ޚަބަރު / ހިޔާ ފްލެޓްތައް

ހާހެއްހާ އާއިލާއާ އެކު ހިޔާ ފްލެޓްތަކުގެ އާބާދީ 5،000 އަށް

ހުޅުމާލެ ދެވަނަ ފިޔަވަހިގައި އަޅާފައިވާ ޓަވަރުތަކުގައި މީހުން އުޅެން ފެށުން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި މިހާރު 5،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ލަފާކުރެވޭ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބުނީ ސެޕްޓެމްބަރު މަހު ފްލެޓްތަކުގައި މީހުން އުޅެންފެށި ފަހުން މިހާރު ހާހެއްހާ އާއިލާ ދިރިއުޅެން ފަށާފައިވާ ކަމަށާއި މިއިން ކޮންމެ އާއިލާއެއްގައި އެވްރެޖްކޮށް ފަސް މީހުން އުޅޭނެ ކަމަށެވެ.

ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި މީހުން އުޅެން ފެށުމުން 35،000 އަށް ވުރެ ގިނަ މީހުން އެތަނުގައި އުޅޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމަކު މި ފްލެޓްތަކަކީ އެއްކޮށް ނިންމާފައި ހުރި ތަންތަނަށް ނުވާތީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމައިގެން ނޫނީ ދިރިއުޅެން ނުފެށޭނެތީ އަދިވެސް ގިނަ ބަޔަކު އެތަނުގައި އުޅޭކަށް ނުފަށަ އެވެ.

ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދިން މުއްދަތުގައި އެ ތަނުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު މި މުއްދަތުގައި އެތަނުން އެއްވެސް ކުއްޔެއް ނުނަގާނެ އެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގަން ސަރުކާރުން ނިންމި ނަމަވެސް ފިނިޝިން އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނުނިމިއްޖެ ނަމަ މުއްދަތު އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޑީސީން ރައްޔިތުންގެ މަޖިލީހުގައި ވަނީ ބުނެފަ އެވެ.

މިހާރު ހުޅުމާލޭ ފޭސް ދޭއްގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާތީ އެޗްޑީސީން އަންނަނީ ޖެނުއަރީ މަހުގެ ކުރިން އެ ސަރަހައްދުގެ މަގުތައް ހަދައި އަލިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ވެސް އަވަހަށް ނިންމުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކަށް ބާރު އަޅަމުން އަންނަ ކަމަށް އެޗްޑީސީން ބުނެ އެވެ.

28 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަނިކުފާނު

26 November 2021

އައިލެންޑް ޝިޕްމެންޓު އަޅާލީ ދޯ! ހަހަހަހަހަ

The name is already taken The name is available. Register?

މެތު ގެ ވަބާ!

26 November 2021

5000 ތަ؟ ފުދޭވަރެއްގެ އާމް ދަނީ އެއް އުފެއްދޭނެ ތިތަނުން! ޑްރަގް ވިޔަފާރީގެ ކަސްޓަމަރުން ކޮޅެއް. ކުރިއައް ޖީލްތައްވެސް ވާނީ ދާއިމީ ކަސްޓަމަރުންނައް!

The name is already taken The name is available. Register?

ޭއެޗް

26 November 2021

ޢެޗްޑީސީން ޖެއްސުންނުކުރާނަމަ މިހާރު 10 ހާސް މީހުން ބަދަލުވާނެ. މަގުތައް އޮޮތީ ބަންދުކޮށްފަ، މިސްކިތެއް ސުކޫލެއްނެތް. ދެން ކޮން ސާވޭ އެއް ކުރާކަށް. ޢަހަރުމެން އިރާދަ ކުރެއްވިއްޔާ ހިޔާގަ ކުރިޔަށް އޮތް 30 އަހަރު އުޅޭނަން. ޢެކަމް އެޗްޑީސީގެ މެނޭޖްމަންޓް ގައި ތިބި ސިޔާސީ ވެރިން ވަޒީފާ ގެއްލޭނެ 2023 ގެ އިންތިހާބައްފަހު. ޢަހަރުމެން މިތިބީ މިފަހަރު ނަތީޖާނެރެން.

