ޚަބަރު / ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބޭ މަންޒަރު ދެކެން ބޭނުން: ޖަމީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޖަމީލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ކެނެޑާގެ ސަފީރު ގޯޑަން ކެމްބްލެއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އިދިކޮޅު އިއްތިހާދުން ގައުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެ އިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރުގައި މިހާރު ދިރިއުޅުއްވާ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކުލަވައިލި "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން"ގެ އޮފީހެއް ސްރީ ލަންކާގައި ހުޅުވަން ބޭއްވި ހަފުލާގައި ދެއްވި އޯޑިއޯ މެސެޖެއްގައި ޖަމީލް ވިދާޅުވީ ހިޔާލު ތަފާތު އެތައް ބަޔަކު ގުޅުނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކަމަށެވެ. ހައްގުތައް ހޯދަން ކުރާ މަސައްކަތުގައި، އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބާއްވާ މަންޒަރު ދެކެން ބޭނުންވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މި ކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑު ދެކެން ބޭނުންވޭ ރައީސް ނަޝީދަށް ރާއްޖޭގައި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާން. ސިޔާސީ އެހެން ބޭފުޅުންނަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާން،" ޖަމީލް ވިދާޅުވި އެވެ.

ބޮޑު މަންޒަރަށް ވިސްނަން އެބަ ޖެހޭ، އެއީ ރާއްޖޭގެ ޑިމޮކްރަސީ. ހިޔާލު ތަފާތުވުންތަކަށް ވުރެ ޑިމޮކްރަސީ މުހިއްމު، ރައްޔިތުންގެ ހައްގުތައް މުހިއްމު. --ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވެ ޖަމީލް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި "ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު ފަނޑުވެ، ހައްގުތައް ހަނިވެ، ވެރިކަމުގެ ޖާހާއި ލައްޒަތު ބޮޑުވެގެންދާ" ކަމަށެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ އޮފީހެއް ލަންކާގައި ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ.

ބާތިލާއި ހައްގު އޮޅުވައިނުލުމާއި އެނގި ތިބެގެން ހައްގުތައް ނުފޮރުވުމަކީ ދީނުގައި އަންގަވާފައި އޮންނަ ގޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންވެ ކަނޑައެޅިގެން ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވާ މަންޒަރު ބަލަން ތިބެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ ހުދުމުހުތާރު ވެރިއެއް، އެ މަނިކުފާނުގެ ވެރިކަން މިސްރާބު ޖަހާފައި ވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް،" ޖަމީލް ވިދާޅުވި އެވެ.

ކޮލަމްބޯގައި ހުޅުވި އޮފީހަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް މުހިއްމު މަސައްކަތްތަކެއް ކުރާނެ ތަނެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އިދިކޮޅު އިއްތިހާދުގެ މަސައްކަތް ލަންކާގައި ފެށުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސެއް ލަންކާގައި ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

ލަންކާގައި ޑިމޮކްރަސީ އިއާދަވެގެން ދިޔަ ގޮތަކީ ރާއްޖެ އަށް ނަމޫނާއެއް ކަން ފާހަގަކުރައްވައި، އެ ގައުމުން ދިއްލުނު ހުޅުކޮޅުން ރާއްޖެ އަށް އަލިކަން ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ. އިއްތިހާދުގެ މަގްސަދު ވަރަށް ސާފު ކަމަށާއި ބޭނުމަކީ، ޖަމީލް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމެވެ.

"ބޮޑު މަންޒަރަށް ވިސްނަން އެބަ ޖެހޭ، އެއީ ރާއްޖޭގެ ޑިމޮކްރަސީ. ހިޔާލުތަފާތުވުންތަކަށް ވުރެ ޑިމޮކްރަސީ މުހިއްމު، ރައްޔިތުންގެ ހައްގުތައް މުހިއްމު،" ޖަމީލް ވިދާޅުވި އެވެ.

27 ކޮމެންޓް, 177 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 2%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖައިސަމް

13 June 2016

ޖަމީލު އުނބަށް ޖެހީ

The name is already taken The name is available. Register?

ވިސްނާމީހާ

13 June 2016

ކަލޯގެޔާ މިއޮތީ އަނެއްވާހަކަ ކޮންމެ ގޮތެއްވިޔަސް މިހާރުގެ ރައީސް ޔާމީންއާއި ކުރީގެ ރައީސް ވާދަކުރީ ކިތައްފަހަރުތޯ ފުރަތަމަ ވާދަކުރި އިންތިޚާބުގައި ރައީސްޔާމިން އަށް %25 ލިބުނު އިރު ކުރީގެ ރައީސްއަށް ލިބުނީ %45 އެފަހަރު ކެންސަލް ކުރީ ކޯޓުން ދެވަނަ ފަހަރު ކުރިމަތިލައިގެން ރައީސްޔާމިން އަށް %29 ލިބުނު އިރު ކުރީގެ ރައީސްއަށް ލިބުނީ %46 އެފަހަރު އެއީ ފުރަތަމަ ފަހަރަށްވެ ދެވަނަ ބުރަށް ދިޔައީ ތިންވަނަ ފަހަރު ރައީސްޔާމިން އަށް %51 ލިބުނު އިރު ކުރީގެ ރައީސްއަށް ލިބުނީ %48 އިން ބަލިވީ އެހެން ކަމަށް ވާނަމަ ކުރީގެ ރައީސް ނަޝީދު އެހުރީ ތިންފަށްވަރިއަކުން ވަރިވެފައި ކުރީގެ ރައީސް ނަޝީދަށް %45 އިންސައްތައިން %48 އިންސައްތައަށް ކުރިއެރުން ލިބުނީ މިހާރުގެ ރައީސް ޔާމީން %25 އިންސައްތައިން %51 އިންސައްތައަށް ކުރިއެރުން ހޯދި ވައި؟ ކުރީގެ ރައީސް ނަޝީދު އަށް އެންމެ %03 ޕަސެންޓް އިތުރު ކޮށްލެވޭނެ ގޮތެއް ހަމަ ނޭގުނީބާ؟ ވާދަކުރޭ މިތިބީ ބަލަން

The name is already taken The name is available. Register?

މޮހޮދޭ

12 June 2016

ޔުނައިޓެޑް ފިލި ކުދިންކޮޅު ކިއްޔާ މާ ތާހިރުވާނެ!

The name is already taken The name is available. Register?

ޫުޔާ

12 June 2016

ހުދުމުހުތާރު ވެރިކަމެއް ބަދަލު ކުރަން އެމްމެ އެކަށީގެންވަނީ ހަމަ އަންނި

The name is already taken The name is available. Register?

ޖޮބޭ

12 June 2016

ޖަމީލް ވިދާޅުވިޔަސް ތިޔަޢީ ސިޔާސީ ވާހަކަޔަކަށް ޤަބޫލު ކުރެވޭކަށެއް ނެތެވެ. ނަޟީދުއަކީ ކުއްވެރިއެއް. ނިމުނީ ..މީ ސާފު ޙަޤީޤަތެއް. ބަޙުސް ކުރުމަށް ފުރުޞަތެއް ނެތެވެ.

The name is already taken The name is available. Register?

ޒާ

12 June 2016

އިނގިރޭސިވިލާތުގެ އިންތިޚާބުތަކުގައި ނަޝީދު ވާދަކުރުމުގެ ފުރުސަތު އޮތީ ލިބިފަ. އެކަމަކު މިރާއްޖޭން ދެން ތިޔަ ނަޝީދަށް ސަލާމް.

The name is already taken The name is available. Register?

ސާމާ

12 June 2016

އަސްލު އަންނި ވަރަށް މޮޅު، އޭނައަށް ދެރެ ބަސް ބުނި ގިނަ އަނގަ ތަކުން އޭނަ އަށް ތައުރީފު ކުރުވާ މަންޒަރު މި ފެންނަނީ. ދެން އަންނި އަށް ވާދަ ކުރެވޭނީ ޖަލުގެ ރައީސު ކަމަށް،، ހަހަހަހާ

The name is already taken The name is available. Register?

ހަސަން

12 June 2016

ހޮވުނިއްޔާ ހަވާލުކުރާނަންތޯ ޖަމީލޫ؟

The name is already taken The name is available. Register?

ފަaސީހު

12 June 2016

ޖަމީލޫ؛ ކަލޯ މިހާރު ތިޔަ ގޮވަނީ ކޮން އެއްޗެކޭތަ . މިހާރު ނަޝީދު އެހެރީ ޞިރާތުމަގުގައިތަ ، ޖަމީލު ތިޔަ ހުންނެވީ އެމަގު ބަލަހައްޓަންތަ. މަ ހީހީ ހަލާކު

The name is already taken The name is available. Register?

މުހައްމަދުރ

12 June 2016

އިންތިހާބް ވިޔަސް ހަވާލުނުކުރާނަމޭ ޖަމީލް ބުނުމުން ކޮންމެމީހަކުވެސް ބަލަނީ އެބަހުގަ ހިފާ ދެމޭތޯއެވެ. ޑޮކްޓަރ ޖަމީލްމެންފަދަ އިލްމީ ގާބިލް ބޭފުޅުން އަދިވެސް އެކަހަލަކިތަންމެބަހެއް އަދި ގައުމަށް މަންފާއާއި ލާބަހުރި ކިތަންމެކަމެއްކޮށްދޭނެއެވެ. މިވަގުތަށް މިހިންމީ ގައުމު ސަލާމަތްކޮށް ޑިމޮކްރަސީގެ ރީތި ގޮތްތަށް އަށްގެންނެވުމެވެ.

The name is already taken The name is available. Register?

ޙުަސަައިން

12 June 2016

މިޤައުމު މިހިސާބައް ވައްޓާލުމުގެ އަޑީގަ ހުރި އެކަކީ ޖަމީލުކަން ހަދާން ނުނެތޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454