ބަޔަކު ޖޯއްޔެއްގައި އިށީންދެލައިގެން--
30 ޑިސެމްބަރ 2021 - 23:12
މި އަހަރަކީ ރާއްޖެއިން މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު މުޅި ރާއްޖެއިން މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރު ކަމަށެވެ.
މި އަހަރުގެ މިހާތަނަށް މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 85 މިލިޔަން ރުފިޔާވަނީ ދައްކާފަ. މިއީ މިހާތަނަށް އެންމެ ގިނައިން މުދަލުޒަކާތް ދެއްކި އަހަރު. މުދަލު ޒަކާތް ދެއްކި ފަރާތްތަކުގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާށި. އާމީން
— Ahmed Zahir Ali (@AhmedZahirAli) December 30, 2021
ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރަނާއި ރިހީގެ އިތުރުން ގޮވާމާއި ވިޔަފާރި މުދަލުންނެވެ.
ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް މުދަލުގެ ޒަކާތް ކައުންސިލްތައް މެދުވެރިކޮށް ބަހަމުން އަންނައިރު އިސްލާމިކް މިނިސްޓްރީން އަންނަނީ ޒަކާތު ފައިސާ ކައުންސިލްތަކަށް ފޮނުވަމުންނެވެ.
ގިނަ ބަޔަކު މި އަހަރު މުދަލު ޒަކާތް ދެއްކިއިރު މިނިސްޓްރީން ވަނީ ފިތުރު ޒަކާތް ދެއްކުމަށް ގިނަ ބަޔަކު ސަމާލުކަން ދިން ނަމަވެސް، މުލަދު ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން މަދުން އުޅޭތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ކޮންމެ އަހަރެއްގެ ފަހުކޮޅު އަލަށް ރަޖިސްޓްރީކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލަމުންނެވެ. ފަގީރުންގެ ދަފްތަރުގައި މިހާރު ވެސް 16،000 އެއްހާ މީހުން ރަޖިސްޓްރީވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދަލުޒަކާތް
31 December 2021
ހުރިހާ ވިޔަފާރިތަކުން އަދި ވިޔަފާރިވެރިން މުދަލު ޒަކާތް ދައްކާނަމަ ގައުމުގައި އެއްވެސް ފަގީރެއް ނުހުންނާނެ
ކޮބާޓެކްސް
31 December 2021
ވިޔަފާރިތަކުން ދައްކާ ޓެކްސްއަކީވެސް އެއްޗެއް.
ހުސެން
01 January 2022
@ މުދަލުޒަކާތް، ތިޔަހެންވާނީ ޒަކާތުގެ ހުރިހާފައިސާއެއް ފަގީރުންނަށް ބަހާނަމަތާދޯ، ބައިއަޅާފަ ނިސްބަތުން ކުޑަމިންވަރެއް ފަގީރުންނަށް ބަހަނީ، ނުބަހާބަޔަށް ހަދާނަހަދާއެއް ސާފެއްނުވޭ، މީހުނަށް އެހީދޭ ވާހަކަޔާ މިސްކިތްތަކުގެ މަރާމާތަށް ހަރަދުކުރާ ވާހަކަ އިވުނަސް ހަގީގަތެއްނޭންގެ، އަޅުގަނޑު ދެކޭގޮތުގައި ޒަކާތުގެ ގޮތުގައިމީހުން ދައްކާފައިސާއަކީ ފަގީރުންގެ ހައްގެއް، އެކީގައި ފަގީރުންނަށް ބަހަންޖެހޭނެ، ޓެހުކުންނުވެެން ޒަކާތުގެ ބައެއްވެސް ކާލނ!
އަބްޑޫޅް
31 December 2021
ޓެކިސް ދިނީމަ ފުދުނީ.
ނުފުދޭ
02 January 2022
ނުފުދޭ. މުދަލުގެ ޒކާތް އަދި ޓެކުސް އެއީ ދޭއްޗެއް. މުދަލުގެ ޒަކާތް އެއީ ދީނުގެ ރުކުނެއް.
ހައްގުމިންވަރު
31 December 2021
ސިޔާސީ މީހުންނާއި އެމީހުން ބުނާ ފަރާތްތަކަށް ދީފަ އެހެން ފަރާތްތަކަށް ދޭނެ ފައިސާއެއް ބާކީވާނެ ގެނެސް ހިޔެއް ނުވޭ.
ޙަބީބު
31 December 2021
ޓިޔަ 16000 މީހުންގެ ހަގީގަތް ހޯދުންވެސް ވަރައް މުހިންމު ހައްގުވާމީހާޔައް ތިޔަނުލިބި ގާސިމުފަދަ މީހުނައް ހުޅުމާލެޔާ ދެންވެސް ހުރިތާކުން ގޯއްޗާ ރިސޯޓުހަދާނެ ރައްތަކާ ގިރިޔާ ހާހަލު ދޭގޮތައް ތިފައިސާކޮޅު ނުބެހުމައް ގޮވާލަން އަދިސަރުކާރުން ގާތްމީހުނައް ބަދަލުގެ ގޮތުގަ ޕްރިފެޝަނަލްކޮއް ކުރާ ވައްކަން ހުއްޓާލުމައް ގޮވާލަން
1828
31 December 2021
16000 ފަގީރުންނަށް މުދަލު ޒަކާތް ބަހާފައި ބާކީވާ ބައިން ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރަން ޖެހިފައިވާ ފަރާތްތަކަށް އެހީވުން ވަރަށް މުހިންމު. އަބަދުވެސް ފެނޭ ފޭސްބުކްގައި ބޮޑެތި ބަލިތަކަށް ރައްޔިތުން ސަލާން ޖަހާތަން. ވަރަށް އަސަރުކުރޭ އެފަދަ ޕޯސްޓްތައް ފެނިފައި.
އެނދިމަރިޔަނބު
31 December 2021
މުދަލު ޒަކާތް ނެގޭނެ ގޮތާ، ބަހާނެ ގޮތްވެސް ވަރަށް ތަފްސީލުކޮށް ދީނުގަ އެބަ އޮތް އަންގަވާފަ.
ފަގީރު1
31 December 2021
1/2 އިހަށް ދުވަހަކު ފަގީރުންގެ ލިސްޓުގައި ނަން ޖައްސަން ތިޔަ މިނިސްޓްރީ އަަށް ގޮސް ބަލާލި އިރު އެ ސަރަހައްދުގައި ދަންނަ އެތައް ބަޔަކު ހެލިފެލިވެ އުޅޭތަން ފެނި، އެންމެން ކުރިމަތީ ހާޔަަށް ހުރި ގޮނޑީ ތަކުގައި އިށީންނަން ނުކެރި، ގަންނާ ކުރެއްވި ލަދުން ފޯމު ހުށަ ނާޅާ އެނބުރި އައީ. އެކަމަކު ތިޔަށް މަށަށް ވުރެ ވަކި ހައްގު އެހެންމީހަކު ހުންނާނެ އެކޭ މަށެއް ނުބުނަން.
ސަބަބު؟
31 December 2021
އެހާ ލަދުގަތީ ކީއްވެބާ؟ ހަގީގަތުގަ ފަގީރެއްނަމަ ތިއީ ފަގީރެއް ކަމަށް ބަޔަކަށް އެނގުމަކީ އެހާ ލަދުގަންނަންޖެހޭވަރުގެ ކަމަކަށްވާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ.
ބީތަ
02 January 2022
ވައްކަން ކުރަން އުޅޭ މީހުން ލަދު ގައްނާނެ
120687
31 December 2021
ރާއްޖޭގައި ނެގޭ މުދަލު ޒަކާތުގެ ފައިސާ، ނެގުމާއި ބެހުންވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން ޑީސެންޓްރަލައިޒް ކުރަން ގޮވާލަން. ޒަކާތާބެހޭ ޢާމިލުންގެ މިނިވަން އިދާރާއެއް ގާއިމުކޮށް، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއާއި ދޫކުރި ފައިސާ މިއީ އޮޑިޓް ކުރެވި، ޒަކާތުގެ މާލީ ހިސާބުތަކުގެ ބަޔާން ޢާންމު ކުރެވެންޖެހޭ. ބެހެނެވެރިން ކަނޑައެޅޭ ގޮތާއި އެމީހުންގެ ޕްރޮފައިލް ހާމަނުކުރި ނަމަވެސް އާންމު ދިރިއުޅުމުގެ ފެންވަރާއި، ޒަކާތުގެ ފައިސާއިން ލިބޭ ކުރިއެރުން ހާމަކުރޭ.
މިސްކީނު
31 December 2021
ބައްލަވާ މިނިސްޓަރު ތިޔައި މުދަލުގެ ޙައްޤުވެރިން ދަފްތަރުގައި ޖެހެން ހަނދާން ޖެހެނީ ކިހިނެއް ތޯ؟ އަޅުގަނޑަކީ މާލޭގައި އަނބިދަރިން ގޮވައިގެން މާލޭގައި އުޅޭ ފަގީރުންނާ މިސްކީނުންގެ ތެރޭގައި ހިމެނޭރާއްޖެތެރޭ މީހެއް.
އަފްރާސިޔާބު
31 December 2021
ރާއްޖެތެރެއިން މާލެ އަނބިދަރިން ގެނެސް ދިރިއުޅެން ނުފަށާނެ ފަގީރުންނާއި މިސްކީނުންނެއް. މާލޭގައި ދިރިއުޅެވޭނީ ފައިސާވެރިންނަށް ރާއްޖެތެރެއިން އައިސް. ފަހަރުގައި ދަތީގައި އުޅެފާނެ. ދަތިވުމަކީ ފަގީރުންގެ ގޮތުގައި ބެލެވޭ ކަމެއްނޫން. މަހަކު މިލިއަނުން ފައިސާ ލިބޭ މީހުންވެސް އުޅެނީ ދަތީގައި. އެދަތިކަން ފިލުވުމަށް ބޭންކް ތަކުން އެމީހުން ލޯންނަގަނީ.