އިންޑިއާ އިން ރާއްޖެ އައި އިންޑިގޯގެ ބޯޓެއްގައި އިމަޖެންސީ ދޮރު ހުޅުވަން އުޅުނީ ބޯޓު ވައިގެ ތެރޭގައި އޮއްވައި
24 ޑިސެމްބަރ 2021 - 16:48
އިންޑިއާ އިން ރާއްޖެ އަށް ދަތުރުކުރި "އިންޑިގޯ" ގެ މަތިންދާބޯޓެއްގައި މިއަދު އައި ދިވެއްސަކު އޭގެ އިމަޖަންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފި އެވެ.
އިންޑިގޯ ފްލައިޓް 6E1795 ވައިގެ ތެރޭގައި އޮއްވައި ދިވެހި ފިރިހެނަކު އެ ބޯޓުގެ އިމަޖަންސީ ދޮރަށް ކުޅެން ފެށުމުން ބޯޓުން އެލާމް ވެސް އެޅި އެވެ.
އެލާމާ އެކު ބޯޓު ތެޅެން ފެށި ކަމަށާއި އެލާމް އެޅުމާ އެކު ދޮރު ރަނގަޅަށް ލެއްޕީ ކެބިން ކްރޫންތަކެއް ގޮސްގެން ކަމަށް އެކަމޭ ބެހޭ މައުލޫމާތު އެނގޭ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އެ ޕޯސްޓްގައި ވީޑިއޯއެއް ވެސް ހިމަނާފައިވެ އެވެ.
އިމަޖެންސީ ދޮރު ހުޅުވަން އުޅުމުން ދޮރު ރަނގަޅަށް ލައްޕަން ކްރޫން މަސައްކަތްކުރަނީ
ވީޑިއޯގައި އިވެނީ އިމަޖެންސީ ދޮރު ހުޅުވަން އުޅުން ވަރަށް ނުރައްކާ ކަމާއި އެއީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް ހަނދާންކޮށްދީ، ބޯޓުގެ ކެޕްޓަން އެނައުންސްމަންޓެއް އިއްވައި އިންޒާރު ދޭ އަޑެވެ.
ދޮރު ހުޅުވަން މަސައްކަތްކުރި މީހާއާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ.
އެކަމަކު އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓޭ ފަދަ އަމަލެއް އޭނާގެ ފަރާތުން ފެނުމުން އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ އެކަމުގެ ނުރުހުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަދޫނި
27 December 2021
ތި ވާނީ ދޫނި ރާއްޖޭގެ މީހަކަށް ، އޭނާގެ ރައްޓެއްސަކު އުދުހިފައިދާތަން ފެނުނީމަ އޭނަ ވެސް ދާން ބޭނުންވީ
ހާމިދު ޝާޙިދު
25 December 2021
ތިއީ ދިވެހިންގެ ބޮލުގައި ކަންކަން އަޅުވަން ނޭއްގާނީ އިންޑީއާއިން ކުރާކަމެއް. ތިކަން ކުރި މީހަކީ ކޮބައިކަން ހާމަ ކުރަންޖެހޭ. ނޫނީ ގަބޫލުކުރާނީ ޓެކްނިކަލް ފޭލިއާއެއްގައި އެލާމު އެޅިއިރު، އެމަޖެންސީ ދޮރާކައިރީގައިން ކަމަށް ބެލެވޭ ދިވެހި ފަސިންޖަރުގެ ބޮލުގައި ތިކަން އެޅުވީކަމަށް.. ފައިން ޖެހިފައިވެސް އޭގެ ހެނޑުލް މައްޗަށް އަރާފާނެ އިންޑިއާ ފްލައިޓްތަކުގައި. އަހަރުމެން ގަބޫލެއް ނުކުރަން.
ކޯޑިނޭޭޓަރ
25 December 2021
ތިއީ ވައި ކޮހެއް.
އާދަނު123
25 December 2021
ބޯޓެއް ވައިގެތެރޭ ނުވަތަ އުދުހެނިކޮށް އެމަޖެންސީ ދޮރެއް ނުވަތަ އެހެން ދޮރެއްވެސް ނުހުޅުވޭނެ އެއީ ބޯޓްގެ ޕްރެށަރާއިޒް ކޮށްފަ ހުންނާތީ، އެކަމު ބޯޓްގެ އެމަޖެންސީ ދޮރު ބޯޓް ބިންމަތީ އޮއްވާ ހުޅުވިދާނެ މީހުން ހުޅުވާފަ ވެސް އެބަހުރި އެކަމް ބޯޓެއް ވާއިގަތެރޭ ހުއްޓަ ހުޅުވިފަ އެއް ނެތް
ރެފްރީ
25 December 2021
ތިއިންއެނގުނީ ދިވެހިން ގަރުދިޔަކެއުން ވަގުތުންހުއްޓާލާ ސިކުނޑިއަށްފައިދާހުރި ކާނާކާންވެއްޖެކަން !!
ކެކެކެކެކެ
25 December 2021
މި ކަހަލަ ބަބޫން ތަ ގިނަވުމަކީ އިންސާނުންގެ ހަލާކު!!
އަފްރާސިޔާބު
25 December 2021
ދިވެހިންގެ ތެރޭގައި ރޯނު އެދުރުން ގިނަވީމާ ކޮންމެ ފަދަ ވާހަކައެއްވެސް ބުނެ އަދި ކަން ކުރަންވެސް އުޅެފާނެ.
ާނޮމަހަިަ
25 December 2021
އާން ތެދެއް
މާކުންބެއްޔާ
25 December 2021
މިފަދަ ހުތުރުވެގެންވާ ގޮތްކުޑަ އަމަލުތައް ކުރުން ވަގުތުން ހުއްޓާލުމަށް ދިވެހިންނަށް ގޮވާލަން
ގުދުގުދާބެއްޔާ
25 December 2021
ސޭކުސްތާން މީހުން މިފަދަ ކަމެއް ކޮއްފާނެކަން ނޭގޭނެ ބަޔަކު ނުތިބޭނެ!
ހަސަދު
25 December 2021
ދިވެހިން ދިވެހިންގެ ގޮތުގައި ކުރިއަށް.
މިތާގަ
25 December 2021
މިތާގަ ދެން ކޮމެންޓް ކުރާނެ ޕައިލެޓުންނާ ސިވިލް އޭވިއޭޝަން ދާއިރާ އިން ކިޔަވައިގެން ތިބި މީހުން، ހުރިހާ ކަމެއް ވެސް އެނގޭނެ އެމީހުނަށް
ދެންކީއް
26 December 2021
އަހަރުން ބޭނުން އެ ހުރިހާ އެންމެން ކިޔާ އެއްޗެއްވެސް މިތަނުގަ ފެންނަން. މީހަކު ހަމަ ރަގަޅު ވާހަކައެއް ބުނަން އުޅެފަ ދެން އެމީހާ ބިރުގަންނަންވީ ކަލޭ ފާޑުކިޔާފާނެތީ؟ ދެން ކަލެއަށް އެކުރެވުނީ ވަރަށް މޮޅުކަމަކަށްދޯ ވާނީ؟ ބަޔަކަށް އެނގޭ މިންވަރަށް އެއްޗެއް ހާމަކުރުމަށް އަބަދުވެސް ބާރު އަޅަންޖެހޭ. އެ ބުނާ އެއްޗެއްގަ ގޯހެއް އުޅޭނަމަ އެކަން ރަގަޅުކޮށްފަ ރިޕްލައިލިއާނީ. މީހުންނާ ދިމާކޮށް ދެރަކޮށްލަން އުޅުމަކީ ނާތަހުޒީބުކަމާ ގަމާރުކަން ދައްކުވައިދޭ ކަމެއް
ބުލޫ މޭން
25 December 2021
ކަމެންވީމަ އެކަމެންވީ ކޮށްސަބަބަކާ ހުރެތޯ ބަލަންޖެހޭ.އޭގެފަހުގަ ވާހަކަ ދެއްކުން ރަނގަޅު.
ީ✊
25 December 2021
އެެއްވެސް ހާލަތެއް ނާންނާނެ އެމެޖެންސީ ދޮރުހުޅުވަން ބޯޓައް އެމެޖެންސީ އެއްދިމާވާ ހިނދަކު ނޫނީއްޔާ. މީހަކައް ކަމެއްދިމާ ވެއްޖެއްޔާ ކުރޫން އެހީތެރިކަން ފޯރުވަދޭނެ?
ބިއްޖެހި
25 December 2021
ޖާހިލު ކަމުން
ށސ111
25 December 2021
ޓެރަރިޒަމްގެ އަމަލެއް