޕަށް ކުރިއަށް ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގައި އަތޮޅު ތެރެއަށް ނިސްބަތްވާ ދެ ޓީމެއް ކުޅުނެވެ. އެއީ ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އެވެ. އެ ދެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް (އަތޮޅު މުބާރާތް)ގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެންނެވެ. އެ ފަހަރު އެ ދެ ޓީމާ އެކު ތ. ތިމަރަފުށްޓާއި ބ.ފެހެންދޫ ވެސް ލީގަށް ޕްރޮމޯޓްވި އެވެ. އެކަމަކު ފުރަތަމަ ބުރަށް ފަހު ގަދަ އަށް ޓީމު ތެރޭގައި ނުހިމެނޭތީ ތިމަރަފުށްޓާއި ފެހެންދޫ ވަނީ ލީގުން ވަކިވެފަ އެވެ. ގަދަ އަށް ޓީމު ތެރޭގައި ހިމެނޭތީ ނިލަންދޫ އާއި ފޯކައިދޫ ވަނީ އެ ސީޒަން އެއްކޮށް ފުރިހަމަކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި އެފްއޭއެމް އިން ތައާރަފްކުރި ލޯކަލް ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަކޮށްގެން ނިލަންދޫ އާއި ފޯކައިދޫ ވަނީ ލީގުގައި ވާދަކޮށްފަ އެވެ. ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް މެޗު ވެސް ކުޅުނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުން އެ މުބާރާތުގެ ރަނަރަޕް ފޯކައިދޫ އާއި އޭގެ ކުރީ ސީޒަނުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ދެމެދުގަ އެވެ.

މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ވެސް ދެކެވިގެންދިޔަ އެއް ވާހަކަ އަކީ މި ސީޒަނުގައި ނިލަންދޫ އާއި ފޯކައިދޫ އަށް ލީގުން ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދުގައި އޮތް ވާހަކަ އެވެ. ފުރަތަމަ ޑިވިޝަނުން ޓީމެއް ރެލިގޭޓްވާއިރު ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށް ބުނެ އޭރު ފޯކައިދޫގެ ކޯޗު އަދި މިހާރު ގްރީން ސްޓްރީޓްސްއާ ހަވާލުވެ ހުރި ކޯޗު އަލީ ނިސްތާރު މުހައްމަދު ވެސް ވަނީ ބުނެފަ އެވެ.

Relegation ge hamahama furusatheh onnan jehey: Foakaidhoo

Relegation ge hamahama furusatheh onnan jehey: Foakaidhoo

The most trusted news source in the Maldives

Mihaaru

ފޯކައިދޫގެ ކުރީގެ ކޯޗު ނިސްތާރު ވަނީ ފޯމެޓް އޮތްގޮތުން އަތޮޅުތަކުން އަންނަ ޓީމުތައް ފުރަތަމަ ޑިވިޝަނުން ވަކިވާ އުސޫލުތައް ހަމަހަމަކޮށް އޮންނަން ޖެހޭ ކަމަށް ބުނެފައި.

އަހަރުތަކަކަށް ފަހު އެންމެ ފުރަތަމަ ޑިވިޝަނުގެ މުބާރާތަކުން އަތޮޅުތަކުން އައި ޓީމަކަށް ފުރުސަތު ލިބުނީ 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގަ އެވެ. އެ ފަހަރު ފުރުސަތު ދިނީ 2014 ވަަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންގެ ހައިސިއްޔަތުން ސ. ފޭދޫ ޓީމަށެވެ. އޭގެ ފަހުން ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން 2017 ވަނަ އަހަރުގެ ލީގުގައި ކުޅުނީ އެ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަންގެ ގަދަ ހަތަރަކަށެވެ. އެ ގޮތުން އެ އަހަރު ލީގުގައި ކުޅުނީ ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ށ. މިލަންދޫގެ އިތުރުން އއ. މާޅޮހެވެ. އަދި ފަހުން 2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕުން ތިމަރަފުށްޓާއި ފޯކައިދޫ، ފެހެންދޫގެ އިތުރުން ނިލަންދޫ ލީގަށް ޕްރޮމޯޓްވި އެވެ.

އެންމެ ފަހުން މިނިވަން ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު އެވެ. އެ ފަހުން އެ މުބާރާތް ނުބާއްވައި އޮތުމަށް ފަހު މިދިޔަ އަހަރު އެ މުބާރާތް ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުކޮށް ފަށަން ބަޖެޓް ވެސް ހަމަޖެހި ހުރިހާ ކަމެއް ކުރިމަތިވެފައި އޮއްވައި ކޮވިޑް-19ގެ ކަންތައްތައް ކުރިމަތިވުމުން އެ މުބާރާތް އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެފްއޭއެމުން މިހާރު މަސައްކަތްކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގައި އެ މުބާރާތް ބޭއްވުމަށެވެ.

22 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާވަޑި

23 July 2020

އެމް.ޑީ.ޕީ ސަރުކާރަށް ދުވަހަކުވެސް މުބާރާތްގަނޑެއް ބޭއްވިފަ އެބައޮތްބާ؟ އަންނިބޭ ދައުރު ވެސް ނިންމާލީ މުބާރާތް ނުބާވާ އިބޫބޭވެސް މިނިވަން ޗެމްޕިއަންޝިޕަށް މޮޅު ނަމެއްދީފައި ވީކަމެއް ހަރާމުން ހަރާން ތޯޗެއް..

The name is already taken The name is available. Register?

އަލް އުސްތާޒު

23 July 2020

ފޯކައިދޫއަށް ޖާސަ ނުދޭން ނިންމި އިރު އެމީހުންގެ ކުޅުމުގެ ޕާފޯމަންސަށް އެއްވެސް އެއްޗެއް ނުބުނާނަންތަ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

މިފަދަ ނޭއްޤާނި އަމަލުތަކާއިދެކޮޅަށް އިޙްތިޖާޖު ކުރުމަކީ ފީފާއާއި އޭއެފްސީ ދެކޮޅު ހަދާ ކަމެއްނޫން. އަދި އަހަރުމެން މިދައުލަތުގެ ޤާނޫނު އަސާސީން އެކަމަށް ފުރިހަމައަށް ބާރުލިބިދީފައިވާއިރު އަހަރުމެންގެ ވޯޓާއިއެކު ވެރިކަމަށް އައިސް އޮތް ޕާޓީ އާއި އަހަރުމެންގެ ފުރިހަމަ ބާރުއޮތް ޤާނޫނު ހަދާ މަހިލީހުގައި ތިއްބެވި މެންބަރުން ހޮވާފައިވާ އެމްޑީޕީއަކީ "ޙައްޤުހޯދަން އަޑުއުފުލާން ހިތްވަރުދޭ ޕާޜީއެއް" ކަމުން މާލޭގައި ކުޅޭމެޗްތަކުގައި ސްޓޭޑިއަމް ބޭރުގައި އަޑު އުފުލާންޖެހޭނެ.

The name is already taken The name is available. Register?

މުއިއްޒު

23 July 2020

އެފްއޭއެމް (މާލޭ ފުޓްބޯޅަ އެސޭސިއޭޝަން) ގެ މި ނަސްލީ ތަފާތު ކުރުމުގެ ކަންތައް އޭއެފްސީއާއި ފީފާގެ ސަމާލުކަމަށް ގެނައުމަށްޓަކާ މާލޭގައި ބާއްވާ އޭއެފްސީއާއި ވޯލްޑްކަޕް ކޮލިފައިން މެޗްތަކުގައި މުބާރާތަށް ނަގާފައިވާ މާލެ ނޫން ކުޅުންތެރިން އެންމެ ފަހުވަގުތު މެޗްގައި ކުޅުމަށް ނިކުންނަ ކުޅުންތެރިން ކުޅުމަށް ދެކޮޅުހަދާންޖެހޭ. އަދި ސަޕޯޓަރުން ދަނޑު ބޭރުގައި ރޭސިޒަމް އާއި ދެކޮޅަށް އިހުތިޖާޖު ކުރާންވާނެ.

The name is already taken The name is available. Register?

ކަންނެލި ރާޖާ

23 July 2020

މުއިއްޒު ތިބުނީ ހަމަ ރަނގަޅަށް. މިމީހުން މައިތިރި ކުރެވޭނީ ހަމަ މުޒާހަރާ ކޮށްގެން. މުޅި ދައުލަތުގެ ޙަޒާނާއަށާއި ރާއްޖޭގެ ހުރިހާ ފަޅުރަށަކަށް ވެރިވެގަތް ގޮތަށް މިހާރު އެއުޅެނީ ފީފާގެ ޤަވާއިދު ތަކާއި ޙިލާފަށް ނަސްލީ ތަފާތު ކުރުމުގެ ތެރެއިން ފުޓުބޯޅަވެސް ބަނޑު އަޅާން ވެގެން.

The name is already taken The name is available. Register?

ހުސޭނު.

23 July 2020

ތިއީ މާލޭ މީހުންގެ ކަށީގައި ހަރުލާފައި ހުރިކަމެއްތިއީ. މާލެ ނޫން ރަށަކުން އަންނަ ޓީމެއްގެ އަތުން ބަލިވުމާއި މިރަށުން ބޭރަށް ތައްޓެއް ގެންދިއުމަކީ އެމީހުން ވަރަށް ޙަސަދަވެރިވާ ކަމެއް. 1970 ގެ އަހަރު ތަކުގައި އައްޑޫ ޑީއެންސީ ކުޅެން އައީމަ މާލޭސަރުކާރުން ކަންތައް ކުރީ ބޭރު ޤައުމެއްގެ ޓީމެއް މިތަނަށް އައިސް ދިވެހި ޓީމަކާއި ކުޅެން އުޅޭފަދަ ގޮތަކަށް. ކުޅުދުއްފުށި މަގްލަސް ތީމަށާއި އޭދަފުށި އަދި ހުއްރީއްޔާ އަށާއި އައްޑޫ އެފްސީއަށް ހެދިގޮތް ބަލާބަލަ.

The name is already taken The name is available. Register?

މަސްފަތަފޮޅި

23 July 2020

ރާއްޖެތެރޭ އެއްވެސް ކުޅުން ތެރިއަކު މާލޭ ޓީމް (ޤައުމީ ޓީމޭ ކިޔާ ޓީމް) އަށް ނުކުޅުނީމަ ތިކަން ހައްލުވާނެ. ތިތަނުން ލިބޭ 10 ވަރަކަށް ހާސް ރުފިޔާ ޤުރުބާން ކޮށްލާފައި އަތޮޅާއި ރަށުގެ ޙައްޤުގައި މިއަށް ނޫނެކޭ ބުނުމުގެ ހިތްވަރު ކުޅުންތެރިންނަށް ލިބެންޖެހޭ. އަތޮޅު ތެރޭގައި ތިބި ފައިސާވެރިން ކުޅުންތެރިޔާގެ އަހަރުގެ މުސާރަ އެއްކޮށް ދީފައިވެސް އޭއެފްސީ މެޗް އެދުވަހު ނުކުޅޭނޭ ގޮތެއް ހަދާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

އެފްއޭއެމްގެ "ޙުދުމުޙުތާރުނިންމުމާއި ދެކޮޅުނަހަދާ ކައުންސިލްތަކުންތިބެއްޖެނަމަ" މާދަމާ މާލޭކައުންސިލުންނިންމާނެ ދެން މާލެއެރޭނީ އެއްކަލަ "ކުޑަސިޓީ" ހައްދައިގެންކަމަށް. # އަދި އައިޖީއެމްއެޗް ހޮސްޕިޓަލުން ރަށްރަށުގެ ރައްޔަތުންނަށް އެޕޮއިންޓްމަންޓްދިނުން ހުއްޓާލިކަން އިއުލާން ކުރުމާއިއެކު އެޗްޑީސީން އަންގާނެ 300މ ޑޮލަރުގެ ބުރިޖަށް "ކުޅަނދު މަދުމީހުން އެރުމަކީ ކުށެއް" ކަމަށް. ހަމަ އެއާއިއެކު މާލޭގެ ދުވާ ޓްރެކާއި ސްވިމިންގް ޓެރެކް މާލެނޫންމީހުން ބޭނުންކުރުންވެސްމަނާކުރާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

އެއްކަލަ މާލޭ ގޮލާމެންގެ ޙަޤީގީސިފަ މިހިރަގެން ފެންނާންފެށީ ނޫންތޯ.!! ކުރިއަށްއޮތް އޭއެފްސީ އަދި ވޯލްރޑް ކަޕް މެޗްތަކުގައި ކުޅުމުގެ ފުރުސަތުލިބޭ މާލެއިންބޭރު ރަށްރަށުގެކުޅުންތެރިން ފީފާގެ ފެއަރ ޕްލޭ އަށް އިޙްތިރާމް ކުރުމުގެ ގޮތުން "އަހަރުމެން ރޭސިސަމްއާއި ދެކޮޅުކަން ދެއްކުމަށްޓަކާ" މެޗަށް ނިކުމެފައި ނުކުޅެ ދަނޑުން ފައިބަން ގޮވާލަން. # އެފްއޭއެމްގެ މިނިންމުމަކީ ސީދާ ނަސްލީ ތަފާތު ކުރުމެއް. އިހަށްދުވަހު އެމަރިކާ މީހުން ދެއްކިފަދަ ނަމޫނާ މިކަމުގައި އަހަރުމެންދައްކާންޖެހޭ.

The name is already taken The name is available. Register?

ސާމިރު

23 July 2020

އޭއެފްސީ ކަޕް މެޗެއްގައި ކުޅެން ނިކުމެފައި ނުކުޅެ ފައިބައިފިނަމަ އެކުޅުންތެރިޔާ އަށް މާލޭގައި ނުހުރެވޭނެ. އޭނާ ޖެހޭނީ ޖަލަށް ދާން. ދަނޑު ބޭރުގައި މުޒާހަރާ ކުރާނަމަ ލޮލަށް ޖަހާނެ ކަރުނަގޭސް ހުންނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

މިއީ ފީފާގެ ޗާޓަރާއި ހިލާފު "ސީދާ ރޭސިސްޓް އަމަލެއް" ކަމުގައި ދެކެން. # މިކަމުގެ ޙަޤީގީ ބޭނުމަކީ މާލެނޫން ރަށްރަށުގެ ޓީމް ތަކަށް ފުރަތަމަ ޑިވިޝަނަށް އައުމަށް ހުރަސް އެޅުމާއި ފެންވަރު ނެތުމުންނާއި ޤަވާއިދާއި ޙިލާފު އެތައްކަމެއްގެ ސަބަބުން ފުރަތަމަ ޑިވިޝަނުން ޖާގަ ގެއްލިފައިވާ މާލޭގެ ޓީމްތަކަށް "ނުޙައްޤުގޮތުން އަލުން އެ މަޤާމް ހޯދާދިނުން" ކަން އަހަރުމެނަށް އިގޭ. # މާލޭގައި ކުޅޭ މެޗްތައް ކުޅޭދުވަހު ދަނޑު ބޭރުގައި އަހަރުމެންގެ އަޑު އުފުލާނަން. ފީފާއަށްމިކަންއިގޭނީއޭރުން.

The name is already taken The name is available. Register?

ރާއީ

23 July 2020

ކަލެއަށްތަ އިގެނީ ފީފާގެ ޤަވާއިދު ؟ އޮންނާނީ ހަމަ ރާއްޖެތެރޭ ޓީމް ތަކަށް ނުކުޅެވޭގޮތް ހަދާފަ. އަދި އަންނަ އަހަރު މުބާރާތް ކެންސަލްވެސް ކުރާނަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

ލ. ޢަތޮޅާއި ހުވަދޫ، މުލައް އަދި އައްޑޫސިޓީ ގުޅިގެން ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ދެކުނުގެ ހުރިހާ ރަށެއްގެ ޓީމްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް "އިކްއިޓޯރިއަލް ފުޓްބޯލް އެސޯސިއޭޝަން" އީ އެފް އޭ ގެ ނަމުގައި އަވަހަށް އެސޯސިއޭޝަނެއް ކައުންސިލްތައް ގުޅިގެން ރެޖިސްޓްރީ ކުރޭ. # އަދި އަވަށްޓެރި އިންޑިޔާގެ 2 ޓީމަށާއި ލަންކާގެ 2 ޓީމަށް ދައުވަތު ދީގެން 2023 ވަނަ އަހަރުން ފެށިގެން "މޭޔާރސް އިންވިޓޭޝަނަލް ސްޕަރ ކަޕް" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ތައްޔާރުވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ސަދާރން ޒޯނުގައި މާލޭ ފުޓްބޯޅަ އެސޭސިއޭޝަނުން ހިންގާ އެއްވެސް ޙަރަކާތަކަށް "އެއްވެސް ކައުންސިލަކުން އެހީތެރިކަމާއި އެއްބާރުލުން ނުދޭނެކަމަށް" ލާމް، ހުވަދޫ، މުލައް އަދި އައްޑޫ ކައުންސިލް ގުޅިގެން ގުޅިފައިވާ ޤަރާރެއް ނެރެންޖެހޭ. # މިއީ މާލޭގައި އޮތް ޖަމީއްޔާއަކުން "ރަސްމީގޮތުން ފާޅުގައި އަހަރުމެނާއި ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އިއުލާންކުރި ކުރުމެއްކަމުގައި އަހަރުމެން ދެކެން" ވަރަށް ރޭސިސްޓް ނިންމުމެއް.

The name is already taken The name is available. Register?

މޫސަ.

23 July 2020

އާ ކަލޭމެންނަކީ އަބަދުވެސް ވަކިވެގަންނާން އުޅޭ ބައެއްނޫން. ކުރިން އިޤިރޭސިންނާއި ގުޅިގެން. މިހާރު އިންޑިޔާ އާއި ގުޅިގެން ތިއުޅެނީ ވެސް އެކަން ކުރާންވެގެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 July 2020

އައްޑޫސިޓީގައި ފުޓްބޯޅައިގެ ޙަރަކާތް ހިންގުމަށާއި ސިޓީގައި ފުޓުބޯޅަ އާލާކޮށް ޤައުމީފެންވަރުގައި އައްޑޫގެ ކުޅުންތެރިން ކުޅެން ނެރުމުގެ މަޤުސަދު ޙާސިލްކުރަން ކުއްޔަކާއި ނުލާ "ފުޓުބޯޅަ އެސޯސިއޭޝަން އޮފް މާލެ" އާއި ޙަވާލުކޮށްފައިވާ އައްޑޫގެ ބިންތަކާއި އިމާރާތްތައް އެފަރާތުގެ ދަށުން ނެގުމަށް ސިޓީގެ މޭޔަރ ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ އިއްތިފާޤުން އެކަން ނިންމާންޖެހޭ. # އަހަރުމެނަށް ފުރުސަތުނެތް އެސޯސިއޭޝަނަކަށް އަހަރުމެންގެ ބިންދީގެން ނުތިބެވޭނެ.

The name is already taken The name is available. Register?

ހާމަ333

22 July 2020

އެހެންވީމަ ކަލޭ ނިދާ ތި ކޮތަރުކޮށީގެ ކުދިންކޮޅު ގޮވައިގެން ޕްރިމިއަރލީގާ ޗެމްޕިއަންސް ލީގު ކުޅެންވީނު....މަށަށް ފެންނަނީ ދަނޑަށްވެސް ނުގޮސް ޕީއެސް އިން ކުޅެން....އެއޮތީ ކަލޭމެނަށް ފުޓްބޯޅަ ކުޅެވިފަ...ބަލިވީމަ ބުނާނެ އަތޮޅުރެގަ ހުންނާނޭ މުޑިކާށި...މީހަކު އަޖައިބެއް ނުވާނެތަ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454