މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާ ލޯގޯ ތައާރަފުކުރުން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
28 ނޮވެމްބަރ 2021 - 14:35
މާލޭ ހުކުރު މިސްކިތުގެ މުންނާރު ރަމްޒުކޮށްދޭ ގޮތަށް ޑިޒައިން ކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ ލޯގޯ ބަދަލުކުރުމުން އެ ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އާ ލޯގޯ ތައާރަފްކޮށް، ދެއްކި ޕްރެޒެންޓޭޝަންގައި ބުނީ އާ ލޯގޯ ހަދާފައިވަނީ ދިވެހި ވެރިކަމުގެ ނިޝާން އަސްލެއް ކަމަށް ބަލައިގެން ކަމަށެވެ.
ކައުންސިލުން ބުނީ މި ލޯގޯ އިން ރަމްޒުކޮށްދެނީ މާލޭގެ ހަ އަވަށް ކަމަށެވެ. އެއީ އަވަށްތަކަށް ނިސްބަތްކުރާ ކުލަތަކުންނެވެ.
— Dr Mohamed Muizzu (@MMuizzu) November 27, 2021
މާލޭ ސިޓީ ކައުންސިލްގެ އާ ލޯގޯ.
އެއީ ހެންވޭރަށް ގަދަ ނޫކުލަ، ގަލޮޅަށް ފެހިކުލަ، މައްޗަންގޯޅި އަށް އަޅިކުލަ، މާފަންނަށް ފިޔާތޮށިކުލަ، ވިލިމާލެ އަށް ދަނބުކުލަ އަދި ހުޅުމާލެ އަށް ވިލުނޫކުލަ އެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ކައުންސިލްގެ މި އާ ލޯގޯގައި މާލެ ރަމްޒުކޮށްދޭ އެއްވެސް ނިޝާނެއް ނެތް ކަމަށް ބުނެ އެވެ. ކުރީގެ ލޯގޯގައި ބޭނުންކޮށްފައިވާ މުންނާރުން، މާލެ އާއި ދިވެހިންގެ ސަގާފަތާއި ދީން ރަމްޒުކޮށްދޭއިރު، އެ ލޯގޯ ބަދަލުކުރަން ޖެހުނު ސަބަބެއް ނުވިސްނޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ކައުންސިލްގެ ކޮންމެ ދައުރެއްގައި ލޯގޯ ބަދަލުކުރާތީ ވެސް ފާޑުކިޔާފައިވެ އެވެ.
Mr Mayor, this should have been finalised after a public consultation. Community engagement is the essence of the councils work.
— MSM 🇲🇻 (@shafeeg) November 28, 2021
"މާތްވި އިސްލާމްދީން އަދި ދިވެހިންގެ އަމިއްލަ ވެރިކަމާއި މިނިވަންކަން، ބައިވަރު އެތައް މަނާއެއް ދޭހަވާ ލޯގޯއެއް، ސިޔާސީ ކުލަޖައްސައިގެން ބަދަލުކުރީ ކަނޑައެޅިގެން ޖެއްސުމަށް މީހުން ރުޅިއަރުވަން،" މީހަކު ކުރި ޓުވީޓެއްގައިވެ އެވެ.
ބައެއް މީހުން ތުހުމަތުކުރި ގޮތުގައި ކައުންސިލުން މި ލޯގޯ ބަދަލުކުރީ މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެޖޯރިޓީ އޮންނަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކުލަ އޭގައި ހިމެނުމުގެ ނިޔަތުގަ އެވެ.
New one. Only If the lines on that is supposed to resemble the complex pipe system of Male’ city. Thats deep bro. pic.twitter.com/JAFJH0WmhN
— Mohamed Aiman (އައިއްމެ)🇲🇻 (@mohamed_aiman) November 27, 2021
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ މި ލޯގޯ ބަދަލުކުރުމުން ފާޑުކިޔައިފަ އެވެ.
"ލޯގޯ، ނިޝާން އަދި ނަންނަމަކީ ވެސް ބަދަލުކުރެވޭ ތަކެތި. އެކަމަކު ގެނެވޭ ބަދަލު އިހަށްވުރެ ފުރިހަމަވުމަކީ މުހިންމު ކަމެއް. މާލެ އާއި މުޅި ރާއްޖޭގެ ތަރިކަ އާއި ސަގާފަތާއި ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތު މުންނާރު ފުހެލައިފައި ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކުލަވަރު ނެރެން އުޅުމަކީ ޖޯކެއް،" އުނގޫފާރު ދާއިރާގެ މެމްބަރުން ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ޓުވީޓް ކުރެއްވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އުފެއްދުންތެރި މަސައްކަތްތަކެއް ނުކޮށް، ކައުންސިލަށް ހޮވޭ ކޮންމެ ބަޔަކު އައިސް ލޯގޯ ބަދަލުކުރުމުގެ ސަގާފަތެއް ގެންގުޅޭ ކަމަށާއި މިއީ ކަމެއް ކުރަން ނޭނގުމުން ކުރެވޭ ކަންކަން ކަމަށެވެ.
Our findings and consultations led us to believe that Munnaaru — as the longest surviving historical structure in Male’ — was the best fit.
— Publicity Bureau (@PublicityBureau) November 27, 2021
The minaret stands tall as a pillar of our identity and faith, a testament to the island nation’s conversion to Islam in 1153 AD. pic.twitter.com/k8Ys0g0YMr
ސިޓީ ކައުންސިލުން އެންމެފަހުން ބޭނުންކުރަމުން އައި މުންނާރު ހިމެނޭ ލޯގޯ ފަރުމާކުރި ޕަބްލިސިޓީ ބިއުރޯއިން އެ ލޯގޯ ފަރުމާކުރުމުގައި ބެލި ކަންކަން ކިޔައިދީފައި.
ކައުންސިލްގެ ލޯގޯ ބަދަލުކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ މި ލޯގޯ ފަރުމާކޮށްފައި ވަނީ މާލޭގެ ހަ އަވަށް ރަމްޒުވާނެ ގޮތަށް ކަމަށެވެ. އަދި މި ލޯގޯގައި ހިމެނޭ ކުލަތަކަކީ އެއްވެސް ކަހަލަ ސިޔާސީ ނިޔަތެއްގައި ބޭނުންކޮށްފައިވާ ކުލަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް، ސިޔާސީ ކުރުމުގެ ނިޔަތުގައެއް ނޫން އަޅުގަނޑުމެން ލޯގޯ ބަދަލުކުރީ. ކައުންސިލުން ހިދުމަތް ދިނުމުގައި ވެސް އަޅުގަނޑުމެން ވަކި ފިކުރަކަށް، ކުލައަކަށް ނުބަލަން،" މުއިއްޒު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބޭނުންކުރަމުން އަންނަ ލޯގޯ ބަދަލުކުރި މިއީ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބޭނުންކުރީ މާލޭގެ މަލަމަތި ސިފަވާ ގޮތަށް، މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރާއި ދިވެހި ދިދަ ހިމަނައިގެން ފަރުމާކޮށްފައިވާ ލޯގޯއެކެވެ.
މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބޭނުންކޮށްފައިވާ ދެ ލޯގޯ.
ހުކުރު މިސްކިތުގެ މުންނާރު ފެންނަ ލޯގޯ ބޭނުންކުރަން ފެށީ، އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނބުދިމް
29 November 2021
ތިލޯގޯގަ މިހާރު މަދީ މުއީޒުހެ ފޮޓޯއެއް
އެފް
29 November 2021
ދެދަޅައަށް ލޯގޯބަދަލުކުރުމަކީ ކަމުދާކަމެއް ނޫނެވެ. ޚިޔާލުތަކަށް ބަލާއިރު މުންނާރު ހިމެނޭ ކުރީގެ ލޯގޯ ފަސޭހަވެފައި ރަނގަޅުކަމަށް ފެނެއެވެ. ދިވެހި ގައުމިއްުޔަތާ ރަށްވެހިކަން ރަމްޒުވެއެވެ. މުންނާރުގައިވާ ކުރެހުމުން ލާމެހިފައިވާ ދިވެހިންގެ ގުޅުންވެސް އެބަފެނެއެވެ. މުއައްސަސާ ލޯގޯތަކަށްބަލާއިރު ޕޮލިސް ، ސިވިލް ސާވިސް ފާހަގަވެއެވެ. އެމްޓީސީސީ އެސްޓީއޯ ލޯގޯފެނުމުން އެކުންފުނިތައް ފަސޭހައިން އެބަ އެނގެއެވެ. ބަދަލެއްނާދެއެވެ
ޥަޓް
29 November 2021
މާފަންނަށް ފިޔާތޮއްޓޭ. ކިހިނެއްތަ މިމީހުން މިކުލަ ދެނީ. ކަމަކުނުދޭ.
ސަރީފްއާ
29 November 2021
ބުރޯ ނުވިހަނީސް ތީދީފަ ހުރި ކުލަ.
މައުލޫމާތު
29 November 2021
މިއުޅެނީ ރާއްޖޭގެ ސިޓީ ކައުސިލްގެ ލޯގޯ ބަދަލުކޮއްގެންތޯ ނޫނީ މާލޭ ސިޓީ ކައުސިލްގެ ލޯގޯ ބަދަލުކޮއްގެންތޯ؟ މާލެ ސިޓީ ކައުންސިލް ނިސްބަތްވާންވާނީ މާލެ އައްކަމައްދެކެން.
ނަށީދު
28 November 2021
ކޮބާ ގުޅީ ފަޅާ ތިލަފުށީ؟ އެއީ މިހާރު މާލެއެއް ނޫންތަ؟
ސެލޯފީން
28 November 2021
"މާލެ އާއި މުޅި ރާއްޖޭގެ ތަރިކަ އާއި ސަގާފަތާއި ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތު މުންނާރު"....؟؟؟ "ރާއްޖެ"އާ ކޮން ގުޅުމެއްހުރި ތަނެއްތަ ތިދެން؟ މާލޭމީހުން މިކަހަލަ ނުބައި ޕުރޮޕެގެންޑާ ބޭނުންކުރަނީ ދައުލަތުގެ ފައިސާގަނޑު ރަށުތެރެއަށް ދަމައިގަންނަން. ރަށުތެރޭ ބޯކޮށާތަނެއް ހުޅުވިއަސް ގައުމީ ބޯކޮށާތަނޭކިޔާފަ ބަޖެޓު އޮއްސާލަނީ.
އިސްބައޫލު
28 November 2021
ކ.މާލޭ ކައުންސިލްގެ ލޯގޯގައި ހުންނަންޖެހެނީ ކުޑަކުޑަ ގޮޅިއެއް. އެއިން ރަމްޒުކޮށްދެނީ ރާއްޖޭގެ ރައްޔިތުން ފެލައިގެން ކުލިނަގާނިޒާމު.
ޢަރުތަ
29 November 2021
އަދިވެސް ތަނެއް ކުއްޔަށް ދެންޏާ އެތަނެއް ކުއްޔަށް ހިފާތި، ދެން ކުލިދައްކަން ޖެހުނީމަ ފެލާވާހަކަވެސް ފިސާރި ބާރަށް ގޮވަންވާނެ.
ގުއިއްޒު
28 November 2021
މާލޭސިޓީގެ ލޯގޯ އަކަށް މުއިއްޒު ފޮތިގަޑެއްގަ އެލުވާފަ ބަހައްތަންވީނުން.
ޖާބެ
28 November 2021
ފާޑު ކިއޭ ވަރުގެ ބައެއް ނެތް.
ކަތްދައްތަ
28 November 2021
ސަރުކާރުގެ އެއްވެސް ތަނެއްގެ ލޯގޯއެއް ދައުލަތުގެ ނިޝާން ފެންނަން ނެތް ގޮތަކަށް ޑިޒައިންކޮށް ބޭނުން ކުރުމަކީ ދައުލަތު ވަހުދާނިއްޔަތަށް ނުހަނު ބަލިކަށިކަން ގެންނަ ދައުލަތް ބައިބައި ވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް. ކައުންސިލްތަކާއި މިނިވަން މުވައްސަސާތަކުގެ ލޯގޯތަކުން ލައުލަތް ރަމްޒުނުކުރުމަކީ ސީރިއަސް މައްސަލެއް. އެއްވެސްތަނެއްގެ މިނިވަންކަމާއި މުސްތަގިއްލުކަމަކީ ލޯގޯއަލުން ވާނެ ކަމެއްނޫން. އެއީ ގޮތްނިންމާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް
ޔަހުޔާނު
29 November 2021
ޙީހީ . ޢެހެން ގައުމު ތަކުގަވެސް ދައުލަަތުގެ ލޯގޯނުހުރޭ.