ކުޅިވަރު / ފާތިމަތު ދީމާ އަލީ

ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ދީމާއަށް

ދީމާ --- ފޮޓޯ: އެމްއޯސީ

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބާއްވާ ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ޝަރަފު، ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ދީފި އެވެ.

އެ ޝަރަފު ދީމާ އަށް ދިނީ އިކޮނޮމިކް މިނިސްޓްރީން އިންޓަވިއު ކުރި ފަސް އަންހެން އެތުލީޓުންގެ ތެރެއިން އިންޓަވިއު ޕެނަލްއަށް އެންމެ ކަމުދިޔަ އެތުލީޓަކަށް ދީމާ ވުމުންނެވެ. އިކޮނޮމިކް މިނިސްޓްރީން އިންޓަވިއު ކުރީ ޔޫތު ސްޕޯޓްސް މިނިސްޓްރީން ފޮނުވި ލިސްޓުގައި ހިމެނު ފަސް އެތުލީޓުންނާ އެވެ. އެ ލިސްޓް ޔޫތު މިނިސްޓްރީން އެކުލަވާލީ ބައިނަލްއަގްވާމީ ކުޅިވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އަންހެން އެތުލީޓުންގެ ތެރެއިންނެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑް އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު މީގެ ކުރިން ރާއްޖެއަށް ތިން ފަހަރު ލިބުނެވެ. އެގޮތުން ސްޕެއިންގެ ޒަރަގޯޒާ ގައި 2005، ޗައިނާގެ ޝަންހާއީގައި 2010 އަދި އިޓަލީގެ މިލާންގައި 2015 ގައި ބޭއްވި ވޯލްޑް އެކްސްޕޯގައި ވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ މަދަނީ ތަރައްގީ އާއި ހަޟާރަތާއި ކުރިއެރުން ރަމްޒުކޮށްދޭ އެންމެ ބޮޑު ހަރަކާތް ދުބާއީގައި ކުރިއަށް ދާނީ މި އަހަރުގެ އޮކްޓޯބަރު 1 އިން އަންނަ މާޗް 31 3 އަށެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް 197 ގައުމަކަށް ޔޫއޭއީ އިން ވަނީ ދައުވަތު ދީފަ އެވެ.

އެކްސްޕޯގެ އެންމެ ހާއްސަ ހަރަކާތަކީ ކޮންމެ ގައުމެއް ތަމްސީލު ކުރަން ފުރުސަތު ލިބޭ "އޮނާ ޑޭ" އެވެ. ވޯލްޑް އެކްސްޕޯގައި ރާއްޖެ ތަމްސީލު ކުރަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 25 ގަ އެވެ. އެކްސްޕޯގައި ރާއްޖޭގެ ސަގާފާތާއި ހަޟާރަތު ދައްކުވައިދޭ ގޮތަށް ހިނގަލުމެއް އޮންނާނެ އެވެ. އެ ހިނގާލުމުގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އެވެ.

ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިފަހަރު އެކްސްޕޯގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު އަންހެން އެތުލީޓަކަށް ދިނުމަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ވިސްނުންފުޅެއް ކަމަށް އެތުލީޓުންނާ އެކު ކުރިއަށް ގެންދިޔަ އިންޓަވިއު ޕެނަލްގައި ވެސް ހިމެނިވަޑައިގެންނެވި އިކޮނޮމިކް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވި އެވެ.

"ޔޫތު މިނިސްޓްރީން އަޅުގަނޑުމެންނަށް ފޮނުވި ފަސް އަންހެން އެތުލީޓުންނަކީ ވެސް އިންޓަނޭޝަނަލް އެކި ގޭމްސްތަކާއި މުބާރާތްތަކުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލީޓުން. އެހެންވެ އޭގެތެރެއިން ވަކި އެތުލީޓެއް ނުނަގައި ދޫކޮށްލެވޭ ވަރުގެ އެއްވެސް އެތުލީޓެއް ނެތް،" ޓެނިސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި އަދި މިހާރު ވެސް އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޔޫސުފް ރިޒާ ވިދާޅުވީ އެވެ.

"ދެން އަޅުގަނޑުމެން ބެލީ އެތުލީޓުންގެ އުމުރަށާ އަދި ހޯދާފައިވާ ކާމިޔާބުތަކަށް. އެގޮތަށް އެންމެ ޒުވާން އަދި އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ އެތުލީޓަށް ހުރީ ދީމާ. އެގޮތު ދީމާ ސެލްކްޓް ކުރީ."

މިދިޔަ އަހަރު ދުބާއީގައި އެންމެ ފުރަތަމަ ބާއްވަން އޮތް އެކްސްޕޯ، މި އަހަރަށް ފަސް ކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ދުބާއީ އެކްސްޕޯ ވެގެންދާނީ، އިންޓަނޭޝަނަލް އިވެންޓެއްގައި ރާއްޖޭގެ ދިދަ ދީމާ އުފުލާ ދެ ވަނަ ފަހަރަށެވެ. މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރފު ވެސް ދިފައި ވަނީ ދީމާ އަށެވެ.

ދުނިޔޭގެ ޓީޓީ ފެޑްރޭޝަން، (އައިޓީޓީއެފް) ގެ އިންޓަނޭޝަނަލް ޓީޓީގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ އަށް ވަނައިގައި އަދި 17 އަހަރުން ދަށުގެ ކެޓެގެރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ވަނީ ހިމެނިފަ އެވެ.

ރޭންކިންގެ 15 އަހަރުން ދަށުގެ އަށް ވަނައިގައި ދީމާ ހިމެނުނީ 1،028 ޕޮއިންޓް ހޯދައިގެންނެވެ. މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ، ރާއްޖޭގެ ކުޅިވަރުގައި އިންޓަނޭޝަނަލް ގޭމްސް އަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އެ ގޭމްސްގެ އަންހެން ޓީޓީ އިވެންޓުގެ ހުރިހާ ރަން މެޑައްޔެއް ދީމާ ވަނީ ހޯދައިފަ އެވެ.

ޔޫތު ސްޕޯޓްސް މިނިސްޓްރީން ދިން ފުރުސަތުގައި ތަމްރީންވެ ދީމާ ވަނީ ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުން ރިހި މެޑަލް ހޯދައިފަ އެވެ.

ޑިސެމްބަރު 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުން ރާއްޖޭގެ ޓީމު ހޯދި ބްރޯންޒް މެޑަލް އަކީ އެސްއޭ ގޭމްސްގެ ޓީޓީ އިވެންޓަކުން މިހާތަނަށް ލިބުނު ހަމައެކަނި މެޑަލް އެވެ. އެ މެޑަލް ރާއްޖެ އަށް ހޯދައިދިނުމުގައި ވެސް ދީމާ ބޮޑު ހިއްސާއެއްވި އެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެމް ބީ އޭ

19 July 2021

ތީ ވަރައް ކަޑަ ކަމެއް ބާސްކެޓް ގަ ރިސްމާ ، އަ ދި ޒަބީ މެން ތިއްބަ ދިދ ދަ އުފުލަން ދީމާ ކަހަލަ ކުޑަ ކުއްޖަކައް ދިނުން އަ ދި ތަޖުރިބާ ވެސް މަ ދު

The name is already taken The name is available. Register?

މާސްޓރ

16 July 2021

ތީ ދިވެއްސެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454