The name is already taken The name is available. Register?

އަނާރާ

26 November 2021

އެތާ މާގިނަ މީހުނެއް ނޫޅޭނެ. އެއީ ހިތްދަތި ލައިފެއް.

The name is already taken The name is available. Register?

ވަހީދު

26 November 2021

ފްލެޓާއި މެދު ހިތްހަމަ ނުޖެހޭ މީހުން އެފްލެޓްތައް ދޫކޮށްލުން އެދެން.

The name is already taken The name is available. Register?

ވޯލްޕް

25 November 2021

މިއީ ރާއްޖެ ކަހަލަ ކުޑަ އާބާދީއެއް ޤައުމެއްގައި ސޯޝަލް ހައުސިންގެ ގޮތިގައި ހަދަންޖެހެ ވަރަށް ވުރެ މާ އިސްމިނުގައި ހަދާފައިވާ ޕްރޮޖެކްޓެއް. ތަނުގައި ދިރިއުޅެނީ ސީދަ ކިތަަށް މީހުންކަންވެސް ބެލޭނެ ނިޒާމެއް އިސޫލެއް ނެތް. ދެން މި ތަނުން ނުކުންނާނެ އިޖްތިމާއީ މައްސަލަތަކުގެ ދަރަޖަ ވިސްނަލާ.

The name is already taken The name is available. Register?

ޕާޓޭން

25 November 2021

ފްލެޓް ތަކުގެ ސައިޒު ވެސް ގޯހެއް ނޫން އަގުތަށް ވެސް އަތް ފޯރާ ހިސާބަށް ތިރިވެއްޖެ މިހާރު އޮތީ ޕާޓޭންގެ ކިބައިން އެތަން ސަލާމަތް ކުރަން ދިވެހި ފުލުހުން ނިކުންނަން އެބަޖެހޭ ލިފްޓް ތަށް ވެސް ކޮންޓްރޯލް އޮތީ އެމީހުން އަތުގަ ކޮންމެ ލިފްޓަކާ ހަވާލް ވެގެން ތިބެނީ މިމީހުން އަރުވަނީ ވެސް މިމީހުން އަރާގޮތަށް ތޫނު ހަތިޔާރު ހިފައިގެން ތިބެނީ ފައިސާ އަންހެން ވެރިން އަޅައިގެން ތިބޭ ރަން ތަށް ފޭރެން މަސައްކަތް ކުރަނީ ލިފްޓް ތައް ކައިރި އެހާ އަންރދިރި ރޭގަންޑު..

The name is already taken The name is available. Register?

ވޯލް

25 November 2021

ބަލަ ގަމާރަ، އެހެން ވެގެންނާ މީހުން ބުނަމުންއައީ ތިތަން ހަދާފަ ދިހުރީކީ ރަގަޅަކަށް ނޫނޭ. އެކަމަކި ގޯސްވީވެސް އެހަން ބުނާ މީހުން. ކޮންމެ ފުލެޓެއްގައި ލިފްޓެއްގައި ފުލުހެއް ބެހެއަޓޭތަ؟؟؟ ކޮންމެ ފުލުހަކަަށް ޚަރަދު ކުރަނީވެސް ހުރިހާ ރައްޔިތުންގެ ފައިސާއިން. އެހެން ވެއްޖެޔާ ކޮންމެ ގެއެއްގެ ދޮރާށި ކުރިމަތީގަވެސް ފުލުހުން ބައިތިއްބަންޖެހޭނެ ނޫންތަ؟؟؟

The name is already taken The name is available. Register?

އޯލްޑް ގާއީ

25 November 2021

ގަމާރީ ކާކުކަމެއް އޮޅިއްޖެ ކަލޯ ތި އުޅެނީ 21ވަނަ ގަރުނުގަތަ ނޫނީ 60ގަތަ އަދިވެސް ސީސީޓީވީ ކެމެރާ ކިޔާ އެއްޗެއް ގެންގުޅޭ ވާހަކައެއް އަޑު އެހިންތަ މީންދުވަހަކުވެސް ނުކިޔަވާ ހުއްޓަސް ތީ ބޮޑުވަރެއް ޒަމާނަށް ފެތިބަލަ

The name is already taken The name is available. Register?

ޙިޔާ2023

25 November 2021

ޙިޔާފުލެޓުގެ ފިނިޝިންގެ މަސައްކަތަކަށް މައުލޫމާތު ހޯދަން އެޗްޑީސީ އަށް ގުޅުމުން އެތާގެ މުވައްޒަފު މުއާމަލާތު ކުރީ ވަރަށް ރޫޑްކޮށްް. ޢެއްވެސް ޕްރޮފެޝަނަލިޒަމް އެއްް ނެތް . ޢަޅުގަނޑު އޮޅުންފިލުވަން ބޭނުންވި މައުލޫމާތު ނުލިބެނީސް ފޯން ކަނޑާލާފި. ޢެއީ މެނޭޖްމަންޓުން އަންގާފަ އޮންނަގޮތްކަމަށް ވަންޏާ ވަރަށް ދެރަ. ކުރީ ސަރުކާރުދެކެ ސުހެއިލް ކިތަންމެ ނަފްރަތެއްް ކުރިޔަސް އަޅުގަނޑުމެންނަށް ދަތިކޮށްގެންނުވާނެ. ޢަޅުގަނޑަކީ އެއްވެސް ޕާޓީއެއްގެ މެމްބަރެއްނޫން

The name is already taken The name is available. Register?

ޭެޢެޗްޑީސީފެއިލްޑް

25 November 2021

މިނިސްޓަރ އަސްލަމްއަށް އަދި ނާގާބިލް ސުހެއިލްއަށް ހަނދާންކޮށްލަދޭން ބެނުންވަނީ، ވޭތުވެދިޔަ 2 ރިޔާސީ އިންތިހާބުގަވެސް ދެވަނަބުރުގައި 2 ކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 15000 އަށްވުރެ ދަށުގައި. ޙިޔާގައި އުޅޭނެ 30000 ހާސްގެ އާބާދީއެއް. ވީމާ ހިޔާވެރިންނަށް ތިކުރާ ޖެއްސުމުން ގެއްލުންވާނީ ތިބޭފުޅުންގެ ޕާޓީއަށް ތިބޭފުޅުންގެ ސަރުކާރަށް. 2023 އަހަރުމެން ނަތީޖާ ނެރޭނަން.

The name is already taken The name is available. Register?

ރަތްހަސަނު

25 November 2021

ޕާޓޭން ކޮމެންޓް ނުކޮއްބަލަ، ސަރުކާރަށް ބިރުދެއްކުމަކީ ވަޅިހިފައިގެން ފައިސާހޯދަން މީހުނަށް ބިރުދެއްކުން ކަހަލަކަމެއް. ތިވައްތަރައް ކޮންމެކަމެއް ބޭނުންވާއިރައް ވޯޓޭކިޔައިގެން އޭރެއްގަ އޮންނަ ސަރުކާރަކަށް ބިރުދައްކަންވެއްޖެއްޔާ އަހަރެންވެސް ނުކުންނާނީ ބިރުދައްކައިގެން ކަންކަން ހައްލުކުރަން. ތިވައްތަރައް އުޅޭ މީހުން ފިހާރަޔަކަށް ވަނަސް ބޭނުން އެއްޗެއް ނަގާފަ ވަޅިން ބިރުދައްކާފަ އެތިކޮޅު ހިފައިގެން ދާންވީނު.

The name is already taken The name is available. Register?

ހާމިދު ޝާހިދު

25 November 2021

ޔާމީންގެ ވިޝަނަރީ ނިންމުގެ ދަށުން އަދި ކުޑަ މިންވަރެއް ތިޔަ ހާސިލުވީ. 5000 މީހުން. އެމަނިކުގެ ވެރިކަމެއް ނަމަ، ތިއަދަދު 10 ގުނައަށް އިތުރު ކޮށްދެއްވާނެ ގްރޭޓާ މާލޭ އޭރިއާއިން. އަދި މާލެއަށް އޮތް ބާރު ކުޑަކޮށްދޭނެ. އެއީ، ފިސާރި މޮޅު، ކުޅަދާނަ ބޭފުޅެއް. އަވަހަށް އެމަނިކުފާނު މިނިވަން ކުރޭ.

The name is already taken The name is available. Register?

ލަދުދޯ

25 November 2021

ތިބުނާ މީހެއްގެ ވިށަނަރީކަން ގިނަ ދިވެހިން ބޭނުމެއްނުވޭ، އެހެންވީމަ، އޭނަ ވެރިކަމުން އެއްފަރާތްކޮށްފަ، ކުރި ވައްކަންތަކުގެ ތެރޭން ފަހަރަކު ކަމެއް ބަލަމުން އެދަނީ. ކަލޭމެން ތީ ހާދަ ގޮތްކުޑަ ބަޔެކޭ، ބަލަ، ވެރިކަމަށް އަރަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭން، ތިމާ ބޭނުންހާ ގޮތަކަށް ތިޖޫރި ކޮޅާލާކަށް ނޫން، ވަގުން ޖަލުގަ ބަހައްޓާ.

The name is already taken The name is available. Register?

ހަޔާތްކުޑަ

25 November 2021

"ލަލުދޯ" އަދި މާގޮތްކުޑަ ، ޔާމީނު ވައްކަން ކޮށް ތިޖޫރި ލޫޓުވާ ވަރަކަސް އަހަރުމެންގެ ފޮލެޓްތައް ފުރާލާ، ހާދަ ފާގަތި ކޮށޭ ޔާމީނުގެ ފަސް އަހަރުމެން އުޅުނީ، މިހާރު އެހެންތަ، ކިހާ ހާލެއްގައި މިއުޅޭނީ .. ކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށެއް ނުދެވުނު ތާ ހަދަނީ ހުސް ދޮގު

The name is already taken The name is available. Register?

ވޯލް

25 November 2021

ވިޝަނަރީ ވީމަ މީހުން ގެންގޮސް ތޮށްޖަސަނީ. ހޭބަލި ވެދާނެ. ތިޔަ ތަބްތަން 2.5 ބުރިއަށް އެޅިވެސް ވޯޓަަ އަމިޢްލަ މަންފަ ހޯދަން. އެވޯޑްކޮށްފަ އޮތީ އެންމެ ބޮޑު އަގު ހުށައެޅި ފަރަަތައް.

The name is already taken The name is available. Register?

ރަތީބާ

25 November 2021

"ވިޝަން ވައްކަން" ދެން މިގައުމަކު ނުހިގާނެ.

The name is already taken The name is available. Register?

ޙަބީބު.

25 November 2021

މާދަމާ އަސްލަންޓޭ ބުނާނެ ހުރިހާމިހުން ލާފަ ފުލެޓު ތަޅާލަން ކޮންކަހަލަ ނާގާބިލު ސަރުކާރެއްމީ ހިޔާ ފުލެޓުގައުޅޭ އެކަކުވެސް މިސަރުކާރައް ވޯޓުނުދޭތި

The name is already taken The name is available. Register?

ތަޅާލާ

25 November 2021

ތީހަމަ ހަދާފައޮތް ވަރަށްބޮޑު ގޯހެއް. އެއްވެސް ސަރުކާރަކަށް ތިތަން ކޮންޓްރޯލް ކުރެވިދާނެހެނެއް ހިޔެއްނުވޭ!!! ތިތަންވާނީ "ސްލަމްސް"އަކަށް، ސްލަމްސް ތަކުގާ ހުރިހާ ކްރައިމްސް ހިގާނެ، ހުއްޓުވަން ދަތިވާނެ، މާލޭގަހުރި ފްލެޓްތައް އެއީ އޭގެ ކުޑަ މިސާލެއް، ތީ ހަމަ ބޮޑު ވަބާއަކަށް ވާނެތަނެއް. ބަލަންތިބޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